ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު: ކޮންސްޓަބަލް

ޝަރުތު:

- އެސް.އެސް.ސީ އިމްތިޙާނުން 2 (ދޭއް) މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއިއެކު، ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުން މަދުވެގެން 2 (ދޭއް) މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލްކޮށްފައިވުން ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅުންހުރި ދާއިރާއަކުން 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން،

- ފިރިހެނަކު ނަމަ، އިސްކޮޅުން 5 (ފަހެއް) ފޫޓް 3 (ތިނެއް) އިންޗި އަދި އަންހެނެއް ނަމަ، އިސްކޮޅުން 5 (ފަހެއް) ފޫޓް ހަމަވުން، (ފޯމުހުށަހަޅާ ފަރާތްތަކުގެ ތަޢުލީމީ ފެެންވަރާއި، ތަޖުރިބާއަށް ރިޢާޔަތްކޮށް ދެންނެވިފައިވާ އިސްކޮޅު ހަމަނުވިކަމުގައިވީނަމަވެސް ފޯމު ބަލައިގަނެވޭނެއެވެ.)

މުސާރައާއި އެހެނިހެން އިނާޔަތްތައް:

މުސާރަ:  -/11,810 ރުފިޔާ

މުސާރަ ބެހިގެންވާ ގޮތުގެ ތަފްޞީލް؛

އަސާސީ މުސާރަ: -/4,650 ރުފިޔާ

ސަރވިސް އެލަވަންސް: -/5,000 ރުފިޔާ

ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ %40 (-/1,860 ރުފިޔާ)

ޔުނީފޯމް އެލަވަންސް: -/300 ރުފިޔާ

- ވަޒީފާއަށް ރެކްރޫޓްކުރެވޭ ތާރީޚުން ފެށިގެން 03 މަސް ދުވަސް ހަމަވުމުން، ސަރވިސް އެލަވަންސް، ނޮން-ޕްރެކްޓިސް އެލަވަންސް ޕްރޮފެޝަނަލް އެލަވަންސް (ޑިޕްލޮމާ – އަސާސީ މުސާރައިގެ 10 އިންސައްތަ ، ބެޗްލަރސް ޑިގްރީ – އަސާސީ މުސާރައިގެ 15 އިންސައްތަ ، މާސްޓަރސް – އަސާސީ މުސާރައިގެ 20 އިންސައްތަ).

- ފުލުހުންގެ ވަޒީފާގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި، އެލަވަންސްތައް ލިބޭނެ.

- ކެއުމާއި ބޭސްފަރުވާ ކުރުން.

މަޤާމު: ސާޖަންޓު ގްރޭޑް 1

ޝަރުޠު: އޮޕެރޭޝަނަލް ޕޮލިސިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ނުވަތަ 6 (ހައެއް)  ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

މުސާރައާއި އެހެނިހެން އިނާޔަތްތައް:

މުސާރަ:  -/13,710 ރުފިޔާ

މުސާރަ ބެހިގެންވާ ގޮތުގެ ތަފްޞީލް؛

އަސާސީ މުސާރަ: -/6,150 ރުފިޔާ

ސަރވިސް އެލަވަންސް: -/4,800 ރުފިޔާ

ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ %40 (-/2,460 ރުފިޔާ)

ޔުނީފޯމް އެލަވަންސް: -/300 ރުފިޔާ

- ވަޒީފާއަށް ރެކްރޫޓްކުރެވޭ ތާރީޚުން ފެށިގެން 03 މަސް ދުވަސް ހަމަވުމުން، ސަރވިސް އެލަވަންސް، ނޮން-ޕްރެކްޓިސް އެލަވަންސް، ޕްރޮފެޝަނަލް އެލަވަންސް (ޑިޕްލޮމާ – އަސާސީ މުސާރައިގެ 10 އިންސައްތަ ، ބެޗްލަރސް ޑިގްރީ – އަސާސީ މުސާރައިގެ 15 އިންސައްތަ ، މާސްޓަރސް – އަސާސީ މުސާރައިގެ 20 އިންސައްތަ).

