ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ގްލާސް އޮޓަމެޓިކް (ސެންސަރ) ދޮރެއް ހަރުކުރަން

ހަނިމާދޫ އެއަރޕޯޓްގެ ޕަސެންޖަރ ޓަރމިނަލްގައި ގްލާސް އޮޓަމެޓިކް (ސެންސަރ) ދޮރެއް ހަރުކުރަން ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ޚަރަދުގައި ދޮރު ސަޕްލައިކޮށް އިންސްޓޯލްކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 5 އެޕްރީލް 2015 (އާދީއްތަ) ދުވަހުގެ 11:30 އަށް ރީޖަނަލް އެއަރޕޯޓްސް (11 ވަނަ ފަންގިފިލާ/ ވެލާނާގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 9 އެޕްރީލް 2015 (ބުރާސްފަތި) ދުވަހުގެ 11:30 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3323776 ނަންބަރު ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.  

05 ޖުމާދަލްއާޚިރާ 1436

25 މާރިޗު 2015
ހޯދާ