ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިޑުކޮމެޓީގެ 2024 ވަނަ އަހަރުގެ 02 ވަނަ ޖަލްސާގެ ނިންމުން އާންމުކުރުން

އިޢުލާން

 

ތާރީޚް: 10 ޖަނަވަރީ 2024

ނަންބަރ: (IUL)327-A/327/2024/11

ބިޑުކޮމެޓީގެ ނިންމުން އާންމުކުރުން

                     

ތިރީގައި އެވަނީ 10 ޖަނަވަރީ ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2024 ވަނަ އަހަރުގެ 2 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.

 

1)      ނައިފަރު މަލްޓިޕާޕަސް ބިލްޑިންގ ހޯލްގެ ނުނިމިހުރި މަރާމާތުތަކުގެ ތެރެއިން ދޮރާއި ދޮރުފަތްތައް ހަދާ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް 5 ވަނަ ފަހަރަށް ކުރެވުނު ނަބްބަރު (IUL)327-A/327/2023/345 އިޢުލާނާ ގުޅިގެން، އިވެލުއޭޝަން ކޮމެޓީގެ ނިންމުމާއި އެއްގޮތަށް ސެންޓެކްސް ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ބިޑް އެވޯޑް ކުރަން ފެންނަކަމަށް ނިންމުން.

2)      ނައިފަރު ކައުންސިލްގެ އިދާރާ އާއި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި އިމާރާތްތަކާއި ސަރަހައްދުތަކުގައި އުފެދޭ ކުނި އުކައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)327-A/327/2023/312 އިޢުލާނާ ގުޅިގެން، އިވެލުއޭޝަން ކޮމެޓީގެ ނިންމުމާއި އެއްގޮތަށް ބަބީސް ޖޯއީސްއަށް ބިޑް އެވޯޑްކުރަން ފެންނަކަމަށް ނިންމުން.

3)      ނައިފަރު ކައުންސިލް ބެލުމުގެ ދަށުގައިވާ ގޯ ގްރީން ޕާކް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)327-A/327/2023/335 އިޢުލާނާ ގުޅިގެން، އިވެލުއޭޝަން ކޮމެޓީގެ ނިންމުމާއި އެއްގޮތަށް އެމް އެލް ކޮންސްޓްރަކްޝަންއަށް ބިޑް އެވޯޑްކުރަން ފެންނަކަމަށް ނިންމުން.

4)      ފާދިއްޕޮޅު ނައިފަރު ކައުންސިލް އިދާރާ އާއި ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކުގެ ސެކިއުރިޓީ ބެލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)327-A/327/2023/324 އިޢުލާނާ ގުޅިގެން، އިވެލުއޭޝަން ކޮމެޓީގެ ނިންމުމާއި އެއްގޮތަށް ތަންހަޅި އިންވެސްޓްމަންޓަށް ބިޑް އެވޯޑްކުރަން ފެންނަކަމަށް ނިންމުން.

5)      ޅ. ނައިފަރުގައި އަލަށް ހަދާ ފުޓްސަލް ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތާއި ގުޅިގެން ސްކޯޕްގެ ތެރެއިން ކުރާ މަސައްކަތުގެ އަގަށް ގެނެވޭ ވޭރިއެޝަންއާއި ގުޅިގެން ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.49 ގެ (ނ) ގައި ބަޔާންކުރާ އަގަށް ފެތޭތީއާއި މައިގަނޑު ސްކޯޕްއަށް ބަދަލު ނާންނާތީ، ޓީ އޭ ސީ ކޮންސްޓްރަކްޝަނުން ހުށަހަޅާފައިވާ 8،200ރ ގެ ވޭރިއޭޝަން ގެނައުމަށް ހުއްދަ ދިނުމަށް ފެންނަކަމަށް ނިންމުން.

  

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

                                      10 ޖަނަވަރީ 2024

10 ޖަނަވަރީ 2024
ހޯދާ