ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީކުރުމާއި ގުޅޭ

         ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 14 ޖަނަވަރީ 2024 (މިއަދު) އިން 01 ފެބްރުވަރީ 2024 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ.

         ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު މިއިދާރާއިން 14 ޖަނަވަރީ 2024 އިން ފެށިގެން ރަސްމީކޮށް ކޮންމެ ދުވަހަކު ހެނދުނު 8:30 އިން 14:00 މިއިދާރާގެ ކައުންޓަރުން  ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. އަދި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 14 ޖަނަވަރީ 2024 އިން ފެށިގެން 01 ފެބްރުވަރީ 2024 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 13:00 އަށް ކަމުގައި ދެންނެވީމެވެ.

         ވީމާ، ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ފޯމު ފުރިހަމަކޮށް، ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި އެކު 01 ފެބްރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މަޑަވެލި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

           މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޖަނަވަރީ 2024
ހޯދާ