މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ސީނިއަރ އޮޑިޓަރ

މަޤާމުގެ ނަންބަރު:

J-333017

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 3   

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންވެސްޓިގޭޝަން ސެކްޝަން، އިންޓަރނަލް އޮޑިޓް ޑިޕާޓްމަންޓް، މާލީ ވުޒާރާ، ކ. މާލެ

މުސާރަ:

7,035.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ  

އެހެނިހެން އެލަވަންސް:

-  ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ގެ އެލަވަންސެއް ކޮންމެ މަހަކު ދެވޭނެއެވެ.

-  މި މަޤާމަކީ ޓެކްނިކަލް ކޯ އެލަވަންސް ދެވޭ މަޤާމަކަށްވާތީ، މި މަޤާމަށް ޓެކްނިކަލް ކޯ ދެވޭ ކޯ ޑިސިޕްލިންއަކީ އެކައުންޓިންގ، އޮޑިޓިންގ، އަދި ފައިނޭންސް އެވެ. ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި ދެވޭނީ މުސާރައިގެ %28 އެވެ.

-  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ.

-  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންކުރާ މާލީ ކުށްތަކާގުޅިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނުވަތަ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަލައި ނިންމާ ރިޕޯޓުތައްޔާރުކުރުމަށްފަހު، ފިޔަވަޅު އެޅުމަށް އަންގާ ކަންކަން މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީއަށް ހުށަހެޅުން.
  2. ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ އިންޓަރނަލް އޮޑިޓުން އެ މުއައްސަސާތަކުގެ މުވައްޒަފުންކުރާ މާލީ ކުށްތަކާ ގުޅޭ މައްސަލަތައް ތަހްޤީޤުކޮށް ރިޕޯޓު ތައްޔާރުކުރުމަށްފަހު ފިޔަވަޅު އެޅުމަށް ފޮނުވުމުން މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީއަށް ހުށަހެޅުން.
  3. މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީއަށް އެކުލަވާލާ ރިޕޯޓުތައް މިނިސްޓަރ ތަސްދީގު ކުރެއްވުމުން އެ ރިޕޯޓުގައި ހިމަނާފައިވާ ފިޔަވަޅުތައް އެޅުމަށް މުއައްސަސާތަކަށް އެންގުން. 
  4. އޮޑިޓަރ ޖެނެރަލް އޮފީހުން، ނުވަތަ އެންޓި-ކޮރަޕްޝަން ކޮމިޝަން ނުވަތަ ދައުލަތުގެ އިދާރާތަކުގެ އިންޓަރނަލް އޮޑިޓުން އަނބުރާ ހޯދަންޖެހޭ ފައިސާއެއްކަމަށް ބަޔާންކޮށް ފޮނުވާ މައްސަލަތަކާއި ގުޅިގެން، އެ ފައިސާ ހޯދުމަށް ކުރާންޖެހޭ މަސައްކަތް ކުރެވެމުންދޭތޯ އާއި އޭގެ ހިސާބުތައް ބަލަހައްޓަމުންދޭތޯ ބެލުން.  އަދި ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ހިނގާ ނުހިނގާ ގޮތްބަލައި، ކޮންމެ ކުއަރޓަރެއްގައި  އެ ކަމާއި ގުޅޭ މަޢުލޫމާތު އަދާހަމުކުރުން.
  5. ތަހްޤީޤު ކުރަންޖެހޭ މައްސަލައެއް ކަމަށް މިނިސްޓަރު ނުވަތަ ފައިނޭންޝަލް ކޮންޓްރޯލަރ ނުވަތަ ޕަރމަނެންޓް ސެކްރެޓަރީ ފާހަގަކޮށް ހުށަހަޅުއްވާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ޚިލާފު މައްސަލަތައް ތަހްޤީޤުކޮށް ރިޕޯޓް އެކުލަވާލައި ފިޔަވަޅު އެޅުމަށް މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީއަށް ހުށަހެޅުން.   
  6. އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރ ޖެނެރަލްގެ އޮފީހާއި، މިމިނިސްޓްރީ އާއި އެހެނިހެން އިދާރާތަކުގެ އިންޓަރނަލް އޮޑިޓުން ފޮނުވާ މައްސަލަތަކުގެ އިތުރުން، މާލިއްޔަތާއި ގުޅޭ މައްސަލައެއް އިދާރާއަކުން ހުށަހަޅައިފިނަމަ، އެ މައްސަލައަކީ ތަހްޤީޤް ކުރަންޖެހޭ މައްސަލައެއްތޯ ބަލައި، ތަހްޤީޤް ކުރަންޖެހޭ މައްސަލައެއްނަމަ، އެމައްސަލަ ތަހްޤީޤްކޮށް، ރިޕޯޓެއް އެކުލަވާލައި، ފިވަޅުއެޅުމައްޓަކައި މާލިއްޔަތުގެ މައްސަލަބަލާ ކޮމިޓީއަށް ހުށަހެޅުން. 
