ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
އެސިސްޓެންޓް ރަޖިސްޓްރަރ

މަޤާމު:

އެސިސްޓެންޓް ރަޖިސްޓްރަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ.އެކްސް. 3

މުސާރަ:

12,400.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ލިވިންގ އެލަވަންސް: 3,000.00 ރުފިޔާ

ސަރވިސް އެލަވަންސް: އަސާސީ މުސާރައިގެ %25

 ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ %45

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ޖަވާބުދާރީވުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން.
  2. ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަކާލާތުކުރަންޖެހޭ މައްސަލަތަކުގައި ވަކާލާތުކުރުން.
  3. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ކޮމިޓީތަކުގައި ހަމަޖައްސައިފިނަމަ، ކޮމިޓީގައި ފުރިހަމަ ކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ކުރުން.
  4. ހަވާލުކުރެވޭ ކޮމިޓީތަކުގެ ރޯލު ބެލެހެއްޓުމާއެކު ކޮމިޓީތަކުގެ ނިންމެވުންތައް ހުށަހެޅުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި، ޓްރައިބިއުނަލުގެ ނިންމުންތައް ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  5. ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިދާރީ ހިންގުމަށް ބޭނުންވާ ކަންތައްތަކަށް ހަދާ އުސޫލުތަކާއި އެގްރީމެންޓްތަކާއި، ޓްރައިބިއުނަލުން އެކިފަރާތްތަކަށް ދޭ ޖަވާބުތަކާއި ކުރާ މުޢާމަލާތުގައި ޤާނޫނީގޮތުން އެކަން އޮންނަންވާނެގޮތް ބަލައި އެގޮތުގެ މަތިން އެ މުޢާމަލާތްތައް ހިންގުމަށް ދޭންޖެހޭ ޤާނޫނީ ލަފާ އަދި އިރުޝާދު ދިނުމުގައި އެހީތެރިވުން.
  6. މަތީގައި ބަޔާންކޮށްފައިވާ އެންމެހާ ކަންކަން ކުރުމުގައި ސެކްޝަނުގެ އިސްވެރިޔާ (ރަޖިސްޓްރާރ) ގެ ލަފާގެމަތިން  ކުރުން.
  7. މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މަސައްކަތްތައް އޮމާންކަމާއެކު އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހާ ކަންތައްތައް ރަޖިސްޓްރާރގެ ލަފާގެ މަތިން އިންތިޒާމްކޮށް ހަމަޖެއްސުން.
  8. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ އިތުރުން ރަޖިސްޓްރާރ ޗުއްޓީގައި ހުންނަވާ ޙާލަތެއްގައި ނުވަތަ ރަޖިސްޓްރާރ ނެތް ޙާލަތެއްގައި ރަޖިސްޓްރާރ ކުރައްވާ މަސައްކަތްތަކުގެތެރެއިން ރިޔާސަތުން ޙަވާލުކުރައްވާ ކަންކަން ކުރުން.
  9. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައެއް ބަލައިގަތުމަށް ނުފެންނަނަމަ، އެ މައްސަލައެއް ބަލައިގަތުމަށް ނުފެންނަ ސަބަބުގެ ޚުލާޞާ ތައްޔާރު ކުރުމުގައި އެހީތެރިވެ ދިނުން.
  10. ޓްރައިބިއުނަލުގެ ގަވާއިދުގެ ދަށުން ބާރު ލިބިގެން ރަޖިސްޓްރަރ ނިންމާ ނިންމުމެއް މުރާޖަޢާކޮށްދިނުމަށް އެދި ހުށަހަޅައިފިނަމަ، އެ ނިންމުމެއް އަލުން ބެލުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރިޔާސަތުން ކަނޑައަޅާ މެންބަރުންގެ މަޖިލީހަކަށް އެ ނިންމުން ފޮނުވުން.
  11. ޓްރައިބިއުނަލުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވެފައިވާ މައްސަލައެއް ޓްރައިބިއުނަލަށް ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ބަލައި، ނިންމިގޮތް، ތައްޔާރުކޮށްދިނުމުގައި އެހީތެރިވެ ދިނުން.
