މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީ މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ސައިޓުގައި ހުރި ބޭނުންކުރެވިފައިވާ ކަޅުތެޔޮ 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް އެއްގެ ދަށުން ނީލަމުގައި ވިއްކާލުން

އެމް.ޑަބްލިޔު.އެސް.ސީ މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ސައިޓުގައި ހުރި ބޭނުންކުރެވިފައިވާ ކަޅުތެޔޮ 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް އެއްގެ ދަށުން ނީލަމުގައި  ވިއްކާލުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 15 ޖަނަވަރީ 2024 ވާ ހޯމަ ދުވަހުގެ 10:00 އަށް އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސަރވިސް ބިލްޑިންގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މި ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނަމަ މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ ދެން އެންމެ އަވަހަށް ސަރުކާރު ހުޅުވޭ ދުވަހުއެވެ. ނީލަމުގައި ބައިވެރިވެލެއްވޭނީ، މަޢުލޫމާތު ސާފު ކުރެއްވުމަށް ކަނޑައެޅިފައިވާ ސުންގަޑި އަށް ވަޑައިގެން ނަން ނޯޓު ކުރަށްވާފައިވާ ފަރާތްތަކަށެވެ.

މިކަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، 3323209 / 7960022 ނަންބަރުން، ސޭލްސް ހޮޓްލައިން އަށް ގުޅުއްވުން އެދެމެވެ.

ސޭލްސް ޑިޕާޓްމަންޓް

11 ޖަނަވަރީ 2024
ހޯދާ