މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ތުލުސްދޫ ލޯކަލް އޮތޯރިޓީ ކުންފުންޏަށް މެނޭޖިން ޑިރެކްޓަރެއް ހޯދުން

ކ. ތުލުސްދޫ ލޯކަލް އޮތޯރިޓީ ކުންފުންޏަށް މެނޭޖިން ޑިރެކްޓަރެއް ހޯދުން

އިޢުލާނު

މަޤާމު:

އެގްޒެކަޓިވް ޑިރެކްޓަރު (މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒަކަޓިވް އޮފިސަރ)

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކ. ތުލުސްދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް / އެކްސް ކޮމް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

- ކުންފުނީގެ މަސައްކަތްތައް ރާވާއި ހިންގުމާއި ކުންފުނި ޖަވާބުދާރީވާންޖެހޭ ހާލަތްތަކުގައި ޖަވާބުދާރީވުން

- ކުންފުނީގެ ސްޓްރެޓެޖިކް ޕްލޭން  އެކުލަވާލާ އަދި އެ ޕްލޭން ތަންފީޒު ކުރުމަށް މަސައްކަތް ކުރުން  މަސައްކަތުގެ ކުރިއެރުމާއި ތަރައްޤީއަށް ދުރު ރާސްތާ، މެދު އަދި ކުރު ރާސްތާގެ ތަރައްޤީގެ މަޝްރޫއުތައް، އަދި ބޭނުންވާ ހިނދު ހިނދަށް ސްޓްރެޓިޖިކް ޕްލޭނާއި، ބިޒްނަސް ޕްލޭން އަދި އެކި ހަރަކާތްތަކުގެ  މަސައްކަތު ތާވަލް އެކުލަވާލައި ބޯޑަށް ހުށަހަޅުއްވައިގެން ފާސްކުރައްވާ، ތަންފީޒްކޮށް ހިންގައި މޮނިޓަރކޮށް ބެލެހެއްޓުން

- ކުންފުނިން ހިންގާ ޕްރޮޖެކްޓްތައް ބޯޑުގެ އިރުޝާދުގެ މަތިން ކުރިއަށް ގެންދިޔުން

- ކުންފުނީގެ އެކިއެކި ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކަށާއި ޚިދުމަތްދޭ ފަރާތްތަކަށް ފަސޭހަ، ލުއި، އަވަސް ޚަރަދު ކުޑަ ގޮތްތައް ހޯދައި ތައާރަފްކޮށް އެކަން އިތުރަށް ކުރިއަރުވަން މަސައްކަތް ކުރަމުން ގެންދިއުން އަދި އެކަންކަން އެގޮތަށް ކުރުމަށް ބޭނުންވާ، މަގުފަހިކުރުމާއި، ގައިޑްލައިންތަކާއި، ޕްރޮސީޖަރުތަކާއި، އުސޫލްތައް އެކުލަވައި ހާމަކޮށް، ކަން ހިނގާގޮތް މޮނިޓަރކޮށް، ފަސޭހައިން ކަންކަން ކުރެވޭނެ ގޮތްތައް ހޯދައި ކުންފުނި ކުރިއެރުވުމަށް މަސައްކަތް ކުރަމުން ގެންދިއުން

- ކުންފުނީގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި، ކުންފުނީގެ މުވައްޒަފުން އަމަލުކުރާނެ ގޮތްތައް ރާވައި އެކަށައެޅުމާއި އެސިޔާސަތުތައް ތަންފީޒްކުރުމަށް ގައިޑްލައިންތައް ހަދައި ހިންގުން

- ކުންފުނީގެ މުދަލާއި ފައިސާ އަދި އެ ނޫން ވަސީލަތްތައް ބޭނުންކުރެވެނީ ކުންފުނީގެ އަސާސީ ގަވައިދާ ހިންގާ ގަވައިދާ އަދި ދުނިޔޭގެ އެހެން ކުންފުނިތަކުގެ ބެސްޓް ޕްރެކްޓިސްއާއި އެގޮތަށްކަން ކަށަވަރުކުރުމާއި އަދި ހެޔޮ ގޮތުގައި ދުވަހުން ދުވަހަށް ބެލެހެއްޓުން

- ކުންފުނީގެ ޗެއާޕާސަންގެ އިރުޝާދާއި އެއްގޮތަށް ކުންފުންޏަށް ބޭނުންވާ އިންސާނީ ވަސީލަތް ހޯދައި ތަރަށްޤީކޮށް އެންމެ ހެޔޮގޮތުގައި ބޭނުން ހިފުން

- ކުންފުނީގެ މަސައްކަތްކުރާ މުވައްޒަފުން ކަންކަމުގައި އިސްނެގުމުގެ ރޫހާއި މަސައްކަތުގެ ހިތްވަރާއި ފޯރި އިތުރުކުރެވޭނެ ހަރަކާތްތައް ހިންގުން

- މިނޫންވެސް ހެދިފައިވާ ގަވައިދުތަކާއި ޤާނޫނު ތަކުން ލާޒިމްކުރާ ކަންކަން ފުރިހަމަކުރުމާއި ކުންފުނީގެ ބޯޑުން ނިންމާނިންމުންތައް ތަންފީޒުކުރުން.

މަޤާމުގެ ޝަރުޠުތައް:

ހ) ވިޔަފާރި ހިންގުން ނުވަތަ ހިންގުމުގެ ދާއިރާއިން ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު 4 (ހަތަރު) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

(ށ) ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

އެހެނިހެން ޝަރުތުތައް:

(ހ) އުމުރުން 18 (އަށާރަ) އަހަރުފުރިފައިވާ އަދި 55 އަހަރު ފުރިފައިނުވާ ދިވެއްސަކުކަމުގައިވުން

(ށ) ބުއްދި ސަލާމަތުން ހުރުން

(ނ) ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން.

(ރ) ޖިނާޢީ ކުށެއް ކުރިން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ މަދުވެގެން 3 (ތިނެއް) އަހަރު ވެފައިވުން. 

(ބ) މި ޝަރުތުތަކުގެ މާއްދާ (ރ) ގައި އެހެން އޮތްނަމަވެސް، ވައްކަމާއި ޓެކުން، އަދި ޚިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.

(ޅ) އެހެން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވާ ފަރާތަކަށް ނުވުން.

(ކ) ކުންފުނި ދުވަހުން ދުވަހަށް ހިންގުމުގެ އެންމެހާ މަސްއޫލިއްޔަތު އަދާކުރަމުން އަންނަ، ނުވަތަ އަދާކުރުމަށް ހަމަޖެހިފައިވާ ފަރާތްކަމުގައިވުން.

(އ) ކައުންސިލުން ވިޔަފާރި ކުރަމުންދާ ސިނާޢަތެއްގައި، ނުވަތަ ވިޔަފާރިކުރުމަށް ހުށަހަޅާ ސިނާޢަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން.

(ވ) ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން ކަނޑައަޅާފައިވާ  ޑިރެކްޓަރުންގެ ތަމްރީން ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތަކަށްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1-   ލެޓާ އޮފް އިންޓަރެސްޓް

2-   ސީވީ

3-   ތައުލީމީ އަދި ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

4-   ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ

 ކ. ތުލުސްދޫ ލޯކަލް އޮތޯރިޓީ އޮތޯރިޓީ ކޮންޕެނީގެ ބޯޑު ޑިރެކްޓަރުން ހޮވާނީ "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރު: 2021/R-49) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

  މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ، "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރު: 2021/R-49) ގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިފާ "ފިޓް އެންޑް ޕްރޮޕަރ" ޑިރެކްޓަރުންގެ ބޯޑުގެ ޝަރުތުތައް ފުރިހަމަވާ؛ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލައިފާވާ "ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑު (01/221/2022އ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ސިފަތައް ފުރިހަމަވާ ފަރާތެއްކަމުގައި ވާންވާނެއެވެ.

 މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މިއިއުލާންގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރެއްވުމަށްފަހު، 18 ޖެނުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މާލެ އަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ، ނުވަތަ [email protected] އީމެއިލްއަށް ހުށަހެޅުއްވުން އެދެމެވެ.

 ބޯޑުގެ ޑިރެކްޓަރކަމަށް ކުރިމަތިލައްވާ ފަރާތްތައް، ކ. ތުލުސްދޫ ކައުންސިލުން އެކުލަވާލާ ކޮމިޓީއިން އިވެލުއޭޓްކުރުމަށްފަހު ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އިންޓަވިއުކުރެވޭނެއެވެ. އަދި ޝޯޓްލިސްޓްކުރެވި އިންޓަވިއުކުރެވުނު ފަރާތްތަކުގެ ނަންތައް ކ. ތުލުސްދޫ ކައުންސިލްގެ ބައްދަލުވުމަށް ހުށަހަޅައި، ކައުންސިލްގެ ރަސްމީ ޖަލްސާއަކުން މެންބަރުން ކަނޑައަޅާގޮތެއްގެ މަތިން، ޑިރެކްޓަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ބޯޑުގެ ޑިރެކްޓަރުކަމަށް ހޮވުނު ފަރާތްތަކުގެ ވަނަވަރު ހިއްސާކުރެވޭނެއެވެ. 

އެހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

13 ޖަނަވަރީ 2024
ހޯދާ