ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
ޝަރަފުއްދީން ސްކޫލްގައި ހުރި ބައުތަކެތި ނީލަންކިއުން

ޝަރަފުއްދީން ސްކޫލްގައި ހުރި ބައުތަކެތި ނީލަމުގައި ވިއްކާލުމަށްވަނީ ހަމަޖެހިފައެވެ. ނީލަން ކިއުން އޮންނާނީ 20 ޖެނުއަރީ 2024 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި ޝަރަފުއްދީން ސްކޫލްގެ ގޯތިތެރޭގައެވެ.

ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 18 ޖެނުއަރީ 2024 އަށް ޝަރަފުއްދީނަށް ވަޑައިގަތުމުން ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ނީލަން ކުރިޔަށް ގެންދެވޭނީ މަދުވެގެން 03 ބައިވެރިންގެ ޚާޟިރުގައެވެ.

ވީމާ ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 20 ޖެނުއަރީ 2024 ވާ ހޮނިހިރު ދުވަހުގެ 10:00 އަށް ޝަރަފުއްދީން ސްކޫލަށް ދުރުވުމުން ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެ ކަމުގައި އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކުމަށްފަހު ތަކެތި ގެންދަން ވާނެއެވެ.

 

10 ޖަނަވަރީ 2024
ހޯދާ