ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

1445 ވަނަ އަހަރު މިނިސްޓްރީން އެކުލަވާލައިފައިވާ ފަޤީރުންނާއި  މިސްކީނުންގެ ދަފްތަރުގައި އަތޮޅު ތެރެއިން އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް 15 ޖެނުއަރީ 2024 ވަނަ ދުވަހުން ފެށިގެން ގދ.ގައްދޫ ކައުންސިލް އިދާރާގެ ކައުންޓަރ އިން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެދުނު 8:00 އިން 14:00 ލިބެން ހުންނާނެއެވެ.

ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތަކާއި ފޯމް ފުރިހަމަ ކުރާއިރު ސަމާލުކަންދޭންވީ ކަންތައްތައް ހިމެނޭ ލިޔުމެއް ފޯމާއި އެކު އެއް ހީރަސް ކުރެވިފައިވާނެއެވެ. ފޯމް ބަލައިގަތުން ކުރިއަށްދާނީ 15 ޖެނުއަރީ 2024 އިން 01 ފެބުރުވަރީ 2024 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ގދ.ގައްދޫ ކައުންސިލް އިދާރާގެ ފައިސާ ބަލައިގަންނަ ކައުންޓަރ އިންނެވެ. ދަފްތަރުގައި ކުރިން ރަޖިސްޓަރ ކުރެވިފައިވާ ފަރާތްތަކުން އަލުން ފޯމް ހުށައަޅާކަން ނުޖެހޭނެއެވެ.

ފޯމް ބަލައިގަތުމުގެ ސުންގަޑި ހަމަވުމަށްފަހު ކައުންޓަރ އަށް ހުށައަޅާ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

               މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                     14 ޖެނުއަރީ   2024        

14 ޖަނަވަރީ 2024
ހޯދާ