ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ބެޑް ޝީޓް އަދި ބާލީސް އުރަ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ބެޑް ޝީޓް އަދި ބާލީސް އުރަ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ނަންބަރު: TENDER/HMH/2024/001

ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ބެޑް ޝީޓް އަދި ބާލީސް އުރަ ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުން ވެއެވެ.

ރެޖިސްޓްރޭޝަން:

ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 17 ޖަނަވަރީ 2024ވާ ބުދަ ދުވަހުގެ 10:00ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ބިޑް ރެޖިސްތްރޭޝަން ފޯމް ފުރިހަމަކުރަންވާނެއެވެ. ސުންގަޑީގެ ފަހުން ފޮނުވާ ފޯމްތައް ބަލައިނުގަނެވޭއެވެ. މި ބިޑަށް އަގު ހުށަހެޅޭނީ ބިޑުގައި ރަޖިސްޓާ ވާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

ރެޖިސްޓްރީވުމަށް ފޯމު ފޮނުވުމަށްފަހު ފޯމު ލިބުނުކަން ޔަޤީންކުރުމަކީ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާއެކެވެ.

ބިޑް ރެޖިސްޓްރޭޝަން ގޫގުލް ފޯމް ލިންކް:

 https://forms.gle/chfDBDpcpJaMSXTJ8

އަންދާސީ
ހިސާބު ހުށަހެޅުން:

21 ޖަނަވަރީ 2024ވާ އާދިއްތަ ދުވަހުގެ 11:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 14 ޖަނަވަރީ 2024 ވާ  އާދިއްތަ  ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350113 / 3350152

އީ-މެއިލް: [email protected]

 09 ޖެނުއަރީ 2024

ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް

09 ޖަނަވަރީ 2024
ހޯދާ