ދިވެހިރާއްޖެ
މަޤާމު: |
ލެކްޗަރަރ |
ބޭނުންވާ އަދަދު: |
1 |
|||||||||||
ވަޒީފާ އަދާކުރާ އޮފީސް: |
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމް.އެން.ޔޫ ބިޒްނަސް ސްކޫލް |
|||||||||||||
މަޤާމުގެ ރޭންކް: |
8 |
ހަރުފަތް: |
1 |
|||||||||||
އަސާސީ މުސާރަ: |
މަހަކު 17808 ރުފިޔާ |
ޖޮބް އެލަވަންސް: |
މަހަކު 8311 ރުފިޔާ |
|||||||||||
ހާޒިރީ އިނާޔަތް: |
225 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް) |
|||||||||||||
ވަޒީފާގެ ބާވަތް: |
ކޮންޓްރެކްޓް (ކޮންޓްރެކްޓް ފެށޭ ތާރީޚުން ފެށިގެން 26 ޑިސެމްބަރު 2024 އާ ހަމައަށް) |
|||||||||||||
އިނާޔަޔްތައް: |
ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ސްޓާފް ޑިވެލޮޕްމަންޓް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފުރުޞަތުތައް ސްޓާފް ޖިމް ފެސިލިޓީ ސްޓާފް އެސިސްޓަންސް ޕްރޮގްރާމްތައް ލައިބްރަރީ މެމްބަޝިޕް |
|||||||||||||
މަގާމުގެ ޝަރުތުތައް: |
1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކުރުމަށްފަހު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި މަގާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
|||||||||||||
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް: ހަޔަރ އެޑިއުކޭޝަން، ރިސަރޗް ގުޅޭ ވަޒީފާގެ ދާއިރާތައް: ހަޔަރ އެޑިއުކޭޝަން، އެޑިއުކޭޝަން، ރިސަރޗް ތަޢުލީމީ ރޮނގުތައް: މާރކެޓިންގ/ ބިޒްނަސް / ކޮމާރސް ޕްރިފަރޑް ޑިސިޕްލިންތައް: މާރކެޓިންގ ކޯ ޑިސިޕްލިންތައް: މާރކެޓިންގ |
|||||||||||||
މަޤާމުގެ މަސްއޫލިއްޔަތު: |
ކިޔަވާދިނުމާ ގުޅޭ މަސައްކަތް 1. ޔުނިވަރސިޓީ އިން ހިންގާ ކޯސްތަކާއި ވޯކްޝޮޕުތަކާއި ޕްރެކްޓިކަލްތަކުގެ ގަޑިތައް ހަވާލުކުރެވޭ ވޯކުލޯޑާއި ޑެލިވަރީ މޯޑާ އެއްގޮތަށް ނެގުން. 2. ޔުނިވަރސިޓީ ގެ ވާރކްލޯޑާއި އެއްގޮތަށް އެ މީހެއްގެ ޒިންމާގެ ދަށުގައިވާ އެހެން މުވައްޒަފުންނަށް ގަޑިތައް ހަވާލުކުރުމުގައި އެހީތެރިވުމާއި އެގަޑިތައް ނަގާކަން ކަށަވަރުކުރުމުގައި ސުޕަވައިޒަރަށް އެހީތެރިވެދިނުން 3. ސެމިސްޓާރ ފެށުމުގެ ކުރިން އެމީހަކު ކޯޑިނޭޓްކުރާ މާއްދާތަކުގެ އައުޓްލައިނާއި މެޓީރިއަލް އަދި އެސައިންމަންޓް ލިންކްތައް ސުންގަޑިއާ އެކު ކޯސް ޕޭޖު ތައްޔާރުކޮށް ލަރނިން މެނޭޖްމަންޓް ސިސްޓަމް އަށް އަޕްލޯޑްކުރުން 4. ސެމިސްޓާރ ފެށުމުގެ ކުރިން އެމީހަކު ކިޔަވައިދޭ މާއްދާތަކުގެ މެޓީރިއަލްތަކާއި އެސެސްމަންޓްތަކާއި ޓިއުޓޯރިއަލްތައް ލަރނިން މެނޭޖްމަންޓް ސިސްޓަމް އަށް އަޕްލޯޑްކުރުމާއި އަޕްޑޭޓްކޮށް ބެލެހެއްޓުން. 5. ކިޔަވައިދޭ މާއްދާތަކުގެ ސެޝަން ޕްލޭން ހެދުމާއި މެޓީރިއަލްތައް ތައްޔާރުކުރުމާއި އެއްތަންކުރުމާއި ފަހުގެ ބަދަލުތަކާ އެއްގޮތަށް އަދާހަމަކޮށް ސެމެސްޓަރ ނިމުމުން ޑިޕާރޓްމަންޓް ހިންގުމާއި ހަވާލުވެހުރި ފަރާތަކާއި ހަވާލުކުރުން 6. ޒަމާނަށް އެކަށޭނެ އުގަންނައިދިނުމުގެ ގޮތްތައް ބޭނުންކުރުމާއި، ދަރިވަރުން ބައިވެރިކޮށްގެން ކިޔަވައިދިނުން. 