ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ބޭނުންކޮށްފައިވާ ބައެއް ހަރުމުދާ ނީލަން ކިޔުމާއި ގުޅޭ

އިޢުލާން

 

މިސްކޫލުން ބޭނުންކޮށްފައިވާ ބައެއް ހަރުމުދާ "ދުވަހު ނީލަން" ކިޔުމުގެ އުސޫލުން ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ނީލަމުގައި ހިމެނޭތަކެތީގެ މަޢުލޫމާތާއި އިތުރު ތަފްސީލު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މި ނީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއިއެކު ދުރުވެދެއްވުމަށް ދަންނަވަމެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2024 ޖަނަވަރީ 19 ވާ ހުކުރު ދުވަހުގެ ހެނދުނު 9:00 އަށް ތުޅާދޫ ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރައްވާ ފަރާތުން ވަގުތުން ފައިސާ ދެއްކެވުމަށް ފަހު ރަސްމީ 3 ދުވަހުގެ ތެރޭގައި ނީލަން ކިޔުނު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ، ނީލަން ބާޠިލްކޮށް އެތަކެތި އަލުން ނީލަމަށް ލެވޭނެ ވާހަކަ ދަންނަވަމެވެ.

 

28 ޖުމާދަލްއާޚިރާ 1445

10 ޖަނަވަރީ 2024
ހޯދާ