މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާނު

މަޤާމު:

ޕްރީސްކޫލް ޓީޗަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

މުއްދަތު:

6 މަސް (7 ޖުލައި 2024 ގެ ނިޔަލަށް)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާއުނގޫދޫ ކައުންސިލްގެ އިދާރާ

މުސާރަ:

2,000/- ރުފިޔާ

ސަރވިސް އެލަވަންސް:

1,500/- ރުފިޔާ

މަސައްކަތު ވަގުތު:

ރަސްމީ ދުވަސްތަކުގައި ދުވާލަކު 4 ގަޑިއިރު

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން އެކުލަވާލާފައިވާ މަންހަޖާއި ކިޔަވައިދިނުމުގައި މުޤައްރަރާ އެއްގޮތަށް ދަރިވަރުންނަށް އެންމެ ހެޔޮގޮތުގައި އިސްލާމީ ތަރުބިއްޔަތުދީ، އުނގަންނައިދިނުން
  2. ކިޔަވައިދިނުމަށް ބޭނުންވާ ވޯކްޝީޓުތަކާއި އެހެނިހެން ޑޮކިއުމަންޓްތައް ތައްޔާރުކުރުން
  3. ކުދިންނަށް އެކަށީގެންވާ ގޮތަކަށް ކިޔަވައިދޭ ކްލާސްރޫމް ތައްޔާރުކުރުން
  4. ޕްރީސްކޫލުގެ ކަންކަމާ ގުޅިގެން ރާވައިހިންގަންޖެހޭ އެންމެހާ ކަންކަން ކައުންސިލްގެ އިރުޝާދުގެ ދަށުން ރާވައިހިންގުން
  5. ޕްރީސްކޫލުގެ ޚިދުމަތުގެ ތެރެއިން ފޯރުކޮށްދެންޖެހޭ އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކައުންސިލަށް އެއްބާރުލުންދީ އެހީތެރިތެރިވުން
  6. ކައުންސިލުން ހިންގާ އެކިއެކި ހަރަކާތްތަކާއި މުނާސަބަތުތައް ފާހަގަކުރުމަށް ކައުންސިލުން އަންގާ އެންގުންތަކާ އެއްގޮތަށް މަސައްކަތްކުރުން
  7. ތަނުގެ ސާފުތާހިރުކަމަށް ސަމާލުކަން ދީގެން ދަރިވަރުން އުނގެނުމަށް ސާފު މާހައުލެއް ޤާއިމްކޮށްދިނުން
  8. ކައުންސިލުން ޕްރީސްކޫލްގެ ކިޔެވުމާގުޅިގެން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމަށް އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކައުންސިލްގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން

މަޤާމުގެ ޝަރުތުތައް:

ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 3 މާއްދާއިން ދަށްވެގެން "C" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (SSC) އިމްތިހާނުން "ދިވެހި" އަދި "އިސްލާމް" މާއްދާއިން ދަށްވެގެން "C" ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)  
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-          ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

-           ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 ޖަނަވަރީ 11 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މާއުނގޫދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2024 ޖަނަވަރީ 12 އާއި 16 އާ ދެމެދު، މާއުނގޫދޫ ކައުންސިލްގެ އިދާރާ ގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540056 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

04 ޖަނަވަރީ 2024
ހޯދާ