މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގައި ހުރި ބައުވެހަލާކުވެފައިވާ ތަކެތި ނައްތާލުމާއި ގުޅޭ

           ޤާނޫނު ނަންބަރު 2006/3 (ދަޢުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 7 ވަނަ މާއްދާއާއި، ޤަވާޢިދު ނަމްބަރ: 2017/R-20 (ދަޢުލަތުގެ މާލިއްޔަތުގެ ޤަވާޢިދު) ގެ 211.2 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ " ދަޢުލަތުގެ މުދަލެއް އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދަޢުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލު" ގެ ދަށުން މިމިނިސްޓްރީގެ ބައެއް މުދާތައް ނީލަން ކިޔުމުގެ ކަންތައްތައްވަނީ ކުރިއަށް ގެންގޮސްފައެވެ. އެހެން ނަމަވެސް މަތީގައި ދެންނެވުނު އުޞޫލުގެ ދަށުން ނީލަން ކިޔުމަށް ދެފަހަރު އިޢުލާނުކުރުމުންވެސް، ނީލަމުގައި އެއްވެސް ފަރާތަކުން ބައިވެރިވެފައިނުވާތީ  އުޞޫލުގެ ދަށުން މިތަކެތި ނައްތާލުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

        އެހެންކަމުން ތަކެތި ނައްތާލުމުގެ ކުރިން އެއްވެސް ފަރާތަކުން މިއިން މުދަލެއް ބޭނުންވޭތޯ ބެލުމަށްޓަކައި ޢާއްމުކޮށް ހުޅުވާލަން މިމިނިސްޓްރީއިން ޤަޞްދު ކޮށްފައިވާތީ، 10 ޖަނަވަރީ 2024 ވާ ބުދަ ދުވަހު މިތަކެތި ބައްލަވާލެއްވުމަށާއި ބޭނުންފުޅުވާ ފަރާތަކުން ތަކެތި ގެންދިއުމަށް ޢާއްމުކޮށް ހުޅުވާލަމެވެ.

       ޝައުޤުވެރިވާ ފަރާތްތަކުން އެދުވަހުގެ 10:00 ން 12:00 އާ ދެމެދު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީ މަގު) ގައި ހުންނަ މިމިނިސްޓްރީގެ ގުދަނަށް ވަޑައިގެން ތަކެތި ގެންދެވުން އެދެމެވެ. ތަކެތި ގެންދެވުމުގެ އެންމެ ފަހު ގަޑިއަކީ އެދުވަހުގެ 14:00 އެވެ.

07 ޖަނަވަރީ 2024
ހޯދާ