ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީއެ.އެސް. 3

މުސާރަ:

5,500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ސަރވިސް އެލަވަންސް: 1,500.00 ރުފިޔާ

ލިވިންގ އެލަވަންސް: 3,000.00 ރުފިޔާ

 ނޮން-ޕްރެކްޓިސް އެލަވަންސް:  މުސާރައިގެ %45

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އީމެއިލް، ފެކްސް އަދި ޖެމްސް އިން އޮފީހަށްލިބޭ އެންމެހާ ލިޔުންތަކާއި ބަލައިގަންނަ ލިޔެކިޔުންތައް އެންޓްރީ ކުރުމަށްފަހު ޤަވާޢިދުގެމަތިން ލަސްނުކޮށް ސެކްޝަންތަކާ ޙަވާލުކޮށް ސޮއި ހޯދުމުގެ ކަންތައްތައް ކުރުން.
  2. ޑިސްޕެޗްކުރުމަށް ގެނެވޭ އެންމެހާ ލިޔުންތައް ޑިސްޕެޗްކުރުމަށް ޕިޔޯނުންނާ ޙަވާލުކުރުން. އަދި އަވަހަށް ފޮނުވަންޖެހޭ ލިޔުންތައް އަވަހަށް ފޮނުވުމަށް އިސްކަންދިނުން.
  3. ކޮންމެ ދުވަހެއްގެ މަސައްކަތް ނިމުމުގެ ކުރިން ޑިސްޕެޗަށް ޙަވާލުކުރެވޭ ތަކެއްޗާއި އެންޓްރީ ކުރެވޭ ތަކެތީގެ ތެރެއިން ޙަވާލުނުކުރެވިހުރި  އެއްޗެހިބަލައި ަވަހަށް ޙަވާލުކުރަންޖެހޭ އެއްޗެއް އޮތްނަމަ އެކަމަކާގުޅޭ މުވައްޒަފަކަށް އެންގުން.
  4. ޓްރައިބިއުނަލަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދާރީވުން
  5. މަޢުލޫމާތު ހޯދަން އަންނަ ފަރާތްތަކަށް މަޢުލޫމާތު ދިނުން.
  6. އޮފީހުގެ ރަސްމީ މެއިލް ޗެކްކޮށް ސެކްޝަންތަކަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުން.
  7. ޖޮބް އެޕްލިކޭޝަނާއި އަދި އެނޫންވެސް ވަކިދުވަހެއްގެ ވަކިގަޑިއަކަށް ބަލައިގަންނަން ޖެހޭ ލިޔުންތައް ވަގުތަށް ބަލައިގަތުން އަދި އެކަމުގައި ފަރުވާތެރިވުން.
  8. އެކި ފަރާތްތަކަށް ވިއްކަން ޙަވާލުކުރާ ރިޕޯޓް، ބަޔާން އަދި އެހެންވެސް ލިޔުންތައް ފަރުވާތެރިކަމާއެކު ބެލެހެއްޓުމާއި ވިއްކަންޖެހޭ ފަރާތްތަކަށް ވިއްކުން.
  9. އެކި ކަންކަމާ ގުޅިގެން ބަލައިގަންނަ ފައިސާ ރަސީދު ހަދާ ބަލައިގަނެ ކޮންމެ ދުވަހެއްގެ ވެސް އޮފީސް ބަންދުވުމުގެ ކުރީން ފައިނޭންސް އޮފިސަރަށް ހަވާލުކުރުން.
  10. ބަޔާންތަކުގައި ސޮއިކުރަން އަންނަ ފަރާތްތަކާއި ބަޔާންތައް ޙަވާލުކޮށް، ސޮއިކުރުވައި އަނބުރާ ޓްރައިބިއުނަލް އޮފިސަރާއި ޙަވާލުކުރުން.
  11. ރިސެޕްޝަނުން ދޭންޖެހޭ އެންމެހާ ޚިދުމަތްތައް ޓްރައިބިއުނަލްގެ ޤަވާޢިދުތަކާއި ޕްރޮސީޖަރތަކާ އެއްގޮތަށް ދާކަން ޔަޤީން ކުރުން
  12. ރިސެޕްޝަނުންދޭ ޚިދުމަތްތައް އެކަށީގެންވާ ހަލުއި އަދި ރަގަޅު ގޮތެއްގައި ފޯރުކޮށްދޭކަން ޔަޤީންކުރުން.
  13. އޮފީސް ފޮޅާ ސާފުކުރުމުގެ މަސައްކަތްތައް އެގްރީމެންޓްގައިވާ ގޮތަށް ކުރިއަށް ދޭތޯބެލުމާއި އޭގެ އިތުރުންވެސް އޮފީހުގެ ހުރިހާ ތަންތަން ސާފުކޮށް ބެހެއްޓުމަށް މަސައްކަތްކުރުން.
  14. ޓްރައިބިއުނަލުން ތައްޔާރުކުރަންޖެހޭ އެކި ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ކަނޑައެޅިފައިވާ ފައިލްތަކުގައި ފައިލްކޮށް ބެލެހެއްޓުން.
  15. ޓްރައިބިއުނަލްގެ މަސައްކަތްތަކާއި ގުޅިގެން ބަލަހައްޓަންޖެހޭ އެންމެހާ މަޢުލޫމާތުތަކާއި ލިޔެކިޔުންތައް ބެލެހެއްޓުމާއި ސިއްރު ހިފެހެއްޓުން
  16. ޓްރައިބިއުނަލްގެ އިސްވެރިންގެ ލަފާގެ މަތީން ކޮންމެ އަހަރެއްގެވެސް އަހަރީ ރިޕޯޓް ކަނޑައެޅިފައިވާ ތާރީޙްގެ ކުރީން ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގާ އެހީތެރިވެދިނުން.
  17. ޓްރައިބިއުނަލްގެ ފަރާތުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުން.
  18. ޓްރައިބިއުނަލްގެ ފަރާތުން ހިންގާ އެވެއަރނެސް ޕްރޮގްރާމްތަކުގައި ބައިވެރިވުން.
  19. ޙަވާލުކުރެވޭ ގޮތެއްގެމަތިން މި ޓްރައިބިއުނަލްގެ ކޮމިޓީތަކުގައި މަސައްކަތްކުރުން.
  20. ޓްރައިބިއުނަލްގެ މަސައްކަތާއި ގުޅިގެން ރަށުން ނުވަތަ މާލެއިން ބޭރަށް ދާންޖެހޭ ޙާލަތްތަކުގައި އެފަދަ ދަތުރުތަކުގައި ބައިވެރިވުން

