މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގާ ކުނި އުކާލުމާއި ގުޅޭ

ކެނދިކުޅުދޫގެ ދެ އަވަށުގައި ގާކުނޑި (ގާ، ކޮންކުރީޓް ފަދަތަކެތި) އުކާލުމުގައި ތިރީގައި ދަންނަވައިފައިވާ ސަރަހައްދު ނޫން އެހެން ސަރަހައްދުތަކަށް އެފަދަ ކުނި އުކާލުމަކީ މަނާކަމެކެވެ.

ކެނދިކޮޅު އަވަށް:

ގާކުނޑި އަޅަންވީ ސަރަހައްދު: ކަޅިންނާ މަގުގެ އިރުމަތީ ފަރާތުގެ ގިރާ ސަރަހައްދު (ކަޅިންނާ މަގުގެ ފުއްޓަރު ފަރާތް).

ކުޅުދޫ އަވަށް:

ގާކުނޑި އަޅަންވީ ސަރަހައްދު: އާފާރު މަގު އިރުމަތީ ފަރާތު ގިރާ ސަރަހައްދު (އާފާރު މަގުގެ ފުއްޓަރު ފަރާތް).

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

21 ޖުމާދަލްއާޚިރާ 1445

03  ޖެނުއަރީ  2024

03 ޖަނަވަރީ 2024
ހޯދާ