ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމާއި ގުޅޭ

އިޢުލާން

                 މިއިދާރާއިން އެކުލަވާލައިފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު 2024 ޖަނަވަރީ 14 އިން 2024 ފެބްރުއަރީ 01 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ.

                 ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ 2024 ޖަނަވަރީ 14 ވާ އާދިއްތަ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު ފަހު 13:30 އަށެވެ. ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު  ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2024 ފެބްރުއަރީ 01 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށެވެ.

                 ފޯމް ހުށަހެޅުމަށް ދީފައިވާ މުއްދަތުގެ ފަހުން އެއްވެސް ފޯމެއް މިއިދާރާއިން ބަލައިނުގަންނާނެ ވާހަކަ މައުލޫމާތައްޓަކައި ދަންނަވަމެވެ.

                 ވީމާ، ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ފޯމު ފުރިހަމަކޮށް، ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު 2024 ފެބްރުއަރީ 01 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ހޯރަފުށީ ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

                 މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                  29 ޖުމާދަލްއާޙިރާ  1445

 

13 ޖަނަވަރީ 2024
ހޯދާ