މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލުން

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލުން

 

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމުގެ ފުރުސަތު 14 ޖަވަނަރީ 2024 އިން 01 ފެބްރުއަރީ 2024 ގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ.

މިފުރުސަތުގައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިހާރު ރަޖިސްޓްރީވެފައިވާ އާއިލާތަކުން އަލުން ރަޖިސްޓްރީވާން ފޯމު ހުށަހަޅަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމު 14 ޖަނަވަރީ 2024 އިން ފެށިގެން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 13:00 ށް މި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ފޯމު ބަލައިގަތުމުގެ މަސައްކަތް  14 ޖަނަވަރީ 2024 އިން  01 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 13:00 އާ ހަމައަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 13:00 ށް މި ކައުންސިލްގެ އިދާރާގައި ކުރިއަށް ދާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

                02 ރަޖަބު 1445

14 ޖަނަވަރީ 2024
ހޯދާ