ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ރަށްވެހިކަން ބަދަލުކުރުމުގެ ޚިދުމަތުގެފީއަށް ބަދަލު ގެނައުން.

އިޢުލާން

ތިނަދޫގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ރަށްވެހިކަން ބަދަލުކުރުމުގެ ޚިދުމަތުގެފީއަށް ބަދަލު ގެނައުން.

ތިނަދޫ ރަށްވެހިކަން ދޫކޮށް ތިނަދޫ ރަށްވެހިން އެހެން ރަށްރަށަށް ބަދަލުވުމަކީ ތިނަދޫ ސިޓީގެ އާބާދީގެ ޢަދަދަށް ނުރަނގަޅު އަސަރު ކުރާ ކަމެއްކަމަށް ފާހަގަ ކުރެވޭތީ، ތިނަދޫ ސިޓީގެ އާބާދީ އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން، 07 ޖަނަވަރީ 2024 އިން ފެށިގެން ތިނަދޫ ސިޓީގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ރަށްވެހިކަން ބަދަލުކޮށްދިނުމުގެ ޚިދުމަތުގެ އިދާރީފީގެ ގޮތުގައި، 5000 (ފަސްހާސް) ރުފިޔާ ނެގުމަށް 03 ޖަނަވަރީ 2024 ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ 4 ވަނަ ދައުރުގެ 126 ވަނަ ރަސްމީ ބައްދަލުވުމުން ފާސްކޮށްފައިވާ ވާހަކަ ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

07 ޖަނަވަރީ 2024
ހޯދާ