ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަޤާމަށް މީހަކު ޢައްޔަންކުރުން

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަޤާމަށް މީހަކު ޢައްޔަންކުރުން

 

މަޤާމުގެ ނަން:

 ސާޖަންޓް އެޓް އާމްސް     

ބޭނުންވާ ޢަދަދު:

 1

މަޤާމުގެ ޝަރުޠުތައް

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން ސާޖަންޓް އެޓް އާމްސްގެ މަޤާމަށް ޢައްޔަންކުރާ މީހެއްގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

 

  • ދިވެހި ރައްޔިތަކަށްވުން،
  • ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުން،
  • މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން،
  • ޢުމުރުން 25 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން،
  • ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން،
  • އެންމެ ދަށްވެގެން ސަލާމަތީ ޚިދުމަތްތަކުގެ ފަސްޓް ލެފްޓިނަންޓް ނުވަތަ އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަޤާމުގައި ވަޒީފާ އަދާކޮށްފައިވާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 23 ވަނަ މާއްދާގެ އަންނަނިވި ކަންކަމަކީ ސާޖަންޓް އެޓް އާމްސްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

  • މަޖިލީހުގެ ޖަލްސާތައް ހިނގަމުންދާ ވަގުތުތަކުގައި، މަޖިލީހުގެ ރައީސް އަންގާ ގޮތެއްގެމަތިން މަޖިލީހުގެ ގަވާއިދު ހިފެހެއްޓުމުގެ ޒިންމާ އުފުލުން.
  • މަޖިލީހުގެ ރައީސް ކުރާ އަމުރުތަކާއި މަޖިލީހުން ކުރާ އަމުރުތައް ތަންފީޒުކުރުން.
  • މަޖިލީހުގެ އިމްތިޔާޒާގުޅޭ އުސޫލުތައް ތަންފީޒުކުރުމުގައި ދިމާވާ ކަންކަން ފާހަގަކޮށް، ޢާންމު ކޮމިޓީގެ ސަމާލުކަމަށް ގެނައުން. އަދި އޭނާގެ މުވައްޒަފުންގެ ޢަމަލުތަކާ ގުޅޭގޮތުން ޢާންމު ކޮމިޓީއަށް ޖަވާބުދާރީވުން.
  • މަޖިލީހުގެ ގެލެރީތަކަށް މީހުން ވަންނަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށްކަން ކަށަވަރުކުރުމާއި ގެލެރީތަކުން ނެރެންޖެހޭ މީހުން ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ނެރުމުގެ ޒިންމާ އުފުލުން.
  • މަޖިލީހުގެ ޖަލްސާގައި ހާޒިރުވެ އިނުމަށް ހުއްދައޮތް މީހަކު ފިޔަވައި، އެނޫން މީހަކު ޖަލްސާއެއް ހިނގަމުންދާ ވަގުތު، މަޖިލިސްކުރާ މާލަމުގައި ނުބެހެއްޓުން.
  • މަޖިލީހުގެ ގެއަށް އަންނަ މެހެމާނުންނާއި މަޖިލީހުގެ ކޮމިޓީތައް ހިނގަމުންދާ ވަގުތުތަކުގައި ކޮމިޓީއަކަށް އަންނަ މެހެމާނުންނާއި ނޫސްވެރިން މަޖިލީހުގެ ނިޒާމާ ޚިލާފު އެއްވެސްކަމެއް ހިންގައިފިނަމަ، އެކަމެއް ޢާންމު ކޮމިޓީގެ ސަމާލުކަމަށް ގެނައުން.

މަޤާމަށް ޢައްޔަންކުރުން:

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން، ސާޖަންޓް އެޓް އާމްސްގެ މަޤާމަށް ޝަރުޠު ފުރިހަމަވާ މީހުންގެ ނަންތައް، މަޖިލީހުގެ ރައީސް މަޖިލީހަށް ހުށަހަޅަންވާނެއެވެ. އަދި އެ މާއްދާގެ ދަށުން، އެ މަޤާމަށް ޢައްޔަންކުރާނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣްލަބިއްޔަތުން ފާސްވާ މީހެކެވެ.

އަސާސީ މުސާރަ:

32,000 (ތިރީސް ދެހާސް) ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

- ލިވިންގ އެލަވަންސް:    4,000 (ހަތަރުހާސް ރުފިޔާ)

- ފޯން އެލަވަންސް:    1,000 (އެއްހާސް ރުފިޔާ)

- ޕާލިމަންޓަރީ ސަރވިސް އެލަވަންސް:    6,400 (ހަހާސް ހަތަރުސަތޭކަ ރުފިޔާ)

           ވީމާ، ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، އެފަރާތުގެ ވަނަވަރާއި ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި، ލިބިފައިވާ މަސައްކަތު ތަޖުރިބާގެ މަޢުލޫމާތު (ލިޔުމުން)، 25 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

11 ޖަނަވަރީ 2024
ހޯދާ