މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 މި އިދާރާގެ ނަންބަރު 335/2015/19 (2 ފެބުރުވަރީ 2015) އިޢުލާނަށް އިޖާބަދީ، އެ މަޤާމަށް އެއްވެސް ފަރާތަކުން ކުރިމަތިލައިފާނުވާތީ، އެ އިޢުލާން ބާޠިލްކޮށް، އެ މަޤާމަށް އަލުން އިޢުލާން ކުރީމެވެ.

ފައިނޭންސް އޮފިސަރ  

މަޤާމް:

އެމް. އެސް. 1

މަޤާމުގެ ރޭންކް:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ހިންމަފުށީ ކައުންސިލް އިދާރާ

އޮފީސް / އިދާރާ:

ކޯޕަރޭޓިވް އެފެއާޒް

ސެކްޝަން:

ހިންމަފުށީ ކައުންސިލް އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

5610.00 ރުފިޔާ

މުސާރަ:

2000.00 ރުފިޔާ

ސަރވިސް އެލެވަންސް:

1 (އެކެއް)

ބޭނުންވާ އަދަދު:

  1. މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

 

1- ކައުންސިލް އިދާރާއަށް ލިބޭ އެންމެހައި ފައިސާ ބަލައިގަތުމާއި، ހިސާބުތައް ބެލެހެއްޓުމާއި، ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ރިޕޯޓްތައް ފޮނުވުން.

2- ކައުންސިލް އިދާރާގެ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓް ބެލެހެއްޓުން.

3- ޕޭމަންޓް ވައުޗަރ ހެދުމާއި، އެކަމާބެހޭ ރެކޯޑް ބެލެހެއްޓުން.

4- ރައްޔިތުންގެ މާލިއްޔަތުގެ ހިސާބުތައް ބެލެހެއްޓުން.

5- ކޮންމެ އަހަރެއްގެ މާރިޗުމަހުގެ 10 ވަނަދުވަހުގެ ކުރިން ކައުންސިލްގެ ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓް ތައްޔާރުކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުން.

6- ކައުންސިލް އިދާރާއަށް ގަންނަންވާ ތަކެތި ގަތުމުގައި ބަޖެޓް ސެކްޝަނުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

7- ކޮންމެ އަހަރެއްގެ ފެބުރުވަރީމަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުމަށް ހުށަހަޅަންޖެހޭ މާލީ ރިޕޯޓާއި، އޮޑިޓް ރިޕޯޓް ތައްޔާރުކުރުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

8- ކައުންސިލްގެ ޚަރަދުތަކާ ލިބޭ އާމްދަނީގެ އަހަރީ ރިޕޯޓް އަތޮޅު ކައުންސިލަށް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުން.

9- ކައުންސިލަށް ލިބޭ ފައިސާ، ވީ އެންމެ އަވަހަކަށް، ކައުންސިލް އިދާރާގެ ނަމުގައި ހުޅުވާފައިވާ   އެކައުންޓަށް ޖަމާކުރުން.

10- ތަޢުލީމީ ފަންޑުގެ އެންމެހައި ފައިސާގެ ހިސާބުތައް ބެލެހެއްޓުން.

11- ސެކްޝަނުގެ ވެރިޔާގެ މަޝްވަރާގެމަތިން، ސެކްޝަނަށް ލިބޭ ސިޓީ މެސެޖު ފަދަ ތަކެއްޗަކަށް ޖަވާބުދިނުމާއި، އެތަކެތި ފައިލްކޮށް ބެލެހެއްޓުން.

12- މީގެ އިތުރުންވެސް، ކައުންސިލުން ކަނޑައަޅާ އިދާރާގެ މަސައްކަތްތަކާއި، ޒިންމާދާރުވެރިޔާ އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން.  

13- އިންޞާފުވެރިކަމާއި، ތެދުވެރިކަމާއެކު، ވަކިފަރާތަކަށްނުޖެހި ،ސިޔާސީ އެންމެހައި ނުފޫޒުތަކުން އެއްކިބާވެހުރެ، މަތީގައިވާ މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

(ހ) ތަޢުލީމާއި ތަމްރީން

(ށ) މަސައްކަތުގެ ތަޖުރިބާ

(ނ) މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް

ވަޒީފާއަށް އެންމެ ޤަބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

(ހ) މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ މެދުގައި ބާއްވާ އިންޓަވިއުކުރުން އޮންނާނީ، ކ. ހިންމަފުށި ކައުންސިލް އިދާރާގައެވެ.

(ށ) އިންޓަވިއު ކުރުން އޮންނާނެ ތާރީޚު، އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު:

ހުށަހަޅަންޖެހޭ  ލިއުންތައް  ފުރިހަމަކުރުމަށްފަހު،  2015 އެޕްރީލް 5 ވާ  އާދީއްތަ  ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ހިންމަފުށީ ކައުންސިލް އިދާރާއަށް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ސަރުކާރު މުވައްޒަފުންގެ ހެލްތު އިންސްއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ހަމަޖައްސަވައިދެވޭނެ.

- ރަމަޟާންމަހުގެ މުނާސަބަތުގައިދޭ އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ ޤަވާޢިދުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ލިބެން ހުންނާނީ، ހިންމަފުށީ ކައުންސިލް އިދާރާއިން)
  2.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)
  6. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ، މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ "މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި، އަޚްލާޤް ހުރިގޮތް ބަޔާންކުރާފޯމް"
  7. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

ހުށަހަޅަންޖެހޭ ލިޔުންތައް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ސަރުކާރުގެ ރަސްމީގަޑީގައި ގުޅާނީ 6642024 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ (6642024) އެވެ. އީ މެއިލް ކުރާނީ [email protected])) އަށެވެ.

އިތުރު މަޢުލޫމާތު:

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

5 ޖުމާދަލްއާޚިރާ 1436

25 މާރިޗު 2015
ހޯދާ