ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ ފައިނޭންސް އޮފިސަރ

މަޤާމު:

 ސީނިއަރ ފައިނޭންސް އޮފިސަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

  ދާއިމީ

މަޤާމުގެ ރޭންކު:

 އެމް.އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

 ސީނިއަރ ޓެކުނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ، ވ.ފުލިދޫ

މުސާރަ:

 -/7035 (ހަތްހާސް ތިރީސް ފަސްރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:

 -/2000 (ދެހާސްރުފިޔާ) ( މަހަކު)

އެހެނިހެން އެލަވަންސް:

 1. ޓެކުނިކަލް ކޯ އެލަވަންސްއަށް ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކުނިކަލްކޯ އެލަވަންސްގެ އަސާސީ މުސާރައިގެ %28(ޓެކުނިކަލްކޯ ގެ ރޮނގުން އެކައުންޓިން އަދި ފައިނޭންސް) އަދި ޓެކުނިކަލް ކޯ އެލަވަންސް އަށް ޝަރުތުހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސްއަށް 2 ގޮތުގައި 900.00ރ (ނުވަސެތޭކަ) ރުފިޔާ

2- ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގެގޮތުގައި މުސާރައި %35

3- ސިވިލްސަރވިސް މުއަށްޒަފުނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

4- ސިވިލްސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް

5- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

6- ހަމަޖެހިފައިވާ އުޞޫލުން ރަމަޟާންމަހުގެ ޢިނާޔާ އިނާޔަތް  3000.00ރ (ތިންހާސް) ރުފިޔާ

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ޕޭމްނަޓް ވައުޗަރ ތައްޔާރުކޮށް ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ފައިސާ ދެއްކުމުގެ އެންމެހާމަސައކަތްކުރުން.

2- ލިބެންޖެހޭ ބިލްތައް ޤަވާއިދުންލިބެމުންދޭތޯ ބަލައި އެކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

3- ޕޭމަންޓް ވައުޗަރުތަކާއި ބަޖެޓް ސެކްޝަންގެ ހުރިހާ ލިޔެކިޔުންތައް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތައް ޒިންމާދާރު ގޮތުގައި ތައްޔާރުކޮށް  ލިޔެކިޔުންތަކުގެ ސްޓޭޓަސް އަޕްޑޭޓް ކޮށް ބެލެހެއްޓުން.

4- ބަޖެޓުން ކުރާ ޚަރަދުތައް މޮނިޓަރކޮށް ބަޖެޓް އަޕްޑޭޓް ކުރުމުގެ މަސައްކަތް ބެލެހެއްޓުން.

5- މާލީ ބަޔާނަށް ބޭނުންވާ މައުލޫމާތު ސެކްޝަންތަކުން ހޯދައި ބަޔާން ފޮނުވަންޖެހޭ މުއްދަތުގެތެރޭގައި ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުން.

6- ތިޖޫރީ ހިސާބުތައް ޤަވާޢިދުން ބަލަހައްޓާކަން ޔަޤީންކުރުމާއި އެކަމާއި ގުޅުންހުރި  ލިޔެކިޔުންތައް ފައިލް ކުރާކަން ކަށަވަރުކުރުން.

7- ޓްރަސްޓްފަންޑުގެ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.

8- ބަޖެޓާއި ގުޅޭ ގޮތުން އެކިއެކި ފަރާތްތަކަށްފޮނުވަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ވެރިންގެ އިރުޝާދާއިއެއްގޮތައް ފޮނުވުމުގެ އެންމެހާ މަސައްކަތްކުރުން.

9- ބަޖެޓާއި ގުޅުންހުރި ލިޔެކިޔުންތައް އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

 

 

 

 

މަޤާމުގެ ތައުލީމީ ރޮނގުތައް:

  1. މަޤަމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީއެއް ނުވަތަ އޮނަރސް ޑިގްރީއެއް ހާޞިލްކޮށްފައިވުމާއި އެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

     ނުވަތަ

      1- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން.  

 

އެކައުންޓިންގ (ކޯޑިސިޕްލިން) ބިޒްނަސް އެޑްމިނިސްޓްރޭޝަން  ބިޒްނަސް މެނޭޖްމަންޓްފައިނޭސް (ކޯޑިސިޕްލިން)

 

 މަޤާމުގެ މަސައްކަތުގެ ދާއިރާ

 

 

 

ހުށައަލަންޖެހޭ ލިޔެ ކިޔުންތައް

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ފައިނޭންސް އެކައުންޓިންގ

ނޯޓް: މަޤާމަށް ކަނޑައަޅާފައިވާ ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށައަޅާފައިވާނަމަ ކުރައިޓީރިއާ ގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް އެފަރާތަކަށް ދެވޭނެއެވެ.

 

 1 – ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމުސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން  ލިބެން ހުންނާނެއެވެ.

2 – ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު( ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތައް)

3 – ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ( މުއްދަތު ހަމަވެފައި ވީނަމަވެސް) ދެފުށުގެ ލިޔުންތައްފެންނަ ސާފުކޮށްކިޔަންއެގޭ  ދެފުށުގެ ކޮޕީއެއް. އައި.ޑީ.ކާޑް ގެއްލިފައިވާނަމަ އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4 – ސިވިލްސަރވިސްއަށް/ ސަރުކާރަސް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުއައްޒަފަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ  ވަޒީފާއިން ވީއްލުމާއި މެދު އިއުތިރާޟެއްނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާލިޔުން.

5 – ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ .

ހ. މޯލްޑިވުސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ މަތީތައުލީމުދޭ ރާއްޖެއިންބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ : ސެޓްފިކެޓް ނެތް ޙާލަތްތަކުގައި  ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ އާއި މޯލްޑިވުސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ .

ށ . ރާއްޖޭގެ މަތީތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

އަސާސީ ޝަރުޠު ހަމަވުން - 30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު - 5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު - 5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - 5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) - 15

ޕްރެޒެންޓޭޝަން - 10

އިންޓަރވިއު - 30

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށްއެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިންފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

 

ހުށަހަޅަންޖެހޭ ލިޔެކުޔުންތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18ޖެނުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

1. ވަޒީފާއަށް އެދޭފޯމް ( ކައުންސިލް އިދާރާއިން ލިބެންހުންނާނެ )

2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ

3. ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

4. ލިބިފައިވާ ތަޖްރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެކޮޕީ

 

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ސަރުތު ހަމަވާ އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ، 23 ޖެނުއަރީ  2023 އާއި 27 ޖެނުއަރީ 2023 އާ ދެމެދު، ފުލިދޫ ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، އެމުއްދަތުގައި އިންޓަވިއު އާއި ޕްރެކްޓިކަލްސް އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ފޭސްބުކް ޕޭޖްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6700603 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

10 ޖަނަވަރީ 2024
ހޯދާ