ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ މަގޫދޫ ރައްޔިތުންގެ ފިހާރައިގެ ކޭޝިއަރ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުސަތު

 

ކޭޝިއަރ

މަޤާމް:

 

މަޤާމުގެ ނަންބަރ :

01( އެކެއް )

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

ޖީ. އެސް 3

މަޤާމުގެ ރޭންކް:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

(ފ.މަގޫދޫ ރައްޔިތުންގެ ފިހާރަ) ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުނިސިޕަލް ސާރވިސް

ސެކްޝަން

3100.00 ރުފިޔާ

މުސާރަ:

2000.00 ރުފިޔާ

ހާޒިރީ އެލަވަންސް

1000.00 ރުފިޔާ

ސާރވިސް އެލަވަންސް

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ، އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނީ މުސާރައިގެ %20 އަށްވުރެ އިތުރު ނުވާގޮތަށް
  2. ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރަމަޟާން އިނާޔަތު ފައިސާ.

އެހެނިހެން އެލަވެންސް  

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުން ނުވަތަ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކްންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' ސީ ، އަދި ހިސާބު ،ޑީ ފާސް މި މާއްދާ ތަކުން ދަށްވެގެން ލިބިފައިވުން

ނުވަތަ

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 02 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާއި އެއް ފެންވަރު މަޤާމެއްގައި، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 03 އަހަރު ދުވަހު އުޅޭ ތަޖްރިބާ ލިބިފައިވުން، ނުވަތަ މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައި ވުން.

ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މުރާލި މީހެއްކަމުގައިވުން.

މަޤާމުގެ ޝަރުތުތައް:

މަޤާމުގެ މަސައްކަތު ދާއިރާތައް:

އެޑްމިނިސްޓްރޭޓިވް

މެނޭޖްމަންޓް

އިންފޮމޭޝަން ޓެކްނޮލޮޖީ

1-  ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާއި އިރުޝާދުގެ މަތިން ރާވައި ހިންގައި ބެލެހެއްޓުމާއެކު އެ ނިންމުންތައް ތަންފީޒު ކުރުމަށްޓަކައި ޢަމަލީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

2-   ކައުންސިލްގެ  އިދާރާގެ  މަސައްކަތްތަކާއި  ކައުންސިލްގެ  ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބުދާރީވުން.

3-  ފ.މަގޫދޫ ރައްޔިތުންގެ ފިހާރައިން ވިއްކުމަށް ގެންނަމުދާ ހަމަޖައްސާފައިވާ ޤަޥާޢިދާ އެއްގޮތްވާގޮތުގެމަތީން ވިއްކުމާބެހޭ މަސައްކަތްކުރުމާއި، މުދާ ބެލެހެއްޓުމާއި، ކްރެޑިޓަށް ދޫކުރާ މުދަލުގެ އެންމެހައި ކަންތައްތައް ހަމަޖެހިފައިވާ ޤަޥާޢިދާ އެއްގޮތްވާގޮތުގެމަތީން ކުރުން.

4-  ފ.މަގޫދޫ ރައްޔިތުންގެ ފިހާރައިން ވިއްކުމަށް ގެނެވޭމުދާ ޤަޥާޢިދުން ކަސްޓަމަރުންނަށް ފެންނާނެހެން ހަރުގަޑުތަކުގައި އެތުރުމުގެ މަސައްކަތްކުރުމާއި، ހަރުގަޑުތަކުގައި ހުންނަމުދާ ދުވަހުންދުވަހަށް ތަރުތީބުކުރަމުން ގެންދިއުން އަދި ހަރުގަޑުތަކުން ހުސްވާމުދާ އަލުން ހަރުގަޑުތަކުގައި ޖެހުމުގެ މަސައްކަތްކުރުން.

5-  ފ.މަގޫދޫ ރައްޔިތުންގެ ފިހާރައަށް ވިޔަފާރިކުރުމަށް އަންނަފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ ކަސްޓަމަރުންނާއި ހިތްހެޔޮކަމާއެކު މުޢާމަލާތްކުރުން.

6-  ފ.މަގޫދޫ ރައްޔިތުންގެ ފިހާރައިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ބިލްތަކާއި ކޯޓޭޝަންފަދަ ތަކެތި ފިހާރައިގެ ވިޔަފާރި ހިންގުމަށް އިސްކޮށްހުންނަ ފަރާތަކުން އަންގަވާގޮތެއްގެމަތީންކުރުން.

7-    ފ.މަގޫދޫ ރައްޔިތުންގެ ފިހާރައަށް ގެނެވޭ ހުރިހާ މުދަލެއް ފިހާރައިގައި ޤާއިމްކުރެވިފައިވާ ޕޮއިންޓް އޮފް ސޭލް ސިސްޓަމަށް އެންޓަރކޮށް މުދަލުގައި އަގު ޖެހުމުގެ މަސައްކަތް އަދި ސްޓޮކް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.

8-  ފިހާރައިގެމުދަލަށް (ގުދަންގުދަނާ ފިހާރައިގެތެރޭގައި ހުރި) ވަމުންދާގޮތްބަލައި ހަލާކުވެދިއުމަށް އެއްވެސްމުދަލެއް ދޫކޮށްނުލައި މުދާ ރަގަޅަށް ބެލެހެއްޓުން.

