މަޑުއްވަރީ ސްކޫލް/ މ.މަޑުއްވަރީ
ދިވެހިރާއްޖެ
ސްކޫލުގެ ކުލާސްރޫމަކާއި 5 ފާހާނާ މަރާމާތު ކޮށްދޭނެފަރާތެއް ހޯދުން

މިސްކޫލުގައި މިދަންނަވާ މަރާމާތް ތައްކުރުމަށް ބޭނުންވެއްޖެއެވެ.

މިސްކޫލުންދޭ މަޢުލޫމާތާ އެއްގޮތަށް  ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮއްދޭނެފަރާތެއް ބޭނުންވެއްޖެއެވެ.

1-     1 ކުލާސްރޫމުގައި މުށިޖެހުން

2-     5 ފާޙާނާ މަރާމާތު ކުރުން

 

މަޢުލޫމާތު ދިނުމުގެ ސެޝަން

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

ތަން

22 ޖެނުއަރީ 2024 ވަނަ ދުވަހު 10:30

1  ފެބުރުއަރީ2024 ވަނަ ދުވަހު 10:00

މ. މަޑުއްވަރީ ސްކޫލް

 

 

 

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

           މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި އަދި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންނެވުމަށް މަޢުލޫމާތައްޓަކައި ދަންނަވަމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 7952908 ނަންބަރަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

‏11‏ ޖަނަވަރީ‏ 2024    

11 ޖަނަވަރީ 2024
ހޯދާ