ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
ރިސަރޗް އެސިސްޓަންޓް

އިޢުލާން

ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލު މިސްކިތްތައް ހިމެނުމުގެ ޕްރޮޖެކްޓުގެ މަސައްކަތަށް އެހީތެރިވާނެ މީހުން ބޭނުންވެއްޖެ:

މަޤާމް:

ރިސަރޗް އެސިސްޓަންޓް ( ތާރީޚު ދިރާސާކުރުން)

މުސާރަ:

މަސައްކަތްކުރާ ކޮންމެ ގަޑިއެއްގެއިރަށް 38 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން:

ހެރިޓޭޖް

މަޤާމު އޮތް އޮފީސް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ ކ. މާލެ

ވަޒީފާ އަދާ ކުރަންޖެހޭ ތަން/ރަށް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ ކ. މާލެ

 

 

 

 

މަަޤާމުގެ ޝަރުޠު:

 

 

 

  • މަތީ ސާނަވީ އިމްތިޙާނަކުން ދިވެހި އަދި އިނގިރޭސި މި ދެ މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  • ސާނަވީ އިމްތިޙާނަކުން ދިވެހި އަދި އިނގިރޭސި މި ދެ މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު،  މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.
  • ބޭރުގެ މާހިރުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ހުރުން.
  • ދިވެހިބަހާއި  އިނގިރޭސިބަހުން ފަރިތަކޮށް ވާހަކަދައްކަން އެނގުން.
  • ކޮމްޕިއުޓަރުގެ އެކި ޕްރޮގްރާމްތަކަށް އަހުލުވެރިވުން (ޚާއްޞަކޮށް، އެކްސެލްއާއި ވަރޑް ޕްރޮގްރާމަށް އަހުލުވެރިވުން)
  • ރަސްމީ ދުވަސްދުވަހާއި ބަންދު ދުވަސްތަކުގައި ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އާޓްސް ނުވަތަ ހިސްޓްރީގެ ދާއިރާއިން ކިޔަވާފައިތިބި މީހުންނަށް އިސްކަންދެވޭނެ.
  • ދިވެހި ބަހުގެ އަދަބީ ހަރަކާތްތަކުގައި ބައިވެރިވެފައިވާ މީހުންނަށް އިސްކަންދެވޭނެ
  • ރިސަރޗް މަސައްކަތްތަކުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ

 

 

 

 

ކުރަންޖެހޭ މަސައްކަތް:

  1. ދިވެހިރާއްޖެ އުފެދުނުގޮތާއި، މީހުން އާބާދުވިގޮތާއި، ދީނާއި ސަގާފަތާއި އާދަކާދަޔާ ބެހޭގޮތުން ކުރަންހުރި ދިރާސާތައް ކުރުން.
  2. ދިވެހިރާއްޖޭގެ ޝާހީ ދަރިފަސްކޮޅު ދެމިގެންއައި ގޮތާއި، ދިވެހިރާއްޖޭގައި ފެންނަންހުރި ހިރިގަލު މިސްކިތްތަކާ ހުރި ގުޅުމާ ބެހޭގޮތުން ދިރާސާކުރުން.
  3. އެކި ދުވަސްވަރުގައި ދިވެހިރާއްޖެއާއި ބޭރުގެ ޤައުމުތަކާ ހުރި ގުޅުމާއި، މި ޤައުމުތަކުގެ ސަބަބުން ރާއްޖެއަށް ކޮށްފައިވާ އަސަރު.
  4. ދިވެހިރާއްޖެގައި އިހުގައި ކުރަމުންދިޔަ މަސައްކަތްތަކާއި، އެ ދުވަސްވަރު މި މަސައްކަތް ކުރުމަށް ބޭނުންކުރި އާލަތްތަކާ ބެހޭގޮތުން ކުރަން ހުރި ދިރާސާތައް ކުރުން.
  5. ހިރިގަލު މިސްކިތްތައް ބިނާކުރެވިފައިވާ ރަށްރަށުގެ ތާރީޚާއި، މި މިސްކިތްތައް ބިނާކުރުން ހުއްޓުނު ސަބަބު ދިރާސާކުރުން.
  6. ދިވެހިރާއްޖޭގައި އޮތް ދީންތަކާއި، ގަބޫލުކުރެވުނު ގަބޫލުކުރެވުންތަކާއި، ހިރިގަލު މިސްކިތްތަކުން ފެންނަމުންދާ ކުރެހުންތަކާއި، މި ގަބޫލުކުރުންތަކާ ހުރި ގުޅުން ހޯދުމަށް ކުރަން ހުރި ދިރާސާތައް ކުރުން.
  7. ރިސަރޗާ ގުޅޭ އިދާރީ މަސައްކަތްތައް ކުރުން.
  8. ޑިޕާޓްމެންޓުން ތައްޔާރުކުރާ ތާވަލާ އެއްގޮތަށް ދިރާސާތައް ކުރުމާއި، ޑިޕާޓްމަންޓުން ކަނޑައަޅައިފައިވާ މިންގަނޑާ އެއްގޮތަށް އެ ދިރާސާތައް ހުށަހެޅުމާއި ރިޕޯޓް ތައްޔާރުކުރުން.