- ފުލުހުންގެ ވަޒީފާގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި، އެލަވަންސްތައް ލިބޭނެ.

- ކެއުމާއި ބޭސްފަރުވާ ކުރުން.

މަޤާމު: ސާޖަންޓު ގްރޭޑް 2

ޝަރުޠު: ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) ނުވަތަ 8 (އަށެއް) ހާޞިލްކޮށްފައިވުން.

މުސާރައާއި އެހެނިހެން އިނާޔަތްތައް:

މުސާރަ:  -/14,410 ރުފިޔާ

މުސާރަ ބެހިގެންވާ ގޮތުގެ ތަފްޞީލް؛

އަސާސީ މުސާރަ: -/6,650 ރުފިޔާ

ސަރވިސް އެލަވަންސް: -/4,800 ރުފިޔާ

ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ %40 (-/2,660 ރުފިޔާ)

ޔުނީފޯމް އެލަވަންސް: -/300 ރުފިޔާ

- ވަޒީފާއަށް ރެކްރޫޓްކުރެވޭ ތާރީޚުން ފެށިގެން 03 މަސް ދުވަސް ހަމަވުމުން، ސަރވިސް އެލަވަންސް، ނޮން-ޕްރެކްޓިސް އެލަވަންސް، ޕްރޮފެޝަނަލް އެލަވަންސް (ޑިޕްލޮމާ – އަސާސީ މުސާރައިގެ 10 އިންސައްތަ ، ބެޗްލަރސް ޑިގްރީ – އަސާސީ މުސާރައިގެ 15 އިންސައްތަ ، މާސްޓަރސް – އަސާސީ މުސާރައިގެ 20 އިންސައްތަ).

- ފުލުހުންގެ ވަޒީފާގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި، އެލަވަންސްތައް ލިބޭނެ.

- ކެއުމާއި ބޭސްފަރުވާ ކުރުން.

މަޤާމު: ސާޖަންޓު ގްރޭޑް 3

ޝަރުޠު: އޮޕެރޭޝަނަލް ޕޮލިސިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) ނުވަތަ 8 (އަށެއް) ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

މުސާރައާއި އެހެނިހެން އިނާޔަތްތައް:

މުސާރަ:  15,615/4 ރުފިޔާ

މުސާރަ ބެހިގެންވާ ގޮތުގެ ތަފްޞީލް؛

އަސާސީ މުސާރަ: -/7,511 ރުފިޔާ

ސަރވިސް އެލަވަންސް: -/4,800 ރުފިޔާ

ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ %40 (3,004/40 ރުފިޔާ)

ޔުނީފޯމް އެލަވަންސް: -/300 ރުފިޔާ

- ވަޒީފާއަށް ރެކްރޫޓްކުރެވޭ ތާރީޚުން ފެށިގެން 03 މަސް ދުވަސް ހަމަވުމުން، ސަރވިސް އެލަވަންސް، ނޮން-ޕްރެކްޓިސް އެލަވަންސް، ޕްރޮފެޝަނަލް އެލަވަންސް (ޑިޕްލޮމާ – އަސާސީ މުސާރައިގެ 10 އިންސައްތަ ، ބެޗްލަރސް ޑިގްރީ – އަސާސީ މުސާރައިގެ 15 އިންސައްތަ ، މާސްޓަރސް – އަސާސީ މުސާރައިގެ 20 އިންސައްތަ).

- ފުލުހުންގެ ވަޒީފާގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި، އެލަވަންސްތައް ލިބޭނެ.

- ކެއުމާއި ބޭސްފަރުވާ ކުރުން.

މަޤާމު: ސީނިއަރ ސާޖަންޓު ގްރޭޑް 1

ޝަރުޠު: ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (ނުވައެއް) ހާޞިލްކޮށްފައިވުން.