  12. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.
  13. ވަޒީފާއާބެހޭ ޤާނޫނާއި، އެހެންވެސް ޤާނޫނެއްގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ދަފްތަރުތައް ބެލެހެއްޓުން.
  14. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ރަޖިސްޓްރީކޮށް ނަންބަރު ދިނުމާއި، މައްސަލަތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، ރަޖިސްޓްރޭޝަން މަރުޙަލާގައި މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ އެންމެހައި އިދާރީ ފިޔަވަޅުތައް އެޅުމުގައި އެހިތެރިވެދިނުން.
  15. ޓްރައިބިއުނަލުގެ ކަލަންޑަރު ތައްޔާރުކުރުމާއި ކަލަންޑަރު ޝާއިޢުކުރުމުގައި އެހީތެރިވެދިނުން.
  16. ޓްރައިބިއުނަލުން ނިންމާ ކޮންމެ ނިންމުމެއްވެސް، އެ ނިންމުމެއް ނިންމި ތާރީޚުގައި ޓްރައިބިއުނަލުގެ ނިންމުންތަކުގެ ރަޖިސްޓްރީގައި ރެކޯޑުކޮށް ބެލެހެއްޓުން.
  17. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާގުޅޭ ތަފާސް ހިސާބުތައް ބެލެހެއްޓުން.
  18. ޓްރައިބިއުނަލުން ނިންމާ ނިންމުންތައް ތަންފީޒުވޭތޯ ބަލައި، ޓްރައިބިއުނަލުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ތަންފީޒުކުރުމަށް ކަމާބެހޭ ކޯޓަށް ފޮނުވުމުގައި އެހީތެރިވެދިނުން.
  19. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ކޮންސިލިއޭޝަން މަރުޙަލާ ކުރިއަށް ގެންދިއުމަށް ނިންމާ މައްސަލަތަކުގެ ކޮންސިލިއޭޝަން މަރުޙަލާ ކުރިއަށް ގެންދިއުމުގައި އެހީތެރިވެދިނުމާއި، ކޮންސިލިއޭޓްވާ މައްސަލަތަކުގެ ރިޕޯޓު ތައްޔާރުކުރުމުގައި އެހީތެރިވެ ދިނުން.
  20. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޓްރައިބިއުނަލުން ބެލުމަށް ނިންމާ މައްސަލަތައް، މައްސަލަ ބަލާ ސެކްޝަންތަކާ އެކަށީގެންވާ އަވަސްމިނެއްގައި ޙަވާލުކުރެވޭކަން ކަށަވަރުކުރުން. އަދި ސެކްޝަންތަކާ ޙަވާލުކުރެވޭ މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ އަވަސްމިނެއްގައި އެޅިގެންދާކަން ކަށަވަރުކުރުން.
  21. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އަވަސްގޮތެއްގައި ބެލުމުގައި އިސްކަންދޭންޖެހޭކަމަށް ޤާނޫނުގައި ބަޔާންކުރެވިފައިވާ ބާވަތުގެ މައްސަލަތަކާއި، މައްސަލަ ބަލައި ނިންމުމަށް ޤާނޫނުގައި ވަކި މުއްދަތެއް ކަނޑައަޅާފައިވާ ބާވަތުގެ މައްސަލަތައް ފާހަގަކޮށް، އެކަން މައްސަލަ ބަލާ ސެކްޝަންތަކުގެ ސަމާލުކަމަށް ގެނައުން.
  22. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން، މައްސަލަ ބައްލަވާ މެންބަރުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން އެކަށީގެންވާ އަވަސްމިނެއްގައި ފޯރުކޮށްދެވޭކަން ކަށަވަރުކުރުން.
  23. ޓްރައިބިއުނަލްގައި ބަލަމުންދާ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް އެކަށީގެންވާ އަވަސްމިނެއްގައި ކުރެވެމުންދޭތޯ ބަލައި ކަށަވަރުކުރުން.
  24. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ނިންމާ ނިންމުންތަކާއި، ޓްރައިބިއުނަލުން ނެރޭ އަމުރުތަކާއި މައްސަލަތަކާ ގުޅިގެން ޓްރައިބިއުނަލުން ޢާންމުކުރަންޖެހޭ އެހެނިހެން ލިޔުންތައް ޢާންމުކޮށް ޝާއިޢުކުރެވޭތޯ ބަލައި ކަށަވަރުކުރުން.
