މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީއާ މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހުންނެވެ.

މަޤާމު

މެނޭޖަރ

ބޭނުންވާ އަދަދު

02

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް: އެމް.އެސް 3

މުސާރަ

މަހަކު -/7،035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2،000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

(ސ. އަތޮޅު، ށ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި)

ތަޢުލީމާއި ތަޖުރިބާ

  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • އަތޮޅުތަކުގައި ހުންނަ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ) އިން ކުރަންޖެހޭ އެންމެހާ އިދާރީ ކަންކަމުގައާއި، އެތަނުން ފޯރުކޮށްދޭ އެންމެހާ ކަންކަން ރާވައި ހިންގުމުގައި އިސްވެ ހަރަކާތްތެރިވުން.
  • ކުޑަކުދިންނާއި، އަންހެނުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުންނަށް އަނިޔާއެއްދީގެން ނުވަތަ ޙައްޤަކަށް އުނިކަން ލިބޭ ފަދަ ކަމެއް ކޮށްގެން އެފް.ސީ.އެސް.ސީ އަށް ހުށަހެޅޭ ކޭސްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރުން.
  • ސޯޝަލް ސަރވިސްގެ ދާއިރާއިން އަތޮޅުގައި ހިންގާ ތަފާތު ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި، ޢާންމު ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތްކުރުން.
  • އެފް.ސީ.އެސް.ސީ އަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން، އަތޮޅު ތެރެއަށް ކުރަންޖެހޭ ދަތުރުތައް ކުރުމާއި، އަދި ގޭގެއަށް ޒިޔާރަތް ކޮށްގެން މައްސަލަތަކުގެ ހާލަތު ދެނެގަތުން.
  • އެފް.ސީ.އެސް.ސީ އަށް ހުށަހެޅޭ މައްސަލަތަކުގެ ރެކޯޑުތައް ގަވާއިދުން ބެލެހެއްޓުމާއެކު، ރިޕޯޓުތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  • ކޯޓުތަކުގައި ހިންގާ ކުޑަކުދިންނާ ބެހޭ މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތަކަށާއި، ކޭސް ކޮންފަރެންސްތަކުގައި ބައިވެރިވެ ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުން.
  • މިނިސްޓްރީއާއި، ޑިޕާޓުމަންޓާ ގުޅިގެން ހިންގަންޖެހޭ އެންމެހާ ޕްރޮގްރާމްތަކާއި ޙަރަކާތްތައް އަތޮޅުތަކުގައި ހިންގުން.

މަޤާމު

ސޯޝަލް ސަރވިސް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގ. 1

ރޭންކް:އެމް.އެސް 1

މުސާރަ

މަހަކު-/5،610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2،000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

(ގދ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި)

ތަޢުލީމާއި ތަޖުރިބާ

  • ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުނހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ސެންޓަރަށް ހުށަހެޅޭ މައްސަލަތައް ބަލައިގަނެ، މައްސަލައިގެ ރެކޯޑްސް ބެލެހެއްޓުން.
  • ސެންޓަރަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ސެންޓަރުން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން.
  • ސެންޓަރަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަތޮޅުތެރޭ ކުރަންޖެހޭ ދަތުރުތައްކުރުމާއި، ހޯމްވިޒިޓްސް ހަދައި، މައްސަލައިގެ ހާލަތު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • މިނިސްޓްރީ/ ޑިޕާޓްމަންޓްގެ އެކި ސެކްޝަންތަކާ ގުޅިގެން އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިވެދިނުން.
  • ސެންޓަރުން އިސްނަގައިގެން ކުޑަކުދިންނާއި، އަންހެނުންނާއި، ޢާއިލާތަކާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، އުމުރުންދުވަސްވީ މީހުންނާ ގުޅޭގޮތުން ހިންގާ ޕުރޮގްރާމްތައް ރާވައި ހިންގުމުގައި، ހަރަކާތްތެރިވެ އެހީތެރިވެދިނުން.
  • ހަމަޖެހިފައިވާ އުސޫލުން ސެޝަންތައް ނެގުމާއި، މަސައްކަތާގުޅޭ ލިޔެކިޔުންތަކުގެ އެންޓްރީއާއި ޔައުމިއްޔާ ލިޔުމުގެ މަސައްކަތް ކުރުން.
  • އަދި މިނޫންވެސް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ މަސައްކަތް ކުރުން.