  7. އޮޑިޓަރ ޖެނެރަލް ނެރުއްވާ ރިޕޯޓު ތަކުގެ ތެރެއިން، ސަރުކާރު ހިއްސާވާ ކުންފުނިތައް ފިޔަވައި އެހެން ހުރިހާ އިދާރާތަކުގެ ރިޕޯޓުތަކުގައި ފާހަގަކުރާ މައްސަލަތަކާއި ގުޅިގެން އިސްލާހްކުރަން ލަފާ ދެއްވާފައިވާ ކަންކަން ކުރެވެމުންދޭތޯ ބަލައި ފޮލޯއަޕް ހެދުން.
  8. އޮޑިޓަރ ޖެނެރަލް ނެރުއްވާ ރިޕޯޓު ތަކުގެ ތެރެއިން، ސަރުކާރު ހިއްސާވާ ކުންފުނިތައް ފިޔަވައި އެހެން ހުރިހާ އިދާރާތަކުގެ ރިޕޯޓުތަކުގައި ފާހަގަކުރާ މައްސަލަތަކާއި ގުޅިގެން އިސްލާހްކުރަން ލަފާ ދެއްވާފައިވާ ކަންކަން ކުރެވެމުންދޭތޯ ބަލައި ފޮލޯއަޕް ހަދައި، ކޮންމެ ކުއަރޓަރއަކަށް ރިޕޯޓެއް ތައްޔާރުކޮށް ޗީފް އޮޑިޓް އެގްޒެކެޓިވްއަށް ހުށަހެޅުން.      
  9. އަހަރު ތެރޭގައި މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ އަހަރީ ޕްލޭންއެއް ތައްޔާރުކުރުން. އަދި މި އަހަރީ ޕްލޭންގައި އެއަހަރެއްގެ ތެރޭގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި އެ ލަނޑުދަނޑިތައް ހާސިލްކުރާނެގޮތާއި، ކީ ޕަރފޯމަންސް އިންޑިކޭޓަރުތައް ހިމެނުން. 
  10. ކޮންމެ އަހަރެއް ނިމިގެން އެހަރެއްގައި ހާސިލުކުރެވުނު ކަންކަމަށް ބިނާކޮށް އަހަރީ ރިޕޯޓެއް އެކުލަވާލުން.  
  11.  ކޮންމެ އިންވެސްޓިގޭޝަންއަކަށް ރިޕޯޓެއް ތައްޔާރުކޮށް ޗީފް އޮޑިޓް އެގްޒެކެޓިވްއަށް ހުށަހެޅުން.
  12. އިންވެސްޓިގޭޝަނުގައި އިސްލާހުކުރަން ލަފާދެވޭ ކަންކަން ހިނގާ ނުހިނގާގޮތް ބަލައި ފޮލޯއަޕް ހެދުން.
  13. މާލިއްޔަތު މައްސަލަ ބަލާ ކޮމިޓީގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން.
  14. އިންވެސްޓިގޭޝަން ތަކާއި ގުޅިގެން އެއްކުރެވޭ އެންމެހާ މަޢުލޫމާތުތަށް ފައިލްކޮށް ރައްކާތެރިކަމާއެކީ ބެލެހެއްޓުން. އެގޮތުން، އިންވެސްޓިގޭޝަންތަކާއި ގުޅިގެން ލިބޭ މަޢުލޫމާތުތަކަށް އިނވެސްޓިގޭޝަން ޔުނިޓްގެ މުވައްޒަފުން ފިޔަވައި އިތުރު ފަރާތްތަކަށް ނުފެންނާނޭ ފަދަ ކޮންޓްރޯލުތައް ޤާއިމްކުރެވިފައިވޭތޯ ބެލުމާއި ސިއްރު ހިފެހެއްޓޭކަން ކަށަވަރުކުރުން
  15. އިންވެސްޓިގޭޝަން ޔުނިޓަށް ލިބޭ އަދި ބޭރަށް ފޮނުވާ ލިޔެކިއުންތަކެއްގެ އިދާރީ އިންތިޒާމް ބެލެހެއްޓުން. 
  16. އިންވެސްޓިގޭޝަން ޔުނިޓުގެ މަސައްކަތާއި ގުޅޭ ބައްދަލުވުންތައް ރޭވުމާއި، މިފަދަ ބައްދަލުވުންތައް ޔައުމިއްޔާ ކުރުން.
  17. މާލިއްޔަތު މައްސަލަތަކާއި ގުޅޭ ޕޯޓަލް އެއް ޤާއިމްކުރެވިފައިވާނަމަ އެ ޕޯޓަލްއެއް ބެލެހެއްޓުން.
  18. އޮފީހުގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ

 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:  

  1. އެކައުންޓިންގ  
  2. އޮޑިޓިންގ  
  3. ބިޒްނަސް 
  4. ބިޒްނަސް މެނޭޖްމަންޓް
  5. ފައިނޭންސް  

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިންތައް:   

ނެތް

މަޤާމުގެ ކޯ ޑިސިޕްލިންތައް:

  1. އެކައުންޓިންގ  
  2. އޮޑިޓިންގ
  3. ފައިނޭންސް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. އޯޑިޓިންގް
  2. ފައިނޭންސް
  3. އެކައުންޓިންގ

ނޯޓު: ކޯ ޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ/ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓު https://www.finance.gov.mv/careers އިންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ޖަނަވަރީ 2024 ގެ 12:00 ގެ ކުރިން، މާލީ ވުޒާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި ވުޒާރާގެ އީ-މެއިލް[email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ، 23 ޖަނަވަރީ 2024 އާއި 05 ފެބްރުއަރީ 2024 އާ ދެމެދު، މާލީ ވުޒާރާ ގައެވެ.  

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1617 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

                                    25 ޖުމާދަލްއާޚިރާ 1445
07 ޖަނަވަރީ 2024
ހޯދާ