ހޯނޑެއްދޫ ސްކޫލް
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

2024 ވަނަ އަހަރުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.

 

މީލާދީ 01 (އެކެއް) އަހަރު ދުވަހަށް މި ސްކޫލުގެ 2024 ވަނަ އަހަރު ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  1. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް، 2024 ޖަނަވަރީ 08 އިން 2024 ޖަނަވަރީ 15 އަށް ކޮންމެ ދުވަހަކު ރަޖިސްޓްރީކުރުން/ނަންނޯޓް އޮންނާނެއެވެ. ރެޖިސްޓަރ ނުކޮށް މަޢުލޫމާތު ބައްދަލުވުމަގައި ބައިވެރިއެއް ނުވެވޭނެއެވެ.
  1. ނަންނޯޓް ކުރެވޭނީ ހަމައެކަނި ތިރީގައިވާ އީމެއިލް އެޑްރެސް ބޭނުންކޮށް މެއިލްކޮށްގެންއެވެ. ނަން ނޯޓް ކުރައްވާއިރު ވިޔަފާރީގެ ނަން ، ގުޅޭނެ ފަރާތުގެ ނަމާއި ނަންބަރު އަދި މަޢުލޫމާތު ބަދަލުކުރާނެ އީމެއިލް އެޑްރެސް ހިމެނެވުން އެދެމެވެ.
  2. މިކަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ޖަނަވަރީ 15 ގެ ނިޔަލަށް ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  3. މިކަމާބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 ޖަނަވަރީ 16 ވަނަ ދުވަހު ހެނދުނު 10:00 ގައި މިސްކޫލުގެ އިދާރީ އޮފީހުގައެވެ.
  4. ބިޑް ހުށަހެޅޭނީ ހަމައެކަނި ބީލަމަށް ރެޖިސްޓަރކޮށް މަޢުލާމާތު ސާފުކުރަން އައިސްފައިވާ ފަރާތްތަކަށް އެކަނިއެވެ.
  5. ބިޑް ހުށެހެޅުން އޮންނާނީ 2024 ޖަނަވަރީ 17 ވަނަ ދުވަހުގެ 08:30 ގައި މިސްކޫލުގެ އިދާރީ އޮފީހުގައެވެ.

ހޯނޑެއްދޫ ސްކޫލް

ފޯން:  7983089

އީ-މެއިލް: [email protected]

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

09 ޖަނަވަރީ 2024
ހޯދާ