މަޤާމު

އެސިސްޓެންޓް ކައުންސެލަރ

ބޭނުންވާ އަދަދު

05

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގ.2

ރޭންކް:ޖީ.އެސް 4

މުސާރަ

މަހަކު -/5،020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1،500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

(ތ، ވ، ގއ، ށ، ގދ އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި)

ތަޢުލީމާއި ތަޖުރިބާ

  • ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަތީސާނަވީ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި ކުރަންޖެހޭ އެންމެހާ އިދާރީކަންކަމުގަޔާއި އެތަނުން ފޯރުކޮށްދޭ އެންމެހާ ކަންކަން ރާވައި ހިންގުމުގައި އިސްމީހަކު ނެތްނަމަ އެމަސައްކަތާ ހަވާލުވުން.
  • ސެންޓަރަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ކުޑަކުދިންގެ، އަންހެނުންގެ (ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުންނަށް އަނިޔާއެއްދީގެން ނުވަތަ ޙައްޤަކަށް އަރައިގެން ހުށަހެޅޭ މައްސަލަތަކުގައި އެމީހުން ޙިމާޔަތް ކުރުމަށް ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތްކޮށް އެޚިދުމަތް ފޯރުކޮށްދިނުމުގައި އެހީތެރިވުން.
  • އަތޮޅު ރައްޔިތުންނަށް ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި، ޢާންމު ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތްކުރުން.
  • ސެންޓަރަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން، އަތޮޅު ތެރެއަށް ކުރަންޖެހޭ ދަތުރުތައް ކުރުމާއި، އަދި ހޯމް ވިޒިޓްތައް ހަދައި މައްސަލައިގެ ހާލަތު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްކޮށް އެހީތެރިކަން ފޯރުކޮށްދިނުން.
  • ސެންޓަރުތަކުން އިސްނަގައިގެން ކުޑަކުދިންނާއި، އަންހެނުންނާއި، ޢާއިލާތަކަށާއި އަދި ޚާއްޞަ ހާލަތްތަކުގައި (ނުކުޅެދޭ މީހުން، އުމުރުން ދުވަސްވީ މީހުން) ވާ ފަރާތްތަކަށް އަމާޒުކޮށްގެން ޕްރޮގްރާމްތައް ރާވައި ހިންގުމުގައި ހަރަކާތްތެރިވެ އެހީތެރިވުން.
  • ސެންޓަރުން ހުށަހެޅިގެން ކުރިއަށްދާ މައްސަލަތަކުގެ ތެރެއިން ހަވާލުވާ މައްސަލަތަކުގެ ރެކޯޑުތައް ގަވާއިދުން ބެލެހެއްޓުމާއެކު، ހަދަންޖެހޭ ރިޕޯޓުތައް ހެދުން.
  • ކޯޓުތަކުގައި ހިންގާ ކުޑަކުދިންނާ ބެހޭ މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތަކަށާއި، ކޭސް ކޮންފަރެންސްތަކުގައި ބައިވެރިވެ ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުން.
  • މިނިސްޓްރީގެ އެކި އެކި ސެކްޝަންތަކާ ގުޅިގެން ކޯޑިނޭޓްކޮށް، އިޖުތިމާޢީ ރައްކައުތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިވުން.
  • ސެންޓަރުންކުރާ ބޮޑެތި މަސައްކަތްތަކުގައި ބައިވެރިވުމާއި، ސެންޓަރުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.

