ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލަށް ގެނެވުނު ފުރަތަމަ އިސްލާހު

އިޢުލާން

ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލަށް ގެނެވުނު ފުރަތަމަ އިސްލާހު

އުސޫލު ނަންބަރު:253-OU-08275/2023/79ހއ.މާރަންދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތިދޫކުރުމުގެ އުޞޫލު – 2023 އަށް ގެނެވުނު ފުރަތަމަ އިސްލާހުގެ ދަށުން ގެނެވުނު އިޞްލާހުތައް:

1- ބުނެވިދިޔަ އުސޫލުގެ 3 ވަނަ މާއްދާ (ކޮމެޓީ) އަށް (ރ) އެއް އަންނަނިވިގޮތަށް އިތުރުކުރުން

  • ·        މިއުސޫލުގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެއްވެސް ސަބަބަކާހުރެ ކޮމެޓީ އެކުލަވާ ނުލެވިއްޖެނަމަ، ކޮމެޓީ އެކުލަވާލާނީ ހއ.މާރަންދޫ ކައުންސިލުން ނިންމާގޮތެއްގެ މަތިންނެވެ.

 

2- ބުނެވިދިޔަ އުސޫލުގެ 12 ވަނަ މާއްދާ (ގޯތިލިބޭ ފަރާތްތައް ކަނޑައެޅުން) (ހ) ގެ އިބާރާތް އަންނަނިވިގޮތަށް އިސްލާޙު ކުރުން

  • ·        ޝަރުޠުހަމަވާ ފޯމުތަކުގެ ތެރެއިން ގޯތި ލިބޭނީ މި އުސޫލުގައިވާ ޕޮއިންޓް ލިބޭ މިންގަޑުތަކަށް ޕޮއިންޓް ދިނުމުން މަދުވެގެން 65 ޕޮއިންޓް ލިބޭ ފަރާތްތަކުގެ ތަރުތީބުން އެންމެ މަތިން ޕޮއިންޓް ލިބޭ 49 ފަރާތަށެވެ. އުސޫލުގައިވާ ގޮތަށް ޕޮއިންޓްލިބޭ މިންގަނޑުތަކަށް ޕޮއިންޓް ދިނުމުން މަދުވެގެން  65 ޕޮއިންޓް ނުލިބޭ އެއްވެސްފަރާތަކަށް ގޯއްޗެއް ނުލިބޭނެއެވެ.

3- ބުނެވިދިޔަ އުސޫލުގެ 22 ވަނަ މާއްދާ (ޕޮއިންޓް އުނިކުރުން) ގެ 22.5 އަށް (ބ) އެއް އަންނަނިވިގޮތަށް އިތުރުކުރުން

ބ

އެއްވެސް އިރެއްގައި ކައިވެނި ކޮށްފައި ނުވުން

(35) ޕޮއިންޓް

 

ވީމާ، ހއ.މާރަންދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތިދޫކުރުމުގެ އުޞޫލު – 2023 އަށް ގެނެވުނު ފުރަތަމަ އިސްލާހާއި ގުޅިގެން، ހއ.މާރަންދޫއިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމަށް ހުޅުވާލުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)253-OU-08275/253/2023/74 އިޢުލާނަށް އިޖާބަދެއްވާ ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް، މިއިސްލާހުގައި ގެނެވިފައިވާ ބަދަލުތަކާއި ގުޅިގެން ލިޔެކިޔުމެއް ހުށަހަޅަން ބޭނުންފުޅުވާނަމަ އެފުރުސަތު 22 ޖެނުވަރީ 2024 ވަނަ ދުވަހުގެ 13.30 ގެ ކުރިން މިއިދާރާއަށް ހުށަހެޅުމަށް ފޯމްހުށަހެޅި ފަރާތްތަކަށް ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަދަންނަވަމެވެ.  އީމެއިލް މެދުވެރިކޮށްވެސް ލިޔުން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިއިދާރާގެ އީމެއިލް އެޑްރެސް  [email protected]އަށް މެއިލްކުރުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ލިޔުން ހުށަހަޅާ ފަރާތްތަކުން ލިޔުން މިއިދާރާއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ލިޔުން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މި އިޢުލާނާއެކު " ހއ.މާރަންދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލް 2023 " ގެ ފުރަތަމަ އިސްލާހު ޢާންމުކުރީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރ 6500029 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ޖުމާދަލްއާޚިރާ 1445

11 ޖެނުވަރީ    2024

11 ޖަނަވަރީ 2024
ހޯދާ