މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯރު ކޮނެދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ކައުންސިލުގެ ފަރާތުން ވަޅުލަންޖެހޭ ކޭބަލްތަކާއި، ނަގަންޖެހޭ ކޭބަލްތަކާއި އަދި މިނޫން ތަކެތި ނެގުމަށާއި ވަޅުލުމަށް ކޮންނަންޖެހޭ ކޯރުތައް ކޮނުމުގެ މަސައްކަތް، 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ޖެނުއަރީ 2024 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާ ފޯމް މި އިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ ވެބްސައިޓް www.mci.gov.mv އިން  ލިބެންހުންނާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލް

  1. ކައުންސިލުގެ ފަރާތުން ކޯރު ކޮނެ ވަޅުލަންޖެހޭ ކޭބަލުތަކާއި މިނޫން ތަކެތި ވަޅުލުމާއި ނަގަންޖެހޭ ކޭބަލްތަކާއި މިނޫން ތަކެތި ކޯރު ކޮނެ ނެގުމާއި، ކޯރަށް ފަސްލުން.
  2. ކޯރު ކޮނެ، ނެގޭ ކޭބަލްތަކާއި މިނޫން ތަކެތި ކައުންސިލް ހަމަޖައްސާ ތަނެއްގައި ބަހައްޓާ ގުދަންކުރުމުގެ މަސައްކަތް ކުރުން
  3. ކައުންސިލުގެ ފަރާތުން އެއް ތަނުން އަނެއް ތަނަށް ބަދަލު ކުރަންޖެހޭ ބައްތި ދަނޑިތައް ބަދަލު ކުރުމަށް ބައްތި ދަނޑި ބުޑުތައް ކޮނެ ބައްތި ދަނޑި ނެގުމާއި ބައްތި ދަނޑި ޖެހުމަށް ކޮންނަން ޖެހޭ ތަންތަން ކޮނެ ބައްތި ދަނޑި ޖެހުން.
  4. ކޯރު ކޮނުމާއި އަދި ކޯރު ކޮނެ ތަކެތި ނެގުމުގައި ބިމުގައި ވަޅުލެވިފައިވާ އެއްވެސް އެއްޗަކަށް ގެއްލުން ނުލިބޭ ގޮތަށް މަސައްކަތް ކުރުން

 

 

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފްޞީލް

ފޯމިއުލާ

އަގު

90%

  • ޚިދުމަތުގެ އަގަށްދޭ މާރކްސް.
  • މާރކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark price / Submitted price) x Allocated percentage

ތަޖުރިބާ

10%

  • މަސައްކަތުގެ ދާއިރާގައި ޚިދުމަތް ދިން މުއްދަތު (އަހަރު).
  • މާރކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި އެންމެ ގިނަ އަހަރު ވެފައިވާ ފަރާތް، ބެންޗްމާކް އެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް.
  • މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަށެވެ.

 

(Submitted experience / Benchmark years) x Allocated percentage

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި، 4009830 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

10 ޖަނަވަރީ 2024
ހޯދާ