ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
06 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މި މަރުކަޒުން ދޭ ސްޕެސިފިކޭޝަނާ އެއްގޮތްވާ ގޮތުގެމަތިން 06 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން.

އާ އޮފީސް އިމާރާތުގެ މީޓިންގރޫމުގައި

މަޢުލޫމާތު ސާފުކުރެއްވުން.

08 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 10:00 ގައި

އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން.

16 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބާއި، އަދި ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

6 ޖުމާދަލްއާޚިރާ 1436

26 މާރިޗު 2015
ހޯދާ