މުސާރައާއި އެހެނިހެން އިނާޔަތްތައް:

މުސާރަ:  16,088/80 ރުފިޔާ

މުސާރަ ބެހިގެންވާ ގޮތުގެ ތަފްޞީލް؛

އަސާސީ މުސާރަ: -/7,992 ރުފިޔާ

ސަރވިސް އެލަވަންސް: -/4,600 ރުފިޔާ

ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ %40 (3,196/80 ރުފިޔާ)

ޔުނީފޯމް އެލަވަންސް: -/300 ރުފިޔާ

- ވަޒީފާއަށް ރެކްރޫޓްކުރެވޭ ތާރީޚުން ފެށިގެން 03 މަސް ދުވަސް ހަމަވުމުން، ސަރވިސް އެލަވަންސް، ނޮން-ޕްރެކްޓިސް އެލަވަންސް، ޕްރޮފެޝަނަލް އެލަވަންސް (ޑިޕްލޮމާ – އަސާސީ މުސާރައިގެ 10 އިންސައްތަ ، ބެޗްލަރސް ޑިގްރީ – އަސާސީ މުސާރައިގެ 15 އިންސައްތަ ، މާސްޓަރސް – އަސާސީ މުސާރައިގެ 20 އިންސައްތަ).

- ފުލުހުންގެ ވަޒީފާގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި، އެލަވަންސްތައް ލިބޭނެ.

- ކެއުމާއި ބޭސްފަރުވާ ކުރުން.

މަޤާމު: ސީނިއަރ ސާޖަންޓު ގްރޭޑް 2

ޝަރުޠު: އޮޕަރޭޝަނަލް ޕޮލިސިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (ނުވައެއް) ހާޞިލްކޮށްފައިވުން.

މުސާރައާއި އެހެނިހެން އިނާޔަތްތައް:

މުސާރަ:  17,488/80 ރުފިޔާ

މުސާރަ ބެހިގެންވާ ގޮތުގެ ތަފްޞީލް؛

އަސާސީ މުސާރަ: -/8,992 ރުފިޔާ

ސަރވިސް އެލަވަންސް: -/4,600 ރުފިޔާ

ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ %40 (3,596/80 ރުފިޔާ)

ޔުނީފޯމް އެލަވަންސް: -/300 ރުފިޔާ

- ވަޒީފާއަށް ރެކްރޫޓްކުރެވޭ ތާރީޚުން ފެށިގެން 03 މަސް ދުވަސް ހަމަވުމުން، ސަރވިސް އެލަވަންސް، ނޮން-ޕްރެކްޓިސް އެލަވަންސް، ޕްރޮފެޝަނަލް އެލަވަންސް (ޑިޕްލޮމާ – އަސާސީ މުސާރައިގެ 10 އިންސައްތަ ، ބެޗްލަރސް ޑިގްރީ – އަސާސީ މުސާރައިގެ 15 އިންސައްތަ ، މާސްޓަރސް – އަސާސީ މުސާރައިގެ 20 އިންސައްތަ).

- ފުލުހުންގެ ވަޒީފާގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި، އެލަވަންސްތައް ލިބޭނެ.

- ކެއުމާއި ބޭސްފަރުވާ ކުރުން.

 އެހެނިހެން ޝަރުތުތައް:

- މީލާދީ ގޮތުން 18 އަހަރާއި 39 އަހަރާ ދެމެދުގެ ފަރާތެއްކަމުގައިވުން،

34/2020 "ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު" ގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ރެކުރޫޓްކުރެވޭ ފުލުހުންގެ ޢާންމު ޝަރުޠު ފުރިހަމަވެފައިވާ ފަރާތެއްކަމުގައިވުން.

މަސްޢޫލިއްޔަތާއި ވާޖިބު:

- ދިވެހި ފުލުހުންގެ ޙިދުމަތުގެ ޤާނޫނު ނަންބަރު (34/2020)ގައި ފުލުހަކު އަދާ ކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ އެންމެހާ މަސައްކަތްތައް ކުރުން.

