ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެއްވަދޫ ރަމްޒޮކޮށްދޭ މޮނިއުމެންޓް ހެދުމާގުޅޭ

އިޢުލާން

 

 

ދެއްވަދޫ ރަމްޒޮކޮށްދޭ މޮނިއުމެންޓް ހެދުމާގުޅޭ

 

 

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ''ރަށުނަން ރަމްޒުކޮށްދޭ މޮނިއުމެންޓެއް'' ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ދިނުން:                 17 ޖަނަވަރީ 2024، 13:00

އަންދާސީ ހިސާބު ހުށަހެޅުން:      24 ޖަނަވަރީ 2024، 13:00

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އާންދާސީ ހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

               މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                        29 ޖުމާދަލްއާޚިރާ   1445 

                        11  ޖަނަވަރީ     2024

11 ޖަނަވަރީ 2024
ހޯދާ