ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތުގެ ކުރެހުން ފާސްކުރުމާއި ޢިމާރާތްކުރުމުގެ ހުއްދަ އާއި ގުޅޭ

ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 4/2017) ގެ ދަށުން ގެދޮރުވެރިކަމާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން 30 މާރިޗް 2019 އިން ފެށިގެން އެއްފަންގިފިލާއަށްވުރެ އިތުރަށް އުސްކޮށް ގެދޮރު ނުވަތަ ޢިމާރާތް ބިނާ ކުރާ ނަމަ 'ޢިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ހުއްދަ' އަދި 'އިމާރާތްކުރުމުގެ ހުއްދަ' އެ ރަށެއްގެ ރަށު ކައުންސިލް އިން ނަގަންޖެހެއެވެ. އަދި ޢިމާރާތްކުރުމުގެ ހުއްދަ ނެގުމަށް ބޭނުންވާ ލިޔެކިޔުންތައް ކުރެހުންސެޓާއެކު ކައުންސިލް އިދާރާއަށް ހުށަހަޅައި ފާސްކުރަންވާނެއެވެ. އަދި މި ޤާނޫނާއި ޚިލާފަށް އެއްވެސް ހުއްދައަކާއި ނުލައި އެއް ފަންގިފިލާއަށްވުރެ އުސްކޮށް ޢިމާރާތްރުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއްކަމުގައި ދަންނަވަމެވެ.

މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލްގެ ހޮޓްލައިން 9356677 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

10 ޖަނަވަރީ 2024
ހޯދާ