ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސްޓާފް އެކޮމޮޑޭޝަންއަށް އެޕާރޓްމަންޓް ކުއްޔަށް ހިފުމަށް

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ގައި މަސައްކަތް ކުރަމުންދާ ބިދޭސީ މުވައްޒަފުން ބޭތިއްބުމަށް ހުޅުމާލެއިން،  4 އެޕާރޓްމަންޓް (އެޕާޓްމަންޓެއްގައި 900 އާއި 1200 އަކަފޫޓަށްވުރެ ކުޑަ ނޫން) ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ޝަރުޠު:

  • ފަރުނީޗަރާއި، ހިފާ ގެންގުޅޭ ތަކެތި ހިމެނޭހެން ކައްކާ ކެވޭ ގޮތަށް ހުރުން. 
  • ކުނި އުކާލުމުގެ އިންތިޒާމް ހަމަޖެހިފައިވުން.
  • ކޮޓަރިތެރޭގައި ފާޚާނާ ހުރުން.
  • ދިރިއުޅެން ކަމުދާނެފަދަ ސާފުތާހިރު ތަނެއް ކަމުގައިވުން.
  • ކުލި ދެފަރާތުން އެއްބަސްވާ އަގަކަށް އެއްބަސްވެވޭނެ ތަނެއް ކަމުގައިވުން.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 17 ޖެނުއަރީ 2024 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިކުންފުނީގެ މައި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 18 ޖެނުއަރީ 2024 ވާ ބުދަ ދުވަހުގެ 16:00 އަށް އަގު ކަރުދާސް އަދި، ތަނުގެ ފޮޓޯ  [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

ހުށަހެޅޭ އަގުތަކާއި، ފޮޓޯތަކަށް ބެލުމަށް ފަހު އެސްޓީއޯ އިން ޚިޔާރު ކުރާފަރާތަކާއިއެކު އެއްބަސްވުމެއްގެ ދަށުން ތަން ކުއްޔަށް ހިފުމުގެ އެންމެހާ ކަންތައްތަކަށް ޢަމަލު ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ނަންބަރ: 3012615  ފޯނަށް ގުޅުއްވުން އެދެމެވެ.

09 ޖަނަވަރީ 2024
ހޯދާ