މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ކުޑަފަރީ ކައުންސިލުން އާންމުކުރާ އުސޫލުތަކަށް ހިޔާލު ހުށައެޅުން

 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުމުގެ ޤާނޫނު (2010/7) ގެ 23 ވަނަ މާއްދާ (ރަށު ކައުންސިލް ގެ މަސްއޫލިއްޔަތުތަކާއި ބާރުތައް) ގެ (ބ) ގެ ދަށުން، ކައުންސިލަށް ލިބިދީފައިވާ ބާރާއި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރަށު ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައަޅައި އެއާއި ގުޅޭ ގަވާއިދާއި އުސޫލުތައް ހެދުމަކީ ކައުންސިލްގެ ޒިންމާއެކެވެ. އެހެންކަމުން ކައުންސިލުން ޑްރާފްޓް ކޮއްފައިވާ 4 (ހަތަރެއް) އުސޫލަކަށް އާންމުންގެ ހިޔާލާއި މަޝްވަރާ ބޭނުންވެއެވެ. މި އުސޫލުތައް ފާސްކޮށް ގެޒެޓްކުރެވޭނީ މި ފުރުސަތުގައި ހުށަހެޅޭ ހިޔާލާއި މަޝްވަރާ ގެ މައްޗަށް ގެނެވޭ އިސްލާހުތަކާއި އެކުގައެވެ.

ވީމާ، ތިޔަބޭފުޅުންގެ ހިޔާލާ މަޝްވަރާ ހުށައަޅުއްވާ ފަރާތުގެ ނަން، އައިޑީކާޑު ނަންބަރ އެނގޭނޭހެން މިއިޢުލާނާއި އެއްކަރުދާސްކޮށްފައިވާ ފޯމު މެދުވެރިކޮށް 2024 ޖަނަވަރީ 27 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހިޔާލު ހުށައެޅުއްވުން އެދެމެވެ.

އުސޫލުތަކުގެ ލިންކު: https://shorturl.at/jrJW3  

ފޯމުގެ ލިންކު:   https://shorturl.at/joqrE

08 ޖަނަވަރީ 2024
ހޯދާ