ފެކަލްޓީ އޮފް އެޑިޔުކޭޝަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ބައެއް ކުލާސްރޫމްތައް އެއަރކޮންޑިޝަން ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިފެކަލްޓީގެ ޞަލާޙުއްދީން ބިލްޑިންގގެ ބައެއް ކުލާސްރޫމުތައް އެއަރކޮންޑިޝަން ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 01 އެޕްރީލް 2015 ވާ ބުދަދުވަހުގެ 10:00 އަށް ފެކަލްޓީ އޮފް އެޑިޔުކޭޝަން، އަމީނީ ބިލްޑިންގއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އަންދާސީހިސާބު ބަލައިގަނެވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބުތަކެވެ.

06 ޖުމާދަލްއާޚިރާ 1436

26 މާރިޗު 2015
ހޯދާ