ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖިސްޓް

މަޤާމް: ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖިސްޓް

މަޤާމުގެ ގިންތި:  ދާއިމީ

ބޭނުންވާ އަދަދު: 1

 

ޑިޕާޓްމަންޓް: ޗައިލްޑް ޑެވެލޮޕްމެންޓް ސެންޓަރ  

މަސައްކަތް ކުރަންޖެހޭ ތަން:ޗައިލްޑް ޑެވެލޮޕްމެންޓް ސެންޓަރ، ހުޅުމާލެ ހޮސްޕިޓަލް

ތަޢުލީމާއި ތަޖުރިބާ:

މަޤާމް:  ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖިސްޓް- ޕީ.އެސް 07

 

 

މަގާމު

ޕަބްލިކް ސަރވިސް ރޭންކް

މަޤާމަށް ބޭނުންވާ ލައިސަންސާއި ތަމްރީނުތައް

އަސާސީ ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ، މަހަކު (ރުފިޔާ)

ޖޮބް އެލަވަންސް

ހާޒިރީ ޢިނާޔަތް

ސްޕީޗް-ލެންގުއޭޖް ޕެތޮލޮޖިސްޓް 

PS-7

މޯލްޑިވްސް އެލްއިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީކޮށް، ލައިސަންސް ލިބިފައިވުން

1. މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

11,213/-

5,233/-

142/-

 

                       

 

 

 

 

 

 

 

 

 

 

 

މަޤާމަށް ޢައްޔަންކުރާ އިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމް ތަމްރީނުތައް:

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލިންގައި ރަޖިސްޓްރީކޮށް، ލައިސަންސް ލިބިފައިވުން.

 

އެހެނިހެން އެލަވަންސް:

1-  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިޔުޝަން.

2-  ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން ޢިނާޔަތްތައް.

  

 ަކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖީގެ ޚިދުމަތް ހޯދަން އަންނަ އެކި އުމުރުގެ މީހުންގެ ކިބައިގައި މުއާމަލާތް ކުރުމުގައި މައްސަލައެއް ހުރިތޯބަލައި މައްސަލަ ހުރި މިންވަރު ދެނެގަތުމަށް ތަހުލީލުތައް ކުރުން. 

2. މުއާމަލާތްކުރުމުގެ އެކި މައްސަލަތަކަށް ފަރުވާ ނުވަތަ ތެރަޕީ ދިނުން

3. އިތުރު ފަރުވާ ބޭނުންވާނަމަ އެކަމާބެހޭ އެހެން ދާއިރާތަކުގެ ބޭފުޅުންގެ ލަފާހޯދުމަށް އިރުޝާދު ދިނުން

4. މުއާމަލާތް ކުރުމުގައި މައްސަލައެއް ހުރިނަމަ ނުވަތަ ކުރިމަގުގައި މައްސަލައެއް ޖެހިދާނެކަމަށް ލަފާކުރެވޭނަމަ އެ މައްސަލައާއި ކުރަންޖެހޭ ފަރުވާއާ ބެހޭގޮތުން މައްސަލަ ހުރި މީހުންނަށާއި ބެލެނިވެރިންނަށް ކައުންސިލިންގ ދިނުމާއި އެ މައްސަލަތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން

5. ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖީގެ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ ރެކޯޑްތައް ބެލެހެއްޓުމާއި ރިޕޯޓް ތައްޔާރުކުރުން.

   

ކުރިމަތިލުމުގެ ސުންގަޑި: 21 ޖަނަވަރީ 2024 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ކޮވެލި ބިލްޑިންގ 4 ވަނަ ފަންގިފިލާ އަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތަކަށް، ފޯމު ބަލައިގަތް ކަމުގެ މެއިލް ފޮނުވާނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ.

  • ވަޒީފާއަށް އެދޭ ފޯމު
  • ސީވީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • އައި.ޑީ ކާޑު ކޮޕީ
  • އެޓެސްޓް ކޮށްފައިވާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ރެޖިސްޓްރޭޝަން އަދި ޕްރެކްޓިސް ކުރުމުގެ އަދާހަމަ ލައިސަންސް  
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން

 

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

10 ޖަނަވަރީ 2024
ހޯދާ