މަޤާމު

އެސިސްޓެންޓް ސޯޝަލް ސަރވިސް ވޯކަރ

ބޭނުންވާ އަދަދު

09

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގ.2

ރޭންކް:ޖީ.އެސް 4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

(ތ، ލ، ވ، ޅ، ގއ، ށ، ހދ، ގދ، އއ އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި)

ތަޢުލީމާއި ތަޖުރިބާ

  • ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަތީސާނަވީ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އަތޮޅުތަކުގައި ހުންނަ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ) އިން ކުރަންޖެހޭ އެންމެހާ އިދާރީ ކަންކަމުގައާއި، އެތަން ތަނުން ފޯރުކޮށްދޭ އެންމެހާ ކަންކަން ރާވައި ހިންގުމުގައި އިސް މީހަކު ނެތްނަމަ ވަގުތީ ގޮތުން އެ މަސައްކަތުގައި ހަރަކާތްތެރިވުން.
  • ކުޑަކުދިންނާއި، އަންހެނުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުންނަށް އަނިޔާއެއްދީގެން ނުވަތަ ޙައްޤަކަށް އުނިކަން ލިބޭ ފަދަ ކަމެއް ކޮށްގެން އެފް.ސީ.އެސް.ސީ އަށް ހުށަހެޅޭ ކޭސްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރުން.
  • ސޯޝަލް ސަރވިސްގެ ދާއިރާއިން އަތޮޅުގައި ހިންގާ ތަފާތު ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި، ޢާންމު ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތްކުރުން.
  • ސެންޓަރަށް ހުށަހެޅޭ މައްސަލްތަކާ ގުޅިގެން، އަތޮޅު ތެރެއަށް ކުރަންޖެހޭ ދަތުރުތައް ކުރުމާއި، އަދި ހޯމް ވިޒިޓްތައް ހަދައި މައްސަލައިގެ ހާލަތު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްކޮށް އެހީތެރިކަން ފޯރުކޮށްދިނުން.
  • އެފް.ސީ.އެސް.ސީ އަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން، އަތޮޅު ތެރެއަށް ކުރަންޖެހޭ ދަތުރުތައް ކުރުމާއި، އަދި ގޭގެއަށް ޒިޔާރަތް ކޮށްގެން މައްސަލަތަކުގެ ހާލަތު ދެނެގަތުން.
  • އެފް.ސީ.އެސް.ސީ އަށް ހުށަހެޅޭ މައްސަލަތަކުގެ ރެކޯޑުތައް ގަވާއިދުން ބެލެހެއްޓުމާއެކު، ރިޕޯޓުތައް ތައްޔާރު ކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  • ކޯޓުތަކުގައި ހިންގާ ކުޑަކުދިންނާބެހޭ މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތަކަށާއި، ކޭސް ކޮންފަރެންސްތަކުގައި ބައިވެރިވެ ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުން.
  • މިނިސްޓްރީއާއި، ޑިޕާޓުމަންޓާ ގުޅިގެން ހިންގަންޖެހޭ އެންމެހާ ޕްރޮގްރާމްތަކާއި ހަރަކާތްތައް އަތޮޅުތަކުގައި ހިންގުން.

މަޤާމު

ސޯޝަލް ސަރވިސް ވޯކަރ އެސިސްޓެންޓް

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގ.1

ރޭންކް:ޖީ.އެސް 3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

(ގދ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި)

