ބަނޑިދޫ ސްކޫލް، ދ. ބަނޑިދޫ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް

އިޢުލާނު.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލްގެ ސެކިއުރިޓީ  ބެލެހެއްޓުމުގެ މަސައްކަތް ( 8 ފެބްރުއަރީ 2024 – 31 ޑިސެންބަރު 2024 އަށް ) ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 12 ޖަނަވަރީ 2024 – 18 ޖަނަވަރީ 2024އަށް  ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ. އަދި ބީލަމުގައި ބައިވެރިވުމަށް ނަންނޯޓްކޮށްފައި ނުވާ ފަރާތްތަކުގެ ބީލަން ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

 

1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

2- ރަޖިސްޓްރީ ނަންބަރު.

3- އީމެއިލް އެޑްރެސް.

4- ގުޅޭނެ މޯބައިލް ނަންބަރު.

 

މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  16 ޖަނަވަރީ 2024 ވަނަ ދުވަހު 14:00 ގެ ކުރިން މިސްކޫލްގެ އީމެއިލް [email protected] އެޑްރެހަށް ފޮނުއްވުންއެދެމެވެ.

 

މި ބީލަމާއި ބެހޭގޮތުން ބޭއްވޭ ޕްރީބިޑްމީޓިން އޮންނާނީ  17 ޖަނަވަރީ 2024 ވަނަ ދުވަހު 13:30 ގައި މިސްކޫލްގެ އޮފީހުގައެވެ.

 

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  22 ޖަނަވަރީ 2024 ވަނަ ދުވަހުގެ 11:00 ގައި މިސުކޫލްގެ އޮފީހުގައެވެ.

 

މިބީލަމާގުޅޭ ބީލަން ފޮތް މިއިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބަނޑިދޫ ސްކޫލް

ދ.ބަނޑިދޫ ، ދިވެހިރާއްޖެ

ފޯން :7952916

އީމެއިލް: [email protected]

11 ޖަނަވަރީ 2024
ހޯދާ