މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ދުވާފަރު 15.04 ރަޖިސްޓްރީ ކުރުމާއިބެހޭ:

އިޢުލާން

ރ.ދުވާފަރު ގެތައް ރަޖިސްޓްރީ ކުރުމާއިބެހޭ:

                ރ.ދުވާފަރު 15.04 ނަމްބަރުގޭ ރ. ކަނދޮޅުދޫ ރިހިތަޅާގެ އަލްފާޟިލް ޢަބްދުއްސަލާމް މުޙައްމަދުފުޅު އަދި ރ.ކަނދޮޅުދޫ ރިހިތަޅާގެ އަލްފާޟިލް އިބްރާހީމް މުޙައްމަދުފުޅުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމަށްއެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ މިފަރާތްތަކުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅަފައިވާނަމަ 2024 ޖެނުއަރީ 16 ވަނަ ދުވަހުގެ 14:00 ސުންމިނެޓް ގެ ކުރިން މި އިދާރާއަށް އެކަން އެންގެވުން އެދެމެއެވެ.

                      މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައިނުވާނަމަ،  އެފަދަ ކަމެއްނެތީ ކަމަށް ބަލައި ރ.ދުވާފަރު 15.04 ނަމްބަރުގޭ ރ. ކަނދޮޅުދޫ ރިހިތަޅާގެ އަލްފާޟިލް ޢަބްދުއްސަލާމް މުޙައްމަދުފުޅު އަދި ރ.ކަނދޮޅުދޫ ރިހިތަޅާގެ އަލްފާޟިލް އިބްރާހީމް މުޙައްމަދުފުޅުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

  27 ޖުމާދުލްއާޚިރު  1445

  09 ޖެނުއަރީ 2024

10 ޖަނަވަރީ 2024
ހޯދާ