ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮމިއުނިޓީ ސެންޓަރުގައިވާ ބިލިއާޑް ރޫމް އަދި ޓޭބަލް ޓެނިސް ރޫމް ބޭނުން ކުރުމަށް ބުކިން ހެއްދުމާއި ގުޅޭ

އިއުލާން

       15 ޖަނަވަރީ 2024 އިން ފެށިގެން ކޮމިއުނިޓީ ސެންޓަރުގައިވާ ބިލިއާޑް ރޫމް އަދި ޓޭބަލް ޓެނިސް ރޫމް ބޭނުންކުރެވޭނީ ސިޓީ ކައުންސިލާއި ގުޅުއްވައިގެން ބުކިން ހައްދައިގެންނެވެ.

       ބުކިން ހެއްދުމަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30  އިން 09:30 އަށް 6527122 އަށް ގުޅުއްވުން އެދެމެވެ. ހަފްތާ ބަންދަށް އަދި އާދީއްތަ ދުވަހަށް ބުކިން ހައްދަން ބޭނުންފުޅުވާނަމަ ބުރާސްފަތި ދުވަހު ކަނޑައެޅިފައިވާ ވަގުތުގައި ބުކިން ހައްދަންވާނެއެވެ.  ބުކިން ރިކްއެސްޓްތައް އަދި ކަނޑައެޅިފައިވާ ސްލޮޓްތައް "ކުޅުދުއްފުށި ސިޓީ ކޮމިއުނިޓީ ސެންޓަރ" ޓެލެގްރާމް ގުރޫޕްގައި އަޕްޑޭޓް ކުރެވެމުންދާނެއެވެ.

 

ޓެލެގްރާމް ކޮމިއުނިޓީ ގްރޫޕް ލިންކް: https://t.me/+BSPqPm6i2RQyZDU9

 

 

  ‏29‏ ޖުމާދަލްއާޚިރާ 1445

   11 ޖަނަވަރީ 2024

 

11 ޖަނަވަރީ 2024
ހޯދާ