މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކޮޅު، އަވަށުން އަލަށް ތަރައްޤީކުރި މަގުތައް ސާފުކޮށް ގަސް އިންދައިދޭނެ ފަރާތެއް ހޯދުމާބެހޭ

ކެނދިކޮޅުއަވަށު ކަޅިންނާމަގާއި އަދި ފެނަކަ އިންޖީނުގެ ކުރިމަތީގައި (އަލަށް ހަދާފައިވާ) މަގުތައް ތަރައްޤީ ކުރުމުގެ ގޮތުން މިމަގުތައް ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިގޮތުން މިމަގުތައް ސާފުކޮށް ކުނިތައްނަގައި ބިންގަނޑު އެއްވަރުކޮށް، ބިންގަނޑު ހަރުކޮށް މަގުގައި މަށަންއަޅައި އަދި އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކައުންސިލުން ދޭ އިރުޝާދާ އެއްގޮތަށް މަގުގައި ގަސް އިންދާ ހައްދާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  • ކަޅިންނާ މަގުގެ ދިގުމިނަކީ 500 ފޫޓެވެ. އަދި މަގުގެ ފުޅާމިނަކީ 50 ފޫޓެވެ.
  • ފެނަކަ އިންޖީނުގޭ ކުރިމަތީ މަގުގެ ދިގުމިނަކީ 790 ފޫޓެވެ. އަދި މަގުގެ ފުޅާމިނަކީ 50 ފޫޓެވެ.

ޕޮއިންޓް ދޭނެ އުޞޫލުތައް: 

  • މަސައްކަތުގެ އަގަށް 80 ޕޮއިންޓް (އެކަށީގެންވާ އެންމެ ކުޑައަގަށް އެންމެ ގިނަ ޕޮއިންޓް)
  • މަސައްކަތުގެ ފުރަތަމަ ފިޔަވަހި ނިންމާ މުއްދަތަށް 10 ޕޮއިންޓް (މަގު ސާފުކޮށް މަށަންއަޅައި ބިންގަނޑު އެއްވަރުކޮށް ނިންމުމަށް ހޭދަވާ މުއްދަތަށް އެންމެ ގިނަ ޕޮއިންޓް)
  • ބެލެހެއްޓުމުގެ މުއްދަތަށް 05 ޕޮއިންޓް (ގަސްއިންދާ ހެއްދުމުގައި ހޭދަކުރާނެ މުއްދަތަށް އެންމެ ގިނަ ޕޮއިންޓް)
  • މަސައްކަތުގައި ގެންގުޅޭ މީހުންގެ އަދަދަށް 05 ޕޮއިންޓް (މަސައްކަތުގައި އެންމެ ގިނައިން މީހުން ގެންގުޅޭ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 13:00 ގައި މިކައުންސިލުގެ މީޓިންގ ރޫމަށް ވަޑައިގެން މަޢުލޫމާތު ސެޝަންގައި ބައިވެރިވެ،  2024 ޖެނުއަރީ 25 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިކައުންސިލުގެ މީޓިންގ ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާއިރު، މަސައްކަތުގެ އަގާއި، މަސައްކަތުގެ ފުރަތަމަ ފިޔަވަހި ނިމޭނެ ތާރީޚާއި، މުޅިމަސައްކަތުގެ މުއްދަތާއި، މަސައްކަތުގައި ގެންގުޅޭނެ މީހުންގެ އަދަދާއި އަދި ބޭނުންކުރާނެ އާލާތްތަކުގެ މަޢުލޫމާތު ހިމަނަންވާނެއެވެ. އަދި ބީލަން ހުށަހަޅާއިރު މަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތުގެ އައިޑީކާޑު ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

28  ޖުމާދަލްއާޚިރާ 1445

10   ޖަނަވަރީ  2024

10 ޖަނަވަރީ 2024
ހޯދާ