މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީކުރުމަށް ހުޅުވާލުމާއި ގުޅޭ

އިޢުލާން

 

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީކުރުމަށް ހުޅުވާލުމާއި ގުޅޭ

 

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން އެކުލަވާލައިފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަތޮޅު ތެރެއިން ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހެޅުމުގެ ފުރުސަތު 14 ޖަނަވަރީ 2024 އިން 01 ފެބުރުއަރީ 2024 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީކުރުމަށް ބޭނުންވާ ފަރާތްތަކުން 01 ފެބުރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެކުރިން ފޯމު ފުރިހަމަ ކުރުމަށްފަހު ހުށައެޅުއްވުން އެދެމެވެ. އަދި މި ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ  ފޯމު ރަސްމީ ދުވަސްތަކުގެ 09:00 އިން 13:00 އަށް މި ކައުންސިލުން ލިބެން ހުންނާނެވާހަކަ ދަންނަވަމެވެ.

14 ޖަނަވަރީ 2024
ހޯދާ