  25. ޓްރައިބިއުނަލުން ނިންމާ މައްސަލަތަކުގެ ތެރެއިން، މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް އެދޭ މައްސަލަތަކުގެ ރިޕޯޓު އެކަށީގެންވާ އަވަސްމިނެއްގައި ދޫކުރެވޭތޯ ބެލުން.
  26. ދިވެހިރާއްޖޭގެ ހައިކޯޓުންނާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާ ވަޒީފާއާބެހޭ މައްސަލަތަކުން ޤާއިމުކުރެވޭ ޕްރިސީޑެންޓްތަކާއި، ޓްރައިބިއުނަލަށް މުހިއްމު އެހެނިހެން ޕްރިސީޑެންޓްތައް ރަޖިސްޓްރަރގެ އިރުޝާދުގެ ދަށުން ރެކޯޑުކޮށް ބެލެހެއްޓުމާއި، އެފަދަ ޕްރިސީޑެންޓްތަކުގެ މަޢުލޫމާތު ޓްރައިބިއުނަލުގެ މެންބަރުންނަށް ފޯރުކޮށްދިނުން.
  27. ޓްރައިބިއުނަލުން ނިންމާ މައްސަލަތަކުގެ ތެރެއިން އެކި ބާވަތުގެ މައްސަލަތައް ރަޖިސްޓްރަރގެ އިރުޝާދުގެ ދަށުން ކެޓަގަރައިޒްކޮށް ރެކޯޑުކޮށް ބެލެހެއްޓުމާއި، އެފަދަ މައްސަލަތަކުގެ މައުލޫމާތު ޓްރައިބިއުނަލުގެ މެންބަރުންނަށް ފޯރުކޮށްދިނުން.
  28. ޓްރައިބިއުނަލުން ނިންމާ މައްސަލަތަކުގެ މާސްޓަރ ފައިލްތަކާއި، މައްސަލަ ނިމުނުގޮތުގެ ރިޕޯޓުތައް ގަވައިދުން ފައިލްކުރެވެމުންދޭތޯ ބެލުން.
  29. ޓްރައިބިއުނަލްގައި ބާއްވާ އަޑުއެހުންތަކުގެ ރެކޯޑިންގތަކާއި، ޓްރައިބިއުނަލުން ނިންމާ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް ހިމެނޭ ފޯލްޑަރތަކާއި، މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ ސްކޭނާއި ސޮފްޓް ކޮޕީ ގަވާއިދުން އާރކައިވް ކުރެވެމުންދޭތޯ ބެލުން.
  30. ރަޖިސްޓްރާރގެ އިރުޝާދާ އެއްގޮތަށް ޓްރައިބިއުނަލުގެ މަސައްކަތްތަކާ ގުޅޭގޮތުން ހަދަންޖެހޭ ޤަވާއިދުތަކާއި އުޞޫލުތައް ހަދައި، އިސްލާޙު ކުރަންޖެހޭ ޤަވާއިދުތަކާއި އުޞޫލުތައް އިސްލާޙުކުރުން.
  31. ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގައާއި، ހުށަހެޅޭ މައްސަލަތަކުގައި ޢަމަލުކުރުމަށް ހަމަޖެހިފައި އޮންނަ އުޞޫލުތައް އާންމުންނަށް ހާމަކުރުން.
  32. ޓްރައިބިއުނަލުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ފޯމުތަކާއި، ޓްރައިބިއުނަލުގެ ލީގަލް ސެކްޝަންގެ މަސައްކަތްތަކަށް ބޭނުންވާ އެންމެހައި ފޯމުތައް ތައްޔާރުކޮށް އިޞްލާޙުކުރުމާއި، އެ ފޯމުތައް ޢާއްމުކުރުން.
  33. ސަރުކާރަށާއި ދައުލަތުގެ އެހެން މުއައްސަސާތަކަށް ބޭނުންވާ މަޢުލޫމާތުގެ ތެރެއިން، ޓްރައިބިއުނަލުގެ ލީގަލް ސެކްޝަނުން ދޭންޖެހޭ މަޢުލޫމާތުތައް ރަޖިސްޓްރާރގެ އިރުޝާދާ އެއްގޮތަށް ތައްޔާރުކުރުން.
  34. ޓްރައިބިއުނަލުގެ ލީގަލް ސެކްޝަންގެ މަސައްކަތް ހިނގާ ނުހިގާގޮތް ބަލައި، ސެކްޝަންގެ މަސައްކަތްތައް އަވަސްކުރުމަށް އެޅޭނެ ތަފާތު ފިޔަވަޅުތައް ފާހަގަކޮށް، ރަޖިސްޓްރާރގެ އިރުޝާދާ އެއްގޮތަށް އެ ފިޔަވަޅުތައް އެޅުން.
  35. ޓްރައިބިއުނަލުގެ ލީގަލް ސެކްޝަންގެ މުވައްޒަފުންގެ ތެރެއިން އަލަށް ވަޒީފާއާގުޅޭ މުވައްޒަފުން މަސައްކަތަށް އަހުލުވެރިކުރުވުމަށް ބޭނުންވާ ތަމްރީނާއި އިރުޝާދުތައް ދިނުން.
  36. ޓްރައިބިއުނަލުގެ ލީގަލް ސެކްޝަންގެ މުވައްޒަފުން ޗުއްޓީއަށް ދިއުމުގެ ކުރިންނާއި، އެ މުވައްޒަފުން ވަޒީފާއިން ވަކިވުމުގެ ކުރިން، އެ މުވައްޒަފުންގެ މަސައްކަތްތައް ހޭންޑްއޯވަރކުރުމާ ގުޅޭ ކަންކަން ބެލެހެއްޓުން.
  37. ޓްރައިބިއުނަލުން ނިންމާ މައްސަލަތަކާއި، ޓްރައިބިއުނަލްގައި ހިންގަމުންދާ މައްސަލަތަކާއި، ޓްރައިބިއުނަލުގެ ލީގަލް ސެކްޝަންގެ އެހެނިހެން މަސައްކަތަކާ ގުޅިގެން ހުށަހެޅޭ އިދާރީ ސިޓީތަކަށް އެކަށީގެންވާ މުއްދަތެއް ތެރޭގައި ޖަވާބުދިނުމާއި، އެފަދަ ސިޓީތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ އަވަސްމިނެއްގައި އެޅުން.
  38. ޓްރައިބިއުނަލްގައި ވަޒީފާ އަދާކުރާ ތަފާތު ފަންނީ ގިންތިތަކުގެ މުވައްޒަފުން އެކުވެރި ގޮތެއްގައި، ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމުކޮށްދިނުމަށް މަސައްކަތްކުރުން.
  39. ޓްރައިބިއުނަލުގެ ރިޔާސަތުން ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ޢާންމު މަޖިލީހުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އެސިސްޓެންޓް ރަޖިސްޓްރާރގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅާ ޒިންމާތައް އަދާކުރުން.
  40. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ އިތުރުން ޓްރައިބިއުނަލުން ހިންގަންޖެހޭ ޚާއްސަ ބޮޑެތި ކަންތައްތަކުގައާއި ޢާންމުކޮށް ދިމާނުވާ ޒާތުގެ ބޮޑެތި ކަންތައްތަކުގައި އެހީތެރިވެދިނުމަށް ޓްރައިބިއުނަލުގެ ރިޔާސަތުން އަންގަވާ ގޮތެއްގެ މަތިން މަސައްކަތްކުރުން.
  41. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައްޔާއި، އަދި މިނޫންވެސް ގޮތްގޮތުން ޓްރައިބިއުނަލަށް ބޭނުންވާ  ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން.
  42. ޤާނޫނީ ދާއިރާއާއި މައްސަލަ ބެލުމުގެ ކަންކަމާއިގުޅޭގޮތުން ހިންގަންޖެހޭ ތަމްރީންތަކާއި ޕްރޮގްރާމްތައް ހިންގުން.
  43. ޤާނޫނީ ދާއިރާއާއި މައްސަލަތަކާއިގުޅޭގޮތުން ހިންގަންޖެހޭ އެވެއަރނެސް ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވެދިނުން.
  44. ހަވާލުކުރެވޭ އެކިއެކި ލިޔުންތައް ތަރުޖަމާކުރުން.
  45. ޓްރައިބިއުނަލުގެ މަސައްކަތާގުޅިގެން މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކާ ބައްދަލުކޮށް މަޢުލޫމާތު ފޯރުކޮށްދިނުން.
  46. ޓްރައިބިއުނަލުގެ މަސައްކަތް ރަނގަޅަށް ހަލުވިކަމާއެކު ކުރިއަށް ގެންދިޔުމުގައި ތައްޔާރުކުރަންޖެހޭ ޤާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުން.
  47. ޓްރައިބިއުނަލުގެ މަސައްކަތްތަކާއި ގުޅިގެން ޤާނޫނީގޮތުންނާއި، އެހެނިހެން ގޮތްގޮތުން ދިރާސާކޮށް ޓްރައިބިއުނަލުގެ މައްސަލަބެލުމާއި، ޓްރައިބިއުނަލުގެ އެހެނިހެން ކަންކަން ޒަމާނާއެއްގޮތަށް ހަލުވިކަމާ ފުރިހަމަކަމާއި އެކު ކުރެވޭނޭގޮތުގެ ލަފަޔާއި އިރުޝާދުދީ މިކަންކަމުގައި އެހީތެރިވުން.
  48. ޓްރައިބިއުނަލަށް ހުށަހެޅޭ އިދާރީ އެކިއެކި ކަންކަމާއި، މީޑިއާއަށް ޖަވާބުދާރީވާންޖެހޭ ކަންތައްތަކުގައި ޓްރައިބިއުނަލުގެ ރިޔާސަތުން ބޭނުންވެއްޖެ ހިނދެއްގައި ޖަވާބުދާރީވުމުގައި އެހީތެރިވެދިނުން.
  49. މަތީގައި ބުނެވިދިޔަ މަސައްކަތްތަކުގެ އިތުރުން މަޤާމުގެ މަސައްކަތާގުޅޭގޮތުން ހަވާލުކުރެވޭ އިތުރު މަސައްކަތް ކުރަންވާނެއެވެ. އަދި ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވާން އެންގޭ ޙާލަތްތަކުގައި ބައިވެރިވާންވާނެއެވެ.

 

މަޤާމުގެ ޝަރުޠުތައް:

  1. ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން އަދި
  2. ޓްރައިބިއުނަލް، ކޯޓު ނުވަތަ ތަންފީޒީ އިދާރާއެއްގައި ކޭސް ރެޖިސްޓްރޭޝަންގެ މަސައްކަތްކޮށް 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ލީގަލް އޮފިސަރ ނުވަތަ އެއަށްވުރެ މަތީ މަޤާމެއްގައި މަސައްކަތްކޮށް 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގް ތަޢުލީމީ ރޮނގުތައް:

ޤާނޫނީ ދާއިރާ

މަޤާމުގް މަސައްކަތުގް ދާއިރާތައް:

ޤާނޫނު / ޝަރީޢަތާއި ޤާނޫނު

 

އެހެނިހެން:

  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
  • ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހު ޖިނާޢީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން. 
  • މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ފަރާތްތަކަށް ވާންވާނެއެވެ.
  • ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ އެހެނިހެން ގަޑިތަކުގައި މަސައްކަތުގައި އުޅުވޭނެ މީހަކުކަމުގައިވުން.

މަސައްކަތްކުރަންޖެހޭތަން:

މިމަޤާމަށް ހޮވޭ ފަރާތެއް މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ ޓްރައިބިއުނަލުގެ އީމެއިލް  ([email protected])މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ. އީމެއިލު ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި އެޓޭޗްކުރެވިފައެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް،

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު،

3. އައި.ޑީ ކާޑުގެ ކޮޕީ،

4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ،

  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅާނަމަ، ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން،

  • މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

 

ޝޯޓްލިސްޓުކުރުން:

  • ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެންނެވެ.

 

މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓްކުރެވޭ ފަރާތްތަކަށެވެ. މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބް ސައިޓް:www.employmenttribunal.gov.mv  އިން ލިބެން ހުންނާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލްގެ ނަންބަރު 3027801 އަށް ގުޅުއްވުން އެދެމެވެ.

27 ޖުމާދަލްއާޚިރާ 1445

09 ޖަނަވަރީ 2024

09 ޖަނަވަރީ 2024
ހޯދާ