7. މުޤައްރަރާއި، ކޯހުގެ ކޮންޓެންޓާއި، ކޯހުގެ މެޓީރިއަލް އަދި ކިޔަވައިދިނުމުގެ އުސޫލުތައް ރާވައި، އިވެލުއޭޓްކޮށް، އިސްލާހުކުރުމުގައި އިސްނެގުން. 8. ޤައުމީ ބޭނުންތަކަށް ބަލާ ވަޒީފާގެ ބާޒާރަށް އަންނަ ބަދަލުތަކަށް ބަލައި އައު ކޯސްތަކާއި އައު މުޤައްރަރުތައް ފަރުމާކުރުމާއި ބޭނުންކުރާ މުގައްރަރުތައް އިޞްލާޙުކުރުމުގައި އިސްނެގުން. 9. ކިޔަވައިދޭ މާއްދާތަކުގެ އެސެސްމަންޓްތައް ތައްޔާރުކޮށް ރިވިއުކޮށް، ޔުނިވަރސިޓީން / ފެކަލްޓީއިން ކަނޑައަޅާ ތާރީހުގެ ކުރިން ނިންމުން. 10. ކިޔަވައިދޭ މާއްދާތަކުގެ އިމްތިޙާން ކަރުދާސްތައް ޔުނިވަރސިޓީން ކަނޑައަޅާފައިވާ މިންގަނޑަށް ދެވިފައިވާ ސުންގަޑީގެ ކުރިން ތައްޔާރުކޮށް، ރިވިއުކޮށް ނިންމުން. 11. ހަވާލުކުރެވޭ އިމްތިހާނު ކަރުދާސްތަކާއި އެސެސްމެންޓްތައް ދެވިފައިވާ މުއްދަތުގައި މާކުކުރުމާއި މާކްސް މޮޑެރޭޓުކުރުމުގައި ބައިވެރިވުން އަދި ކަނޑައެޅިފައިވާ ސުންގަޑިއަށް ދަރިވަރުންނަށް ފީޑުބެކް ދިނުން. 12. ޑިޕާޓްމަންޓްގެ ފުލްޓައިމް އަދި ޕާޓް-ޓައިމް ދާރިސުން ތައްޔާރުކުރާ އިމްތިޙާން ކަރުދާސްތަކާއި އެސެސްމަންޓްތައް ރިވިއުކުރުމަށް ހަވާލުކުރެވިއްޖެނަމަ އެކަން ކުރުން. 13. އަންޑަގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ދަރިވަރުންގެ ރިސާރޗް ނުވަތަ ޕްރޮޖެކްޓް މަސައްކަތްތައް ސުޕަވައިޒްކުރުމާއި، ތީސިސް އަދި ޑިޒަޓޭޝަން މާކުކުރުން އަދި ރިސާޗް ސެމިނާރ ނަގައިދިން ރިސަރޗް މަސައްކަތް 1. ދާއިރާ އާ ގުޅޭ ޤައުމާއި މުޖުތަމައަށް ބޭނުންވާ ޤައުމީ އަދި ބައިނަލް އަޤްވާމީ ދިރާސާތައް ޢަމަލީ ގޮތުން ކުރުން. 2. ފަރުދީ ގޮތުންނާއި ފަންނީ ގޮތުން އެހެން މުވައްޒަފުންނާ ގުޅިގެން ޢިލްމީ ދިރާސާތައްކޮށް ޔުނިވަރސިޓީ އިން ކަނޑައަޅާ ފެންވަރެއްގައި ޝާއިޢުކުރުން. 3. މަސައްކަތާއި ގުޅޭ ދާއިރާއިން ދިރާސާތައް ކުރުމާއި، ޕްރޮފެޝަނަލް ޖާނަލްތަކާއި، ފޮތްތަކާއި، ނުވަތަ އިލެކްޓްރޯނިކް މީޑިއާތަކުގައި ހޯދުންތައް ޝާއިޢުކުރުން. އިދާރީ އަދި އެހެނިހެން މަސައްކަތް 1. ކިޔަވައިދޭ މާއްދާތަކުގެ ދަރިވަރުންގެ ހާޒިރީގެ ރެކޯޑްތަކާއި، ގްރޭޑްތަކާއި، އަދި އެހެނިހެން މަޢުލޫމާތުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން. 2. ހަވާލުކުރެވޭ މާއްދާތަކުގެ މާކުސް ޝީޓުތައް ތައްޔާރުކޮށް މާކުސްތައް ސެލްފް ސާރވިސްއަށް އެޅުން. 3. ކިޔަވައިދޭ މާއްދާތަކާ ގުޅޭ އިދާރީ މަސައްކަތްކުރުމާއި ދަރިވަރުންގެ ކިޔެވުމާ ގުޅޭ ސެލްފް ސަރވިސް އަދި ލަރނިން މެނޭޖްމަންޓް ސިސްޓަމްގެ މަސައްކަތްތައް ކުރުން. 4. ހަވާލުކުރެވޭ މާއްދާތަކާއި ކޯސްތައް ޔުނިވަރސިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ކޯޑިނޭޓްކުރުން. 5. ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ދަރިވަރުންނާއި ޤަވާއިދުން މުޢާމަލާތުކުރުމާއި ދަރިވަރުންނަށް ގަވާއިދުން ޖަވާބުދިނުމާއި ކިޔެވުމާގުޅޭ ކަންކަމުގައި މަޝްވަރާކުރުމަށް ދަރިވަރުންނަށް ކުލާހުގެ ބޭރުން ވަގުތުދިނުން. 