މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބު 2024

2024 މާރިޗު 17 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ޖަހަމެހިފައިވާ ރައްޔިތުންގެ މަޖިލީސް އިންތިޙާބު 2024 ގައި ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީޙުންގެ ރަޖިސްޓަރީ އަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ރަޖިސްޓަރީ އަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު 2024 ޖަނަވަރީން 10 ވީ ބުދަ ދުވަހުން ފެށިގެން 2024 ޖަނަވަރީ 21 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހުގެ މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.

ރަޖިސްޓްރީވެފައިވާ ތަން ޗެކްކުރުމަށް: VR space IDNO Send to 1414 މެސެޖް ކުރައްވާ މީގެއިތުރުން ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް މި އިދާރާގެ ނޯޓިސް ބޯޑުގައި ހަރުކުރެވިފައިވާނެއެވެ.

ޝަކުވާ ފޯމް: https://shorturl.at/ALSZ3

ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީޙުންގެ ރަޖިސްޓަރީ:  https://shorturl.at/jwJT6

 

އިތުރު މައުލޫމާތު ސާފުކުރުމަށް ކޮމިޝަންގެ ކޯލްސެންޓަރ ނަންބަރ 1414 އަށް ގުޅުއްވާ!

ވީމާ މިކަން އާންމުކޮށް އިއުލާންކުރީމެވެ.

11 ޖަނަވަރީ 2024
ހޯދާ