ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ވަންދޫ އިން ބިންދޫކުރުމުގެ އުސޫލަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (2010/7) ގެ 23 ވަނަ މާއްދާގެ ދަށުން ކައުންސިލަށް ލިބިދީފައިވާ ބާރާއި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރަށުފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައަޅައި އެއާއި ގުޅޭ އުސޫލުތައް އެކުލަވާލުމުގެ ގޮތުން [ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިޙްތިޞާސް ތެރޭގައި ހިމެނޭ އެންމެހައި ބިންތައް، އެކިއެކި ބޭނުންތަކަށް ކުއްޔަށްދިނުމާއި ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު] އަށް އާއްމުންގެ ހިޔާލާއި މަޝްވަރާ ބޭނުންވެއެވެ. މިއުސޫލު ފާސްކޮށް ގެޒެޓް ކުރެވޭނީ މިފުރުސަތުގައި ހުށަހެޅޭ ހިޔާލާއި މަޝްވަރާގެ މައްޗަށް ގެނެވޭ އިސްލާހުތަކާއި އެކުގައެވެ. ވީމާ، ތިޔަބޭފުޅުންގެ ހިޔާލާ މަޝްވަރާ މިއިޢުލާނާއި އެކުގައިވާ ފޯމު މެދުވެރިކޮށް 25 ޖަނަވަރީ 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

                             މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 7980047 ފޯނާގުޅުއްވުންއެދެމެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

އުސޫލުގެ ލިންކު: https://drive.google.com/file/d/1CVPVpnDJA2Ld5lIqoO1UTPCDefMMB6uQ/view?usp=sharing

ފޯމުގެ ލިންކު: https://forms.gle/NPzwgpbe36H4RLv26

14 ޖަނަވަރީ 2024
ހޯދާ