 

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ނުވަތަ،

2. 'މަތީ ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ،

3. 'ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 4 މާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުތަވަ 'ހަޔަރ ސެކެންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުން.

މަޤާމުގް ތަޢުލީމީ ރޮނގުތައް:

ވަކި ޚާއްޞަ ތައުލީމީ ރޮނގެއް ނެތް

މަޤާމުގް މަސައްކަތުގް ދާއިރާތައް:

ވަކި ޚާއްޞަ ވަޒީފާގެ ދާއިރާއެއް ނެތް

 

އެހެނިހެން:

  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
  • ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހު ޖިނާޢީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން. 
  • މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ފަރާތްތަކަށް ވާންވާނެއެވެ.
  • ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ އެހެނިހެން ގަޑިތަކުގައި މަސައްކަތުގައި އުޅުވޭނެ މީހަކުކަމުގައިވުން.

މަސައްކަތްކުރަންޖެހޭތަން:

މިމަޤާމަށް ހޮވޭ ފަރާތެއް މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ގ. ފަތުރުވެހި 03 ވަނަ ފަންގިފިލާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ ޓްރައިބިއުނަލުގެ އީމެއިލް  ([email protected])މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ. އީމެއިލު ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި އެޓޭޗްކުރެވިފައެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް،

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު،

3. އައި.ޑީ ކާޑުގެ ކޮޕީ،

4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ،

  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅާނަމަ، ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން،

  • މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

 

ޝޯޓްލިސްޓުކުރުން:

  • ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެންނެވެ.

 

މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓްކުރެވޭ ފަރާތްތަކަށެވެ. މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބްސައިޓް:www.employmenttribunal.gov.mv  އިން ލިބެން ހުންނާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލްގެ ނަންބަރު 3027801 އަށް ގުޅުއްވުން އެދެމެވެ.

27 ޖުމާދަލްއާޚިރާ 1445

09 ޖަނަވަރީ 2024

09 ޖަނަވަރީ 2024
ހޯދާ