ވަޒީފާއަށް މީހުން ހޮވުމުގައި ބެލޭނެ ކަންތައްތައް:

ތަޢުލީމީ ގޮތުން މަތީ ސަނަދު ހާޞިލްކޮށްފައިވާ ފަރާތްތަކަށް،

މީހުންހޮވުމުގައި ކުރިއަށްގެންދެވޭ އެސެސްމަންޓްތަކުން މަތީ ނަތީޖާ ހޯދާ ފަރާތްތަކަށް،

ދިވެހި ފުލުހުންގެ ޚިދުމަތަށް ޤާނޫނީގޮތުން ލާޒިމްކުރާ މަސައްކަތްތައް ކުރުމަށް މި ޚިދުމަތުން ކަނޑައަޅާ ދާއިރާތަކަށް އަދި ދާއިރާތަކަށް ހާއްސަ ކުރެވިފައިވާ އަދަދުތަކަށް ކުރިމަތިލާ އަންހެން ކެންޑިޑޭޓުންނަށް،

- ދިވެހި ފުލުޙުންގެ ޚިދުމަތް ފޯރުކޮށްދެމުންދާ ސަރަހައްދަތަކު ތެރެއިން ޚިދުމަތް ހަރުދަނާކޮށް ފުޅާކުރުމަށް އިންސާނީ ވަސީލަތް ބޭނުންވާ ސަރަހައްދުތަކާއި، މިމުއައްސަސާގެ ޚިދުމަތް އަލަށް ޤާއިމުކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް.

- ތަޙްޤީގް ކުރުމުގެ ދާއިރާގައި މަސައްކަތްކުރުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް.

ވަޒީފާއަށް މީހުން ނެގުމުގައި ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ ތިރީގައި ބަޔާންކޮށްފައިވާ އެސެސްމެންޓް ނުވަތަ ޓެސްޓްތަކުން ފާސްވުން:

ބެކްގްރައުންޑް އެސެސްމެންޓް،

ފިޒިކަލް ފިޓްނަސް އެސެސްމަންޓް،

ފެތުމުގެ އެސެސްމަންޓް،

އެޕްޓިޓިއުޑް ޓެސްޓް،

އިންޓަރވިއު އަދި

- މެޑިކަލް އެގްޒަމިނޭޝަން.

މަސައްކަތްކުރަންޖެހޭ ތަން:

- ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް މަސައްކަތްކުރުމަށް ޝައުގުވެރިވާ ރީޖަން ނުވަތަ މާލެ ސަރަޙައްދު. / ތަޙްގީޤް ދާއިރާގައި އެ ފަރާތެއް ނިސްބަތްވާ ދާއިރާ (ދިވެހި ފުލުހުންގެ ޚިދުމަތުން ކަނޑައަޅާ ކޮންމެ ތަނެއްގައި).

ހުށަހަޅަންޖެހޭ ލިޔުންތައް: 

ފުރިހަމަކޮށްފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް (މި ފޯމުގައި އެފަރާތެއްގެ ނަމުގައި ހެދިފައިވާ އީމެއިލް އެޑްރެސް ލިޔެފައި އޮންނަންވާނެއެވެ. އަދި މަސައްކަތްކުރުމަށް ޝައުގެވެރިވާ ތަން ފޯމްގައި ފުރިހަމަކޮށްފައި އޮންނަންވާނެއެވެ.)،

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،

- ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (ސަނަދުގައި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،

- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ، 

- ނެގިފަހުން 3 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (ފޯމުގައި ތަތްކޮށްފައި)،

- އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތެއްނަމަ ލައިސެންސްގެ ކޮޕީ،

- ކުރިން ވަޒީފާ އަދާކޮށްފައިވާ ފަރާތެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2024 ފެބުރުއަރީ 11 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަން ނުވަތަ އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު 14:00 އިން 16:00 އަށެވެ.

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ނުވަތަ އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނުންނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. 

27 ޖުމާދަލްއާޙިރާ 1445

10 ޖަނަވަރީ 2024
ހޯދާ