6. ޔުނިވަރސިޓީ، ފެކަލްޓީ އަދި ޑިޕާޓްމަންޓްގެ އެކިއެކި ކޮމިޓީތަކުގައާއި އެހެނިހެން ބައްދަލުވުންތަކުގައި އިސްނަގައި ބައިވެރިވުމާއި ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމަކުރުން. 7. ކިޔަވައިދިނުމުގެ އިތުރުން ފެކަލްޓީ އަދި ޔުނިވަރސިޓީއާ ގުޅުންހުރި ފަންނީ އަދި އިޖުތިމާއީ ޙަރަކާތްތަކުގައި ބައިވެރިވުން. 8. ފެކަލްޓީގެ އެހެން މުވައްޒަފުންނާ ގުޅިގެން އެކުވެރި ކަމާއި އެކު މަސައްކަތްކުރުން. 9. "ކޯޑް އޮފް ކޮންޑަކްޓް" އަށް ޙުރުމަތްތެރިކޮށްހިތުމާއި ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުން. 10. އަލަށް ގުޅޭ މުވައްޒަފުން މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުމުގައި އެހީތެރިވެދިނުން. 11. ކޯސްތަކާއި ގުޅޭ މަޢުލޫމާތު އަދާހަމަކޮށް، މާކެޓިން މެޓީރިއަލް ތައްޔާރު ކުރުމަށް ބޭނުންވާ މަޢުލޫމާތު އަދާ ހަމަކޮށް ހިއްސާކުރުމާއި، ކޯސްތައް އިސްތިހާރުކުރުމާއި، މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތުގައި އަދި އެފަދަ ހަރަކާތްތަކުގައި ބައިވެރިވުން. 12. ޑިޕާޓްމަންޓް ހެޑްގެ މަގާމު ހަވާލުކުރެވިއްޖެނަމަ އެކަމާ ގުޅޭ އިދާރީ މަސައްކަތްތައް ކުރުން. 13. ކިޔަވައިދިނުން ފުރިހަމަ ކުރުމަށްޓަކައި ޓެކްސްޓް ފޮތްތަކާއި، ސޮފްޓްވެއަރތަކާއި، ބޭނުންވާނެ އިކުއިޕްމަންޓް، އަދި އެނޫންވެސް އުނގެންނައިދިނުމަށް ބޭނުންކުރަންޖެހޭ ވަޞީލަތްތައް ދިރާސާކޮށް، ހޯދައި ރެކޮމެންޑްކުރުން
* މި ބައިގައި މިވަނީ މި މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތެވެ. މި ވަޒީފާ އަށް ހޮވޭ ފަރާތަށް ވަޒީފާ ހަވާލުކުރާއިރު ފުރިހަމަ ވަޒީފާ ބަޔާނެއްގައި ސޮއިކުރެވޭނެއެވެ. |
|||||||||||||
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް: |
* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.
|
|||||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
|||||||||||||
ޝޯޓްލިސްޓުކުރުން: |
މި ވަޒީފާއަށް އެދި 10 ފަރާތަށްވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވާނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ، މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތް ޝޯޓްލިސްޓުކުރެވޭނެއެވެ. އެސެސްމެންޓަށް ޝޯޓްލިސްޓުކުރެވޭ ފަރާތްތަކުގެ ތެރެއިން އެސެސްމަންޓް އިން އެންމެ މަތިން ޕޮއިންޓު ލިބޭ 5 ފަރާތް އިންޓަވިއުއަށް ޝޯޓްލިސްޓުކުރެވޭނެއެވެ. |
|||||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
18 ޖަނަވަރީ 2024 ވާ ބުރާސްފަތިދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް. |
|||||||||||||
އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމެންޓް، އޮންނާނީ 20 ޖަނަވަރީ 2024 އާ 19 ފެބުރުވަރީ 2024 އާ ދެމެދުއެވެ. އިންޓަވިއު އަދި އެސެސްމެންޓް އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ. |
|||||||||||||
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓު (R2 ޝީޓު އާންމުކުރުން) |
|
|||||||||||||
ސަމާލުކަމަށް:
|
|
|||||||||||||
އިތުރު މަޢުލޫމާތު: |
|