ތަޢުލީމާއި ތަޖުރިބާ

  • އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ'ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި'މި މާއްދާއިން ދަށްވެގެން 'ސީ'ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • އަތޮޅުތަކުގައި ހުންނަ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ) އިން ކުރަންޖެހޭ އެންމެހާ އިދާރީ ކަންކަމުގައާއި، އެތަން ތަނުން ފޯރުކޮށްދޭ އެންމެހާ ކަންކަން ރާވައި ހިންގުމުގައި އިސް މީހަކު ނެތްނަމަ ވަގުތީ ގޮތުން އެ މަސައްކަތުގައި ހަރަކާތްތެރިވުން.
  • ކުޑަކުދިންނާއި، އަންހެނުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުންނަށް އަނިޔާއެއްދީގެން ނުވަތަ ޙައްޤަކަށް އުނިކަން ލިބޭ ފަދަ ކަމެއް ކޮށްގެން އެފް.ސީ.އެސް.ސީ އަށް ހުށަހެޅޭ ކޭސްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރުން.
  • ސޯޝަލް ސަރވިސްގެ ދާއިރާއިން އަތޮޅުގައި ހިންގާ ތަފާތު ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި، ޢާންމު ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތްކުރުން.
  • ސެންޓަރަށް ހުށަހެޅޭ މައްސަލްތަކާ ގުޅިގެން، އަތޮޅު ތެރެއަށް ކުރަންޖެހޭ ދަތުރުތައް ކުރުމާއި، އަދި ހޯމް ވިޒިޓްތައް ހަދައި މައްސަލައިގެ ހާލަތު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްކޮށް އެހީތެރިކަން ފޯރުކޮށްދިނުން.
  • އެފް.ސީ.އެސް.ސީ އަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން، އަތޮޅު ތެރެއަށް ކުރަންޖެހޭ ދަތުރުތައް ކުރުމާއި، އަދި ގޭގެއަށް ޒިޔާރަތް ކޮށްގެން މައްސަލަތަކުގެ ހާލަތު ދެނެގަތުން.
  • އެފް.ސީ.އެސް.ސީ އަށް ހުށަހެޅޭ މައްސަލަތަކުގެ ރެކޯޑުތައް ގަވާއިދުން ބެލެހެއްޓުމާއެކު، ރިޕޯޓުތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  • ކޯޓުތަކުގައި ހިންގާ ކުޑަކުދިންނާބެހޭ މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތަކަށާއި، ކޭސް ކޮންފަރެންސްތަކުގައި ބައިވެރިވެ ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުން.
  • މިނިސްޓްރީއާއި، ޑިޕާޓުމަންޓާ ގުޅިގެން ހިންގަންޖެހޭ އެންމެހާ ޕްރޮގްރާމްތަކާއި ހަރަކާތްތައް އަތޮޅުތަކުގައި ހިންގުން.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

03

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގ. 1

ރޭންކް: ޖީ.އެސް 3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

(ވ، އދ، ހދ އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި)

ތަޢުލީމާއި ތަޖުރިބާ

  • އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ'ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައ 'ދިވެހި'މި މާއްދާއިން ދަށްވެގެން 'ސީ'ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ސެންޓަރަށް ލިބޭ ލިޔެކިޔުންތައް ބަލައިގަނެ އެންޓްރީކޮށް ބެލެހެއްޓުމާއި، ލިޔެކިޔުންތައް ފޮނުވަންޖެހޭ ތަންތަނަށް ޑިސްޕެޗްކުރުމުގެ މަސައްކަތް ކުރުމާއި އަދި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  • މުވައްޒަފުންގެ ހާޒިރީއާއި ސަލާމާއި ޗުއްޓީ ރެކޯޑު ބެލެހެއްޓުމާއި، މުވައްޒަފުންގެ މުސާރަ ހަދައި، ކޮންމެ މަހަކު ގަވާއިދުން މިނިސްޓްރީއަށް ފޮނުވުން.
  • އޮފީސް ހުޅުވައި ލެއްޕުމާއި، ވޮޗަރުންގެ ޑިއުޓީ ތާވަލާއި، ދިދަ ނަގައި ދިދަ ތިރިކުރާ ތާވަލު ތައްޔާރުކުރުން.
  • ސެންޓަރަށް އަންނަ ސިޓީއާއި މެމޯތަކަށް ޖަވާބު ދިނުން.
  • ސެންޓަރަށް ބޭނުންވާ ލިޔެކިޔުމުގެ ތަކެއްޗާއި ހިފާ ގެންގުޅޭ ތަކެތި ހޯދުމާއި ސެންޓަރުގެ އިންވެންޓަރީ ގަވާއިދުން ބެލެހެއްޓުން.
  • ސެންޓަރުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ނިންމުން.
  • އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮށް މިނިސްޓްރީއަށް ފޮނުވުން.
  • ބަޖެޓް ތައްޔާރު ކުރުމާއި ބަޖެޓް ބެލެހެއްޓުމާއި، ބަޖެޓް ރިޕޯޓު ހެދުން.
  • ޕެޓީ ކޭޝް ބެލެހެއްޓުން.
  • މުވައްޒަފުންގެ ވަޒީފާ ބަޔާންތައް ތައްޔާރު ކުރުމާއި މުވައްޒަފުންގެ ޕާސަނަލް ފައިލްތައް ބެލެހެއްޓުން.
  • ސެކިއުރިޓީ އޮފިސަރުންނާއި މަސައްކަތު މީހުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.
  • އަތޮޅު ފެންވަރުގައްޔާއި، ރަށު ފެންވަރުގައި ސެންޓަރުން ފާހަގަކުރާ މުނާސަބަތުތަކުގެ ކަންތައްތައް ބެލެހެއްޓުން.
  • އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަޤާމު

ވޮޗަރ

ބޭނުންވާ އަދަދު

04

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓު ސްޓާފް ގ. 1

ރޭންކް:އެސް.އެސް 1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

(ގއ، ރ، ހދ، ގދ އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި)

ތަޢުލީމާއި ތަޖުރިބާ

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ސެންޓަރުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން
  • ބަރާބަރަށް ޑިއުޓީތަކަށް ހާޒިރުވުމާއި ސެންޓަރުގެ ތެރެއަށް ވަދެނުކުމެ ވާ މީހުން ދެނެގަތުން.
  • ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް ޢަމަލު ކުރުން.

މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު

05

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓު ސްޓާފް ގ. 1

ރޭންކް: އެސް.އެސް 1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

(ވ، ސ، މ، ހދ، ގދ އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި)

ތަޢުލީމާއި ތަޖުރިބާ

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި މޮޕްކޮށް ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.
  • ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ތަކެތި ބަހަން ޖެހިއްޖެ ހިނދެއްގައި އެތަކެތި ބެހުން.
  • ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް ޢަމަލު ކުރުން.
  • އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

އިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ) އެކްރެޑިޓް ނުކުރާ ސެޓުފިކެޓު ހުށަހެޅިނަމަވެސް ބާޠިލުވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭވަރުގެ ސާފު ކޮޕީ
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  • ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ސުންގަޑި

2015 އެޕްރީލް 06 ވާ ހޯމަ ދުވަހުގެ 02:30 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ/ (ހުރަވީ ބިލްޑިންގގައި ހުންނަ) ނުވަތަ އެ އަތޮޅެއްގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ހުށަހެޅުން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ އެޕްރީލްމަހުގެ ތެރޭގައެވެ. އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގި ފިލާގައެވެ.

އިތުރު މަޢުލޫމާތު

  • ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުން އެއް ސެންޓަރުން އަނެއް ސެންޓަރަށް ބަދަލު ކުރުމުގެ އުސޫލުގެ ދަށުން ފަންނީ މުވައްޒަފުން ވަކި މުއްދަތަކަށް އެހެން އަތޮޅުތަކުގެ ސެންޓަރުތަކުގައި މަސައްކަތްކުރަންޖެހިދާނެއެވެ.
  • އަތޮޅުތެރޭގެ ސެންޓަރުތަކަށް ނެގޭ ހިންގުމާ ހަވާލުވެ ހުންނަ "މެނޭޖަރ" އަދި ފަންނީ މުވައްޒަފުން މަސައްކަތަށް އަހުލުވެރިކުމުގެ އުސޫލުގެ ދަށުން 01 މަސްދުވަހަށް މިނިސްޓްރީގައި މަސައްކަތްކުރަންޖެހޭނެއެވެ. އަދި މި މުއްދަތުގައި މާލޭގައި ހުރުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސަންޖެހޭނީ އެ މުވައްޒަފަކު އަމިއްލައަށެވެ.
  • މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3013017 އެވެ. ވަޒީފާއަށް އެދޭ ފޯމު މިމިނިސްޓްރީގެ ކައުންޓަރުންނާއި އެ އަތޮޅެއްގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުން ލިބެން ހުންނާނެއެވެ.
23 މާރިޗު 2015
ހޯދާ