ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިލޭސާބަހަށް ޙިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދުކުރުމަށް މިސްކިތަށް ޙާފިޡަކު ގެނައުމުގެ ފުރުޞަތު ހުޅުވާލުން

1445 ވަނަ އަހަރުގެ ރަމަޟާންމަހު ގދ. މަޑަވެލީ މަސްޖިދުލް ބަރަކާތު މިސްކިތުގައި ހިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކޮށްދޭނެ ފަރާތެއް، ހިލޭސާބަހަށް މިރަށަށް ގެނެސްދީ، ޙާފިޡުގެ ހުރުމާއި ކެއިންބުއިމުގެ ޚިދްމަތް ކައުންސިލާއި ގުޅިގެން، ދަރުމައަށް ކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. އެގޮތުން، އަންނަނިވި ބައިތަކަށް ނުވަތަ ވަކިވަކި ޚަރަދުގެ ގޮތުގައި ފައިސާގެ އެހީދިނުމަށް ނުވަތަ ޢަމަލީ ގޮތުން އެކަންކަންކޮށްދިނުމަށް އެހީދޭ ފަރާތްތަކަށް ހުށަހެޅިދާނެއެވެ.

        1)         ޙާފިޡަކު ރާއްޖެއިން ބޭރުން ގެނައުމަށް ކުރަންޖެހޭ ޚަރަދުތަކާއި އެފަރާތަށް ދެވޭ އެލަވަންސް

      2)         ޙާފިޡަކު ރާއްޖެއަށް އައުމުން މާލޭގައި މަޑު ކުރުމުގެ ޚަރަދާއި ރަށަށް އައުމުގެ ދަތުރު ޚަރަދާއި އެނބުރި މާލެ ދިއުމުގެ ޚަރަދު

      3)         ޙާފިޡްގެ 01 މަސް ދުވަހުގެ ހުރުން (މިސާލަކަށް، ކޮޓަރިއެއް ނުވަތަ ކޮޓަރި ކުލި)

      4)         ޙާފިޡްގެ 01 މަސްދުވަހުގެ ކެއިންބުއިމުގެ ކަންކަން / ދޮވެ އިސްތިރި ކުރުން

      5)         ޙާފިޡަކު ގެނައުމުގައި އެހީދޭ ފަރާތްތަކުން ދެވެންއޮތް އެހީގެ ބާވަތްތައް ވަކިވަކިންވެސް ނުވަތަ އެ ޙާފިޡްގެ ހުރިހާ ޚަރަދެއް އެއްކޮށްވެސް ކުރެވިދާނެއެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ކަންކަމަށް ޚަރަދު ދެއްވުމަށާއި އެހީ ދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަން ބަޔާންކޮށް 17 ޖެނުއަރީ 2024 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މަޑަވެލީ ކައުންސިލްގެ އިދާރާގެ މެއިލް ([email protected]) އަށް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލްގެ ރައީސް ފިޔާޟް ޙަސަން، މޮބައިލް ނަމްބަރު: 7774952 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

08 ޖަނަވަރީ 2024
ހޯދާ