ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދުގެ ލައިސަންސް ދޫކުރުމަށް އެގްޒަމިނަރެއް ހޯދުން

އެއްގަމު އުޅަނދުގެ ލައިސަންސް މިކައުންސިލުން ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ޑްރައިވިންގ ލައިސަންސްދިނުމުގައި ޢަމަލީ އިމްތިޙާންކުރާނެ އެގްޒަމިނަރުން ހޯދަން ބޭނުންވެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ތިރީގައި މި ދަންނަވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން 28 ޖަނަވަރީ 2024ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00ގެ ކުރިން މި އިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. ސިޓީއާއިއެކު އައިޑީ ކާޑު އަދި ލައިސަންސް ކާޑުގެ ދެފުށުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

އެގްޒަމިނަރެއްގެ ޝަރުތުތައް

ހ. މަދުވެގެން A0, A1 ގިންތީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން. ( ދުއްވުމުގެ ޢަމަލީ ޓެސްޓް ދެވޭނީ އެ އެގްޒަމިނަރަކަށް ލިބިފައިވާ ގިންތީގެ އުޅަނދުތައް ދުއްވުމުގެ ޓެސްޓެވެ. )

ށ. ފާއިތުވި 3 އަހަރުގެ ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައިނުވުން.

ނ. ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ކުރެއް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.

ރ. ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސްވެފައިވާ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

ބ. ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިނުވުން.

ޅ. ލައިސަންސް ދޫކުރާ ސެންޓަރެއްގައި ވަޒީފާއަދާކުރާ މީހެއްކަމުގައިނުވުން.

ކ. ޑްރައިވިންގ ސްކޫލެއްގައި ވޭތުވެދިޔަ 5 އަހަރު އެއްވެސް ހައިޞިއްޔަތަކުން މަސައްކަތްކޮށްފައިނުވުން އަދި މަސައްކަތްކުރަމުންދާ މީހެއްކަމުގައިނުވުން.

14 ޖަނަވަރީ 2024
ހޯދާ