ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:              މަސައްކަތު

ރޭންކް:              އެސް. އެސް. 1

ކްލެސިފިކޭޝަން:        ސަޕޯޓް ސަރވިސް ގްރޭޑް 1

ޑިވިޜަން:            އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް މުނިސިޕަލް ސަރވިސް

މުސާރަ:             -/1500 ރުފިޔާ

ސަރވިސް އެލަވަންސް:     -

ލިވިންގއެލަވަންސް:       -

އެހެނިހެން އެލަވަންސް:     -

އޯވަރޓައިމް އެލަވަންސް:    -

ބޭނުންވާ އަދަދު:        1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:          

- އަސާސީ ތަޢުލީމުގެ ފެންވަރަށް ތަކެތި ދަތުމާއެކު މަސައްކަތްކުރުމުގެ ޤާބިލްކަން ހުރުން.

- ގިނަވަގުތު މަސައްކަތްކުރެވޭ މީހަކަށްވުމާއި، ޞިއްޙީގޮތުން މިފަދަ މަސައްކަތް ކުރެވޭނެ ސިއްޙަތެއްހުރި މީހެއްކަމުގައިވުން.     

މަޤާމުގެ މަސްއޫލިއްޔަތު: ރަތަފަންދޫ ގަބުރުސްތާނުތައް ސާފުކޮށް ބެލެހެއްޓުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު: 2015 އޭޕްރީލް 13 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:30 ގެ ކުރިން، ހުވަދު އަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

2. ސަރުކާރު / އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %38)        

- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)

- އިންޓަރވިއުއަށް ( ކަނޑައެޅިފައިވާ އިންސައްތަ: %54)

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: މި ވަޒީފާއަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، 2015 އޭޕްރީލް 20 ވާ ހޯމަދުވަހު ހުވަދު އަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840016 ނަންބަރު ފޯނާއެވެ. ނުވަތަ ކައުންސިލްގެ ރައީސް އަޙްމަދު ފައުޒީގެ 7987720 ނަންބަރު މޯބައިލް  ފޯނާއެވެ. ފެކްސް ނަންބަރަކީ 7929316 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

6 ޖުމާދަލްއާޚިރާ 1436

26 މާރިޗު 2015
ހޯދާ