9-   ހުސްވާމުދާ ފަހަގަކުރުމާއި އިތުރަށް ގެންނަން ބޭނުންވާމުދާ ފާހަގަކޮށް ލިސްޓުކުރަމުން ގެންދިއުން.

10-  މުދަލުގެ މުއްދަތު ހަމަވޭތޯ ދޭތެރެދޭތެރެއިން ބަލައިޗެކުކޮށް މުއްދަތު ހަމަވާމުދަލާއި ހަލާކުވާމުދާ ލިސްޓްކޮށް ފިހާރައިގައި ވިޔަފާރި ހިންގުމަށް އިސްކޮށް ހުންނަ ފަރާތަކާއި ޙަވާލުކުރުން.

11- ފިހާރައަށް ގެންނަ މުދަލުގައި އަގުޖެހުން.

12- މުދާ ގެންދާ ފަރާތަށް މުދާ ގެންދިއުމުގައި ރަނގަޅަށް ޗެކްކުރުމަށް އިރުޝާދުދީ ނަސޭޙަތްތެރިވުން.

13- މުދަލެއް ބަދަލުކުރުމަށް އަނބުރާ ގެނެސްފިނަމަ ، އެމުދަލަކަށް ވެފައިވާގޮތް ރަގަޅަށްބެލުމަށްފަހު ކަމުގެ ޒާތާއިވަގުތާއި ޙާލަތަށްބަލާފައި އެކަށީގެންވާ ގޮތެއްގައި އެމުދާ ބަދަލުކުރެވެން އޮތްނަމަ، ފިހާރައިގެ ވިޔަފާރި ކުރުމަށް އިސްކޮށް ހުންނަފަރާތުގެ މަޝްވަރާގެމަތީން ބަދަލުކޮށްދިނުން.

14- މީގެ އިތުރުންވެސް ފިހާރައގެ މަސައްކަތާގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން.

15- ކައުންސިލަށްދިމާވާ ކުއްލި އިމަރޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްސަކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން އަދި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

16- ވަޒީފާބަޔާނުގައިވާ ކަންތައްތަކުގެ އިތުރުންވެސް ކައުންސިލްގެ  އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުން ހިނގަމުންދާ މަސައްކަތްތަކުގެ ތެރެއިން ހަވާލުކުރާ މަސައްކަތްތަށް ކުރުން.

17- ސެކްޝަންގެ ވެރިޔާ އަންގާގޮތެއްގެ މަތީން އިދާރާގެ އެހެނިހެން މަސައްކަތްތަކުގައި ބައިވެރިވެ މަސައްކަތްތައްކުރުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

01- ފުރިހަމަ ކޮށްފައިވާ ފ.މަގޫދޫ ރައްޔިތުންގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މަގޫދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

02- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)    

 03- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ.ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް

 04- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން

 05- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

 06- މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

  1.  07- ވަޒީފާގެ މަސައްކަތު ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓް ތަކުގެ ކޮޕީ
  2. 08- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)- ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ)- އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ނ)- އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ތަޢުލީމާއި ތަމްރީން (%26)
  2. މަސައްކަތުގެ ތަޖުރިބާ (%26)
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަން (އިންޓަރވިއު / ޕްރެކްޓިކަލްސް) (%48)
  4. ގިނަވަގުތު މަސައްކަތު އުޅެވޭ ފަރާތަކަށްވުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތަށް

މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަގާމަށް އައްޔަންކުރެވޭނީ ލިބުނު ޕޮެއިންޓްގެ ޖުމަލް %60 (ފަސްދޮޅަސް) އިންސައްތައަށްވުރެ މަތިން ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތެވެ.

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  14 ޖަނަވަރީ 2024 ގެ 14:00 ގެ ކުރިން، ފ.މަގޫދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

ޝޯޓް ލިސްޓްކުރުން:

 

މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 18 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުން ފެށިގެން ފ.މަގޫދޫ ކައުންސިލްގެ އިދާރާގައެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަސް ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" ޢާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑުގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތް ނަމަ A2 ފޯމް ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަސް ތެރޭގައި އެ ޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

 ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)"އާންމު ކުރުން

  • މިމަޤާމަށް ކުރިމަތިލާ މީހުންނަކީ އުމުރުން 55 އަހަރުވެފައިވާ މީހުންކަމުގައި ވެގެންނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ހުށަހެޅެއްވުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް އަދި ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަނެވޭނެއެވެ.

އެހެނިހެން ކަންތައްތައް

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740014 އަށެވެ. އީ-މެއިލް ކުރާނީ :[email protected] އަށެވެ. ސިވިލްސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުޞޫލްތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލްސާވިސް ކޮމިސަނުގެ ވެބްސައިޓްގެ ޑައުންލޯޑުސްގެ "އައްޔަންކުރުމުގެ އުސޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu)  ން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

25 ޖުމާދަލްއާޚިރާ 1445

07 ޖަނަވަރީ 2024

       
07 ޖަނަވަރީ 2024
ހޯދާ