މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ގުޅީ މިސްކިތް މަސްޖިދުއްނަޞްރުގެ އާބާތުރަފިލުވުމާގުޅޭ

1445 ވަނަ އަހަރުގެ ރަމަޟާންމަހަށް މިސްކިތުގެ އާބާތުރަ ފިލުވުމަށް އެކިފަރާތްތަކުން އެހީތެރިކަން  ފޯރުކޮށް ދިނުމަށް ޝަޢުޤުވެރިކަން ފާޅުކުރަމުންދާތީ ، މިއަހަރުވެސް މިރަށު މަސްޖިދުއްނަޞްރުގައި ހަރުކޮށްފައިވާ އެއަރކޯންތައް ބަދަލުކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ.

އެހެންކަމުން އައު އެއަރކޯން ހަދިޔާކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް 15 ފެބްރުވަރީ 2024 ގެ ނިޔަލަށް ފުރުޞަތު ހުޅުވާ ލެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި މިކަމާގުޅިގެން 7944581 ނަމްބަރއާއި ، ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ، އިޢްލާން ކުރީމެވެ.

08 ޖަނަވަރީ 2024
ހޯދާ