މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ ބަނދަރު ޕާކުތަކުގެ ގާފޮޅު ރާނައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ނ. ކެނދިކުޅުދޫ ބަނދަރު ޕާރކުތައް ރީޑިޒައިންކުރުމަށްޓަކައި، ކައުންސިލުންދޭ ނަމޫނާއާ އެއްގޮތަށް  ޕާރކުތަކުގެ ގާފޮޅުތައް އަމިއްލަތަކެތީގައި ރާނައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 2024 ޖަނަވަރީ 10 ވާ ބުދަ ދުވަހުގެ 11:00ގައި މިކައުންސިލްގެ މީޓިން ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށް ފަހު، 2024 ޖަނަވަރީ 17 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން، މަސައްކަތުގެ މުއްދަތާއި އަގު ބަޔާންކޮށް މި ކައުންސިލަށް ބީލަން/ސިޓީ ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ނޯޓް: މި އިޢުލާނާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑްގައި ބައިވެރިވުމުގެ ފުރުސަތެއް ނުދެވޭނެވެ.

ކުރަންޖެހޭ މަސައްކަތްތައް :

1-      ކައުންސިލުން ދޭ ކުރެހުމާއި އެއްގޮތަށް ޕާކުތަކުގެ ލީނު ކޮންކްރީޓް އަޅައި ގާފޮޅު ރޭނުން (2 ގައު)

2-      ގާފޮޅުގެ ދެ ފަރާތާއި މަތީގައި ސިމެންތިޖެހުން

3-      ކައުންސިލުން ދޭ ނަމޫނާއާ އެއްގޮތަށް ގާފޮޅުގެ ދެ ފަރާތާއި މަތީގައި ކުލަލުން

ކުލަ ކޯޑު: C78 M0 Y70 K0

      RGB (32, 204, 130)

4-      ޕާކުތަކުގެ އެތެރެއަށް ވެލި އަޅާ ލެވެލްކުރުން

5-      ކުރެހުމުގައި ފާހަގަކޮށްފައިވާ ސަރަހައްދަށް ވެލި އަލާ ލެވެލްކުރުން

6-      ބަނދަރު ޕޭވްމަންޓްގައި ހަލާކުވެފައިހުރި ތަންތަން މަރާމާތުކުރުން

 

މަސައްކަތްކުރާ ސަރަހައްދު އަންގައިދޭ ޗާރޓު މި އިޢުލާނާއެކު ގެޒެޓު ކޮށްފައިވާނެއެވެ.

 

ބީލަން ވަޒަން ކުރުމުގައި ބެލެވޭނެ މިންގަނޑުތައް :

-  މަސައްކަތުގެ އަގަށް      %60 ،މަސައްކަތުގެ މުއްދަތަށް    %30 ،  ތަޖުރިބާއަށް 10%

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

26  ޖުމާދަލްއާޚިރާ  1445

08   ޖަނަވަރީ    2024

08 ޖަނަވަރީ 2024
ހޯދާ