މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.އޭދަފުށިން އެކިއެކި ބޭނުންތަކަށް ބިން ކުއްޔަށް ދޫކުރުމާގުޅޭ

އިޢުލާން

 

ބ.އޭދަފުށިން އެކިއެކި ބޭނުންތަކަށް ބިން ކުއްޔަށް ދޫކުރުމާގުޅޭ:

                އޭދަފުށިން އެކިއެކި ބޭނުންތަކަށް ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)320-PRM/320/2023/111އިއުލަނާއި ގުޅިގެން ތިރީގައި ބަޔާންކޮށްފައިވާ ބިންތަކުގެ ތެރެއިން 2 ބިމަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ އާއި ހުށަހެޅުނު އެއްބީލަން ފުރިހަމަ ނުވާތީ، އަލުން ބީލަން ހުށަހެޅުމުގެ ދައުވަތު ހުރިހާ ފަރަތްތަކަށް ހުޅުވާލަމެވެ.

  • 3 ބިން   (ދަނާލުގެ ހުޅަނގުން)    

                 ވީމާ މި ބިންތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް  މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

         މަޢުލޫމާތު ދިނުން

     އަންދާސީ ހިސާބު ހުށަހެޅުން

18 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ  10:30 އަށް

29  ޖަނަވަރީ  2024 ވާ ހޯމަ ދުވަހުގެ 10:30 އަށް

 

                  މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ޙާޟިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަނުގެ ސެޓްފިކެޓްގެ ކޮޕީއެއް ގެންނަންވާނެއެވެ. ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަނުގެ ސެޓްފިކެޓާއި،ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަ ދަންނަވަމެވެ. އަދި، ދަންނަވަމެވެ. މިފަދަ ލިޔުމެއްނެތި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދެވެންނެތް ވާހަކަ ދެންނެވީމެވެ.

 

                 އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްއާއި،ފެކްސްގެ ޒަރީއާއިން ފޮނުވާ އަންދާސީ ހިސާބުތައް ބާޠިލްވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލުމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

                      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                      29   ޖުމާދަލްއާޚިރާ   1444ހ

11 ޖަނަވަރީ 2024
ހޯދާ