މަޤާމް:

ރިސަރޗް އެސިސްޓަންޓް (އާކިޓެކްޗަރަލް ދިރާސާކުރުން)

މުސާރަ:

މަސައްކަތްކުރާ ކޮންމެ ގަޑިއެއްގެއިރަށް 38 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން:

ހެރިޓޭޖް

މަޤާމު އޮތް އޮފީސް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ ކ. މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަން/ރަށް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ ކ. މާލެ

 

 

 

 

 

މަޤާމުގެ ޝަރުޠު:

 

  • މަތީ ސާނަވީ އިމްތިޙާނަކުން ދިވެހި އަދި އިނގިރޭސި މި ދެ މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  • ސާނަވީ އިމްތިޙާނަކުން ދިވެހި އަދި އިނގިރޭސި މި ދެ މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު،  މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.
  • ބޭރުގެ މާހިރުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ހުރުން.
  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކޮށް ވާހަކަދައްކަން އެނގުން.
  • ކޮމްޕިއުޓަރުގެ އެކި ޕްރޮގްރާމްތަކަށް އަހުލުވެރިވުން (ޚާއްޞަކޮށް އެކްސެލްއާއި، ވަރޑް ޕްރޮގްރާމަށް އަހުލުވެރިވުން)
  • ރަސްމީ ދުވަސްދުވަހާއި ބަންދު ދުވަސްތަކުގައި ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން .

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އާޓްސް ނުވަތަ ހިސްޓްރީގެ ދާއިރާއިން ކިޔަވާފައިތިބި މީހުންނަށް އިސްކަންދެވޭނެ.
  • ދިވެހިބަހުގެ އަދަބީ ހަރަކާތްތަކުގައި ބައިވެރިވެފައިވާ މީހުންނަށް އިސްކަންދެވޭނެ.
  • ރިސަރޗް މަސައްކަތްތަކުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
  • އާކިޓެކްޗަރގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަންދެވޭނެ.

 

 

 

 

ކުރަންޖެހޭ މަސައްކަތް:

  1. ދިވެހިރާއްޖޭގައި ބިނާކުރެވުނު އިމާރާތްތަކުގެ ވައްތަރުތަކާއި، އިމާރަތް ކުރެވުނު ދުވަސްވަރާ ބޭހޭގޮތުން ދިރާސާކުރުން.
  2. ދިވެހިރާއްޖޭގައި އިމާރާތްކުރުމަށް ބޭނުންކުރި މިންތަކާއި ގޮތްތަކާ ބެހޭގޮތުން ދިރާސާކުރުން.
  3. ދިވެހިރާއްޖޭގައި އިމާރަތްކުރުމަށް ގެންގުޅުނު މެޓީރިއަލްއާއި އާލަތްތަކާ ބެހޭގޮތުން ދިރާސާކުރުން.
  4. މިސްކިތްތައް ބިނާކޮށްފައިވާ ތަފާތު ޕްލޭންތަކާއި ޓައިޕޮލޮޖީއާ ބެހޭގޮތުން ދިރާސާކުރުން.
  5. ދިވެހިރާއްޖޭގައި ބިނާކޮށްފައިވާ އިމާރަތްތަކަށް ބޭރުގެ ނުފޫޒު އައިސްފައިވާ މިންވަރާ ބެހޭގޮތުން ދިރާސާކުރުން.
  6. ދިވެހިރާއްޖޭގައި ބިނާކޮށްފައިވާ ހިރިގަލު މިސްކިތްތަކުގެ ބާވަތްތަކާ ބެހޭގޮތުން ދިރާސާކުރުން.
  7. ދިވެހިރާއްޖޭގައި ބިނާކުރެވިފައިވާ ހިރިގަލު މިސްކިތްތަކާއި ދުނިޔޭގެ އެހެން ހިސާބުތަކުގައި ބިނާކޮށްފައިވާ މިފަދަ ބިނާތަކާ އަޅާކިޔުން.
  8. ރިސަރޗާ ގުޅޭ އިދާރީ މަސައްކަތްތައް ކުރުން.
  9. ޑިޕާޓްމަންޓުން ތައްޔާރުކުރާ ތާވަލާ އެއްގޮތަށް ދިރާސާތައް ކުރުމާއި،  ޑިޕާޓްމަންޓުން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް އެ ދިރާސާތައް ހުށަހެޅުމާއި ރިޕޯޓް ތައްޔާރުކުރުން.

 

 

މަސައްކަތްކުރާ ވަގުތު:

- އާއްމުކޮށް މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ މަސައްކަތު ދުވަސް ދުވަހު 8:00 ން 17:00 އަށް (1 ގަޑިއިރުގެ ބްރޭކް ނިހިމަނައި، 8 ގަޑިއިރު)

- މީގެ އިތުރުން، ހަފުތާ ބަންދުގައި މަސައްކަތްކުރާގޮތަށް ހަމަޖައްސާ ދުވަސްދުވަހު މަސައްކަތަށް ނިކުންނަން ވާނެއެވެ.

- މަސައްކަތް ހަވާލުކުރުމަށް ހަމަޖައްސާފައިވަނީ، ހަފުތާއެއްގައި މަސައްކަތްކުރާ ޖުމްލަ ގަޑި 46 ގަޑިއިރަށްވުރެ އިތުރުނުވާގޮތަށެވެ.

މަސައްކަތް ކުރަންޖެހޭ މުއްދަތު:

2015 މެއި 1 ން 2016 އެޕްރީލް 30 އަށް (12 މަސްދުވަސް)

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމުގެ ސޮފްޓް ކޮޕީއެއް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި މެއިލްކުރުމުން ފޯމް ފޮނުވައިދެވޭނެއެވެ. މެއިލްކުރާނީ [email protected] އަށެވެ.)

- އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

- ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ހެދި ތަނަކުން، ކޯސް ނިންމިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ކޯހެއް އެކްރެޑިޓްކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުން.

- ވަޒީފާގެ ދާއިރާއާ ގުޅުންހުރި ތަމްރީނެއް ފުރިހަމަކޮށްފައިވާނަމަ، އެކަމުގެ ލިޔުން.

- ވަޒީފާއެއްގައި އުޅެފައިވާ ފަރާތެއްނަމަ، އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް މުއްދަތާއެކު (ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/މަސް/އަހަރު ސާފުވާނެގޮތަށް)

-  ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ)

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމް (މި ފޯމް، ވަޒީފާއަށް އެދޭ ފޯމާއެކު ލިބެން ހުންނާނެ)

 

އިންޓަވިއުކުރުމާއި /ޕްރެކްޓިކަލްސް ބޭއްވުން:

-  މި މަޤާމްތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަނާއި، އެކަމާގުޅޭ މަޢުލޫމާތު، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

- މާލޭ ހުކުރު މިސްކިތާ ބެހޭގޮތުން 10 މިނެޓުގެ ޕްރެޒެންޓޭޝަނެއް ދިވެހިބަހާއި އިނގިރޭސި ބަހުން ހުށަހަޅަންވާނެއެވެ.

 

ސްކްރީން ކުރުން:

ވަޒީފާށް އެދި ހުށަހެޅިފައިވާ ހުށަހެޅުންތައް، ވަޒީފާއަށް ޢައްޔަނުކުރުމުގެ ޝަރުޠުތަކާއި، އިޢުލާނުގައިވާ އަސާސީ ޝަރުޠުތައް ފުރިހަމަވޭތޯ ސްކްރީން ކުރެވޭނެއެވެ. މިގޮތުން، ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތައް ވަކިކޮށް، ނުހޮވޭ ފަރާތްތަކަށް  އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި ލިޔުމުން އެންގޭނެއެވެ.

 

ޝޯޓްލިސްޓް ކުރުން:

ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް،  އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި ލިޔުމުން  އެންގޭނެއެވެ.

ވަޒީފާއަށް އެދޭ ފޯމް ފޮނުވަންވީ މުއްދަތު ހަމަވާ ތާރީޚު:

2015 އެޕްރީލް 9 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އަށް (ޤައުމީ ދާރުލްއަސާރު، ޗާންދަނީމަގު)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3340207 ނަންބަރު ފޯނަށް ނުވަތަ 3340212 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 3326796 އެވެ.

10 ޖުމާދަލްއާޚިރާ 1436

30 މާރިޗު